loading ...
loading ...
8 އަހަރުގެ ކުއްޖާއާ ބެހުނު މީހާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފި

8 އަހަރުގެ ކުއްޖާއާ ބެހުނު މީހާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފި

0 comment

އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ 58 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖެހީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވިދާޅުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު މެދު ރާއްޖެތެރޭގެ ރަށެއްގައި އަށް އަހަރުގެ ކުޑަކުއްޖަކާއި މެދު ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

މިކަން ހިނގާފައިވާ ރަށް ފުލުހުން ހާމަކޮށްފައިނުވި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ އއ.އަތޮޅެއްގެ ރަށެއްގައެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ގޮތުގައި ތަހުގީގުކުރާ މައްސަލަތަކަކަށް ވާތީ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތެއްގެ މައުލޫމާތު ހާމަނުކުރާނެ ކަމަށެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު