-
-
ވިއްސާރަ ގަދަވެ، އުދަަ އަރައިފާނެ : މެޓް

ވިއްސާރަ ގަދަވެ، އުދަަ އަރައިފާނެ : މެޓް

މާލެއަށް އުދަ އަރާފައި--

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުުނެފިއެވެ.

ADS BY FENVARU

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާ ކުރާ ގޮތުގައި ރާއްޖޭގެ ދެކުނާއި މެދުތެެރޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ.

ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ. އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވި ނަމަވެސް، ގއ. އިން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ވިއްސަރަ ގަދަވާނެތީ އެ ސަރަަހައްދަށް މެޓް އޮފީޙުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ.

އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަަށްް ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފައެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީޙުން ވަނީ ބުނެފައެވެ.

އިއްޔެވެސް ދިޔަވަރު ބޮޑުވި ވަގުތުތަކުގަިއ ބައެއް ސަރަހައްދުތަކަށް ވަނީ އުދަ އަރައުފައެވެ. އެގޮތުން މާލޭގެ ބައެއް ސަރަހައްދު ތަކަށް އުދަ އަރާފައުިވެއެވެ.