loading ...
loading ...
އައިޖީއެމްއެޗުގެ ސީޓީ ސްކޭންގެ ޚިދުމަތް ވަގުތީ ގޮތުން ޓްރީޓޮޕަށް ބަދަލުކޮށްފި

އައިޖީއެމްއެޗުގެ ސީޓީ ސްކޭންގެ ޚިދުމަތް ވަގުތީ ގޮތުން ޓްރީޓޮޕަށް ބަދަލުކޮށްފި

0 comment

އައިޖީއެމްއެޗުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިވަގުތު ސީޓީ ސްކޭންގެ ޚިދުމަތް ހުއްޓިފައިވާތީ، އެމަޖެންސީކޮށް ހަދަންޖެހޭ ސީޓީ ސްކޭން ޓްރީ ޓޮޕް ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ޔޫޕީއެސް ސިސްޓަމްގެ ބެޓަރީ ބޭންކަށް ލިބުނު ގެއްލުމުގެ ސަބަބުން ސީޓީ ސްކޭނަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރެވެމުން ދާތީ މިވަގުތު އެ ހޮސްޕިޓަލުން އެމަޖެންސީކޮށް ހަދަންޖެހޭ ސީޓީ ސްކޭންތައް ހެދުމަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ފޮނުވާ ބަލިމީހުންގެ އެންމެހާ ކަންކަން އާސަންދައާ އެކު އައިޖީއެމްއެޗުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ހޮސްޕިޓަލުގެ އިމަރޖެންސީގެ ޔެލޯ ޒޯނަށާއި، ގްރީން ޒޯނަށާއި، އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއަށް ދުމުގެ އަސަރުކޮށްފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އެހެންކަމުން އެވަގުތު ޔެލޯ ޒޯންގައި ފަރުވާ ދެވެމުން ދިޔަ 22 ބަލިމީހުން މީގެކުރިން ފިޒިއޮތެރަޕީގެ ޚިދުމަތް ދެމުން ދިޔަ ސަރަޙައްދަށް ބަދަލުކޮށްފައިވާކަމަށާ ގްރީން ޒޯނުގެ މަސައްކަތް، ކުރީގެ އެތެރެހަށީގެ ބަލިތަކުގެ އޯ.ޕީ.ޑީ ހިނގަމުންދިޔަ ކޮޓަރިތަކަށް ބަދަލުކުރެވި ޚިދުމަތް ފެށިފައިވާކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އެއްވެސް ބަލިމީހަކަށް އަދި އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އަދި އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުމުގެ ތަފްޞީލް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އެ ހޮސްޕިޓަލުން ދެމުން ގެންދާ ޚިދުމަތް މެދުނުކެނޑި މިހާރުވެސް ދެމުން ގެންދާ ގޮތަށް ކުރިއަށް ގެންދަންޖެހޭ ހުރިހާ މަސައްކަތެއް އެ ހޮސްޕިޓަލުގެ މުވައްޒަފުން ކުރިއަށް ގެންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު