loading ...
loading ...
ފެވިފާ ތިނަންވޭ މިހިތުގާ...33

ފެވިފާ ތިނަންވޭ މިހިތުގާ...33

29 comments

ރުޅި އައިސް ފަޅައިގެންދާން ކައިރިވީއިރުވެސް ޔުމާންއަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ބުނާނެ އެއްޗެއްވެސް އެދުލަށް ނައީއެވެ. ޚިއްސުތައް ރަނގަޅަށް މަސައްކަތްކުރަން ފެށުމުން ސަކީލާ އާއި ދިމާއަށް ޔުމާންއަށް ބަލައިލެވުނެވެ. މަންމައަށް އިންސާފު ހޯދައިދޭނަމޭ ބުނާ ފަދައިންނެވެ. އެއަށްފަހު ބާރުބާރަށް ހިނގައިގަތީ އެތަނުން ނުކުތުމަށެވެ. އޭނަގެ ސަބަބުން އެކުވެރިންނަށްވެސް ދެރަގޮތެއް ވާން ބޭނުން ނުވާތީއެވެ. ޔުމާން ގޮސް ނުކުތުމާއިއެކުހެން ސަކީލާގެ އަތުގެ އިނިގިލިތައް ހަރަކާތްކޮށްލިއެވެ. ދެލޯ މަރައިގެން އޮތްއިރު، ލޮލުގެ ކަޅި އެކި ކޮޅުކޮޅަށް ދަތުރުކުރަން ފެށިއެވެ.

********

އިވީޝާ އޮތީ ބަންޑުންވާހެން އެނދުގައި އޮށޯވެލައިގެންނެވެ. މަޑު ގިސްލުމުގެ އަޑު ކޮޓަރިތެރޭގައި ހަރުލާފައި ހުއްޓެވެ. މަގަތުގައި އިށީނދެލައިގެން ލުބުނާ އިނެވެ. ދަރިފުޅުގެ ލޮލުން  އޮހެރެމުން ދިޔަ ކަރުތައް ފެނި ލުބުނާގެ ހިތަށް ވަނީ ފުން އަޞަރުތަކެއް ކޮށްފައެވެ. އުމުރުން އެހައި ދުވަސްވީއިރުވެސް އެވަރުގެ ހިތްދަތިކަމެއް އެ ދަރިފުޅު ތަހަންމަލް ކުރިތަނެއް އޭނަ ނުދެކެއެވެ. ހުޒާމްގެ ހަރުކަށިކަން ދައްކާލި އެއީ ފުރަތަމަ ފަހަރުކަމުން އިވީޝާގެ ހިތަށް މާބޮޑަށް އަޞަރުކުރީއެވެ.

ފޯނު ރިންގްވާން ފެށުމާއިއެކު، ފޫހިގޮތަކަށް އިވީޝާ ތެދުވިއެވެ. ގިނައިރު ރުއިމުގެ ސަބަބުން ލޯ ހުޅުވައިލުންވެސް އިވީޝާއަށްވީ ދަތި ކަމަކަށެވެ. ކުޑަކުޑަކޮށް ލޯ ހުޅުވައިލުމަށްފަހު، ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. ގުޅީ ކާކުތޯ ބަލައިލުންވެސް އިވީޝާއަކަށް މުހިއްމެއް ނުވިއެވެ.

"ޑޯންޓް ކޯލް..." އިވީޝާއަށް ބުނެވުނީ އެހިސާބަށެވެ. ދެލޯ ބޮޑުކޮށްލަމުން ލުބުނާ އާއި ދިމާއަށް ބަލައިލީ ކަންފަތުގައި ޖެހުނު އަޑަކުންނެވެ.

ގަބޫލުނުކުރެވިފައި އިވީޝާއަށް ފޯނުގެ ސްކްރީނަށް ބަލައިލެވުނެވެ. ގުޅީ ރިޒްވީންއެވެ. އެދުނީ ބައްދަލުކޮށްލުމަށެވެ. އަވަސްއަވަހަށް ތައްޔާރުވެލައިގެން އިވީޝާ ނުކުތްއިރު، މައިގެތެރެއިން ރިޒްވީން ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ. އިވީޝާ މަޑު ހިނގުމެއްގައި އައިސް މައިގެތެރެއަށް ވަނެވެ. އޭރު ރިޒްވީން އާއި ހުޒާމް ތިބީ އޮލަ ވާހަކައެއްގައެވެ. އިވީޝާ ފެނުމާއިއެކު އެމީހުން ދައްކަން ތިބި ވާހަކަ މެދުކަނޑައިލިއެވެ.

********

ކައިލަން އާއިއެކު ސަމާސާކުރަމުންދިޔަ ނަމަވެސް ޙުސައިންގެ ސަމާލުކަން ހުއްޓިފައިވީ ޝިރުވާއަށެވެ. އެހުރިހާއިރު ޝިރުވާގެ ނަޒަރު އޭނައަށް އަމާޒުވެފައިވާކަން އެނގުމުން ޙުސައިން ހުރީ ސުވާލު އުފެދޭގޮތް ވެފައެވެ. ޝިރުވާގެ އެ ބެލުމުގައި ކޮންމެވެސް ސިއްރުތަކެއް އެކުލެވިގެންވާހެން ޙުސައިންއަށް ހީވިއެވެ. އެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަން ޙުސައިންގެ ހިތް ނުތަނަވަސް ކުރުވިއެވެ.

ޙުސައިންއަށް އެގޮތުގައި މާގިނައިރަކު ކެތެއް ނުކުރެވުނެވެ. ދެއަތް ދެއަތާއި ޖޯޑުކޮށްލައިގެން ހުރި، ޝިރުވާ އާއި ދިމާއަށް އޭނަ ހިނގައިގަތެވެ. އެތަން ފެނި، ޝިރުވާ އަވަސްއަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. ކަމެއް ނުވާކަމަށް ހަދަން މަސައްކަތް ކުރަމުންނެވެ. ޙުސައިން ކައިރިއަށް އަންނަމުންދިޔަ ވަރަކަށް ޝިރުވާގެ ނޭވާ އަވަސްވަމުން ދިޔައެވެ. ހިތް ހީވީ މޭފަޅާފައި ނުކުމެދާނޭ ހެންނެވެ.

ޙުސައިންގެ ސުވާލުތައް އަމާޒުވުމުން ޝިރުވާ އުޅުނީ ހުރިހާ ކަމެއް ސިއްރުކުރާށެވެ. އިވްޔާގެ ބައްޕައަށް ވުމުން ކުރާ ޤަދަރެއްގެ ބޮޑުކަމުންނެވެ. ހިތުގައި ފުނިޖެހިފައިވާ ސުވާލުތަކުގެ ޖަވާބު ބޭނުންވިޔަސް، އެފަދަ ވާހަކައެއް ޙުސައިންއާއި ދައްކާކަށް ޝިރުވާއަކަށް ނުކެރުނެވެ. ކަމެއް ނުވާކަމަށް ބުނެ، އެކަން އޮއްބައިލަން މަސައްކަތް ކުރިއެވެ. ހާސްވެ މުޅިމީހާ ދާހިއްލަން ފެށުމުން ޝިރުވާ އުޅުނީ އެތަނުން ދާށެވެ.

ޙުސައިން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ޝިރުވާ ކަމެއް ސިއްރުކުރާކަން އޭނައަށް ޔަޤީންވިއެވެ. އޭނަ ހީކުރީ ޝިރުވާ ސިއްރުކުރަނީ އިވްޔާ އާއި ގުޅޭ ވާހަކައެއް ކަމަށެވެ. ދަރިފުޅުގެ ކަމެއް އެހައި ފަސޭހައިން ދޫކޮށްލާކަށް ޙުސައިން ބޭނުމެއް ނުވިއެވެ.

ޝިރުވާ އޭނާގެ ދަބަހުގައި އޮތް ގަނޑު ނަގައި ޙުސައިންގެ އަތަށް ލައިދިނީ އިތުރު ގޮތެއް ނެތުމުންނެވެ. އޭނަގެ ދުލުން އެއްވެސް ވާހަކައެއް ނުބުނެ، އެ ކިޔައިގެން ޙުސައިންގެ ސުވާލުތަކުގެ ޖަވާބު ލިބޭނެކަން އެނގޭތީއެވެ. އެއީ ރިޔާޒު ފޮރުވާފައިވާ ފައިލުގެ ތެރެއިން އޭނަ ނައްޓުވައިލި ބަޔާނުގެ ގަނޑެވެ. އޭގައި ރިޔާޒުގެ އަންހެނުން ސަކީލާއަށް ޙުސައިން ޖިންސީ ގޯނާ ކޮށްފައިވާކަމަށް ރިޔާޒު ބުނެފައިވެއެވެ.

"އަޅުގަނޑަށް އީވޫގެ ބައްޕަކަން އެނގުނީ މީގަ ރަށުގެ ނަމާއި ގޭގެ ނަން ޖަހާފަ އޮތީމަ... އެހެންވެ އެއްވެސް މީހަކަށް ފެނުމުގެ ކުރިން މި ގަނޑު ނައްޓުވާލީ... އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ އީވޫގެ ބައްޕަ އެކަހަލަ ކަމެއް ކުރާނެ ކަމަކަށް..." ހާސްވެފައި ޝިރުވާ އެހެން ބުނީ ޙުސައިންގެ މޫނުމަތިން ހައިރާންކަމުގެ އަޞަރު ފެނުމުންނެވެ.

"މީ ކޮންތާކުން ހޯދި އެއްޗެއް؟..." ޙުސައިންގެ މޫނުމަތިން ހައިރާންކަމާއި އެއްވަރަށް ހާސްކަންވެސް ފެނިގެން ދިޔައެވެ.

ޝިރުވާ ހުރިހާ ވާހަކައެއް ކިޔައިދިނުމުން ގޮތް ހުސްވެފައިވާ މީހަކު ފަދައިން ޙުސައިންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ. މާޒީގެ އެދުވަސްތައް އައިސް ކުރިމަތިން ފެންނަމުންދިޔަހެން ޙުސައިން އަށް ހީވިއެވެ. ސަކީލާއަކީ އޭނަގެ ފުރަތަމަ ލޯތްބެވެ. އެލޯބި އޭނަގެ އަތުން ގަދަކަމުން ފޭރިގަތް މީހަކީ ރިޔާޒެވެ. ބަދަލު ހިފުމުގެ ގޮތުން ރިޔާޒު އެކަންކުރީ، ރިޔާޒާއި ދެކޮޅަށް އޭނަ ކޯޓަށް ހުށަހެޅި ހެކިބަހެއްގެ ސަބަބުންނެވެ.

ސަކީލާ ގެއްލުމުން އެކަމުގެ ހިތާމައިގައި ހުއްޓައި، އެ ހަނދާންތައް ނައްތައިލަން އެހީވެދިން މީހަކީ ސާދުނާއެވެ. ރިޔާޒާއި ކައިވެނިކޮށްގެން ސަކީލާ އާއި އޭނާގެ އާއިލާ، މާލެއަށް ދިރިއުޅުން ބަދަލުކުރުމުން އެހަނދާންތައް ނައްތައިލަން ޙުސައިންއަށް ފަސޭހަވިއެވެ. ސާދުނާ އާއިއެކު އައު ބާބަކުން ދިރިއުޅުން ފެށިއެވެ. ދުވަސްތައް އުފާވެރިކަމާއިއެކު ފާއިތުވަމުން ގޮސް އަނެއްކާވެސް ޙުސައިންގެ ދިރިއުޅުމުގެ ކަންތައްތައް ބަދަލުވެގެން ދިޔައީ ލިބުނު އެންމެ ފޯނުކޯލަކުންނެވެ. ހަތަރު އަހަރުފަހުން ލިބުނު ސަކީލާގެ އެ ފޯނުކޯލު ވެގެންދިޔައީ އޭނަގެ ދިރިއުޅުމަށްވެސް އެކަމުގެ އަޞަރުތަކެއް ކުރި ކަމަކަށެވެ. ޙުސައިންގެ ކައިރިން ސަކީލާ އެދުނީ ވަރަށް އަވަހަށް މާލެ އައިސްދިނުމަށެވެ. ޙުސައިންއަށް އެނގެންޖެހޭ ވަރަށް މުހިއްމު ކަމެއް އެބަ އޮތް ކަމުގައި ބުނެއެވެ. އޭރު ސާދުނާ އުޅުނީ ވިހައިގެންނެވެ. އިވްޔާއަށް އެންމެ މަހެކެވެ. އެތައް ގޮތަކަށް ވިސްނުމަށްފަހު ޙުސައިން ނިންމީ މާލެ ދާށެވެ.

ޙުސައިން މާލެ ދާން އުޅޭކަން އެނގުމުން ސާދުނާ އެކަމަށް ފާޅުގައި ދެކޮޅު ހެދިއެވެ. ރިޔާޒުގެ ރޭވުމެއް ކަމަށް ބުނެ ވިސްނައިދޭން މަސައްކަތް ކުރިއެވެ. އެކަން ޤަބޫލުކުރަން ޙުސައިން ބޭނުން ނުވީއެވެ. ސަކީލާ އެވަރުގެ ކެއްސެއް ނުދޭނެ ކަމުގައި ބުނުމުން، ސާދުނާ އޭނަގެ ކޮޅު ދޫކޮށްލީއެވެ. ބަސް ނުވިކޭ އޮޑިއެއްގައި ދަތުރު ނުކުރެވޭނެ ކަމަށް ބުނެއެވެ.

ޙުސައިން މާލެ ދިޔައީ ސާދުނާގެ ނުރުހުމުގައެވެ. ސަކީލާ އެދުނުފަދައިން އޭނަ ސަކީލާ އާއި ބައްދަލުކުރީ ކުލީ ކޮޓަރިއަކުންނެވެ. ނަމަވެސް ކަންތައްވީ ރާވާފައިވާ ގޮތަކަށް ނޫނެވެ. ސަކީލާ ހާމަކުރަން އުޅުނު ބޮޑު ހަޤީގަތް އެނގުމުގެ ކުރިން ފެނުނީ ރިޔާޒު އައިސް އެތަނަށް ވަތްތަނެވެ. ރިޔާޒު ހީވީ ފުރިހަމައަށް ތައްޔާރުވެގެން އައިހެންނެވެ. އައިގޮތަށް ޙުސައިންގެ ގައިގައި ތަޅައިގަތްގަތީނުން މުޅި ހަށިގަނޑުން ލޭކޮށާލިއެވެ. ރަޙުމެއް ހަމްދަރުދީއެއް އެ ހިތުގައި ނުވެއެވެ. އެވަރުން ނުފުދިގެން އެތަނުން ދިޔައީ އެތައް އިންޒާރެއް ދީފައެވެ.

ޙުސައިން ހީކުރީ އެވަރުން ރިޔާޒުގެ ހިތަށް ހަމަޖެހުން ލިބޭނޭ ކަމަށެވެ. ދެން އެއްވެސް އުނދަގުލެއް ނުފޯރާނެ ކަމަށް ހީކުރުން އެއީ ކުށްހީއެކެވެ. ޙުސައިން އެނބުރި ރަށަށް ދިޔުމަށްޓަކައި، ބޯޓަށް އަރައި އިންދައި ފެނުނީ ފުލުހުން އައިސް ހައްޔަރު ކުރިތަނެވެ. ވީގޮތް އެނގުނީ އޭގެ ދެދުވަސް ފަހުންނެވެ. ޙުސައިންގެ ބޮލުގައި އެޅިފައިވަނީ ސަކީލާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ. އެމައްސަލައިގައި ހުކުމް ކުރެވި ހަމަސްދުވަހަށް ގޭގައިވެސް ބަންދުކުރިއެވެ.

އެދުވަހުގެ ފަހުން ޙުސައިންއަށް ސަކީލާގެ އެއްވެސް ޙަބަރެއް ނުވެއެވެ. ޙުސައިން ޤަބޫލުކުރީ އެއީ ސަކީލާ އާއި ރިޔާޒު ވެގެން އޭނައަށް ދިން ލަނޑެއް ކަމަށެވެ. އެކަމާއި ހިތްހަމަނުޖެހިފައި، ސާދުނާ އެތައް ދުވަހަކު ހުއްޓެވެ. އަނގައިން ނުބުނި ނަމަވެސް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދީ ހެދިއެވެ. ފަހުން ހުރިހާ ކަމެއް ހަމައަކަށް އެޅުނީ އިވްޔާ ބޮޑުވަމުން ދިޔަވަރަކަށް ކުރިމަތިކުރުވަންފެށި ސުވާލުތަކުންނެވެ. ދަރިފުޅަށް އެއްވެސް އުނިކަމެއް ލިބިދާނެފަދަ ކަމެއް ކުރަން ސާދުނާ ބޭނުން ނުވީއެވެ. ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އޭނަ ޙުސައިންއަށް ފުރުޞަތެއް ދޭން ނިންމީއެވެ.

ޙުސައިން ރޮއެފައި ޝިރުވާގެ ކައިރިން އެދުނީ އެކަން އިވްޔާއަށް ސިއްރުކޮށްދިނުމަށެވެ. އެތައް ދުވަހެއްގެފަހުން އެ ދަރިފުޅާއި ބައްދަލުވުމުން ހިތް ހަލާކު ކޮށްލަން ބޭނުން ނުވާ ކަމަށް ބުނެއެވެ. އެއީ މުޅީން ޙަޤީގަތެއް ނޫންކަމަށާއި ރިޔާޒަކީ މަކަރުވެރިއެއް ކަމުގައި ޙުސައިން ބުނަމުން ދިޔައެވެ.

********

ޔުމާން ގެއަށް އައިއިރު އިންތިޒާރުގައި ދެކޮޅަށް ހިނގާލަހިނގާލައި ރިޔާޒު ހުއްޓެވެ. ރިޔާޒު ފެނުމުންވެސް ޔުމާންގެ ލޭ ކެކޭ ގޮތްވިއެވެ. އަތް މުށްކަވައިލިލެއް ބާރުކަމުން ތުރުތުރު އަޅަމުންދިޔައެވެ. ރިޔާޒުގެ ތުންފަތް މައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނަ ބަލައިލީ ޔުމާންގެ އަތުގައި އޮތް ފައިލަށެވެ.

ގޮތް ހުސްވުމުން ޔުމާންގެ ރުޅި އިތުރަށް ގަދަވިއެވެ. ރިޔާޒުގެ ކުރިމަތީގައި ބޭނުންހައި ގޮތެއް ހެދިގެން ހުންނަ މީހަކަށް ވާން ޔުމާން ބޭނުމެއް ނުވެއެވެ. އެކަމަކު ކޮންމެ ފަހަރަކު ޙާލަތާއި ވަގުތު އޭނައަށް އެއްބާރުލުން ނުދެނީއެވެ. ރިޔާޒުގެ ކުރިމަތީގައި ބަލިވަނީ އޭނަގެ ކޮޅެވެ. ރުޅި އައިސްފައި ހުރިވަރުން ޔުމާން އޭނާގެ އަތުގައި އޮތް ފައިލު ރިޔާޒާއި ދިމާއަށް ހޫރުވައިލިއެވެ. އެއާއިއެކު ފައިލު ގޮސް ރިޔާޒުގެ މޭމަތީގައި ޖެހިފައި ތިރިއަށް ވެއްޓުނެވެ.

"ނާއިކްއަށް އެއްވެސް ގެއްލުމެއް ލިބިގެން ނުވާނެ..." ދެދަތްޕިލަ ޖައްސައިގެން ހުރެ، ޔުމާން ބުންޏެވެ.

"އަހަރެން ބުނާ ގޮތަށް ކަންތައް ކުރަންޏާ ޔުމާން ބޭނުންވާ ގޮތްވެސް އަހަރެން ހަދައިދޭނަން..." ރިޔާޒު ޔަޤީންކަން ދިނެވެ.

ރިޔާޒު އޭނާގެ ފޯނު ނަގައި ނަންބަރަކަށް ގުޅިއެވެ. އަދި ނާއިކްއަށް އެއްވެސް ކަމެއް ނުކޮށް ދޫކޮށްލުމަށް ބުންޏެވެ. އެއަށްފަހު ޔުމާންގެ ކައިރިން ރިޔާޒު އެދުނީ އޭނަ އާއިއެކު އައުމަށެވެ. ނުރުހިފައި ހުރެވެސް ރިޔާޒުގެ ފަހަތުން ޔުމާން ދިޔައެވެ.

ރިޔާޒު ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އަލަމާރި ކައިރިއަށް ގޮސް އޭގެ ވަތްގަނޑު ހުޅުވައިލިއެވެ. ފައިލުގައިވާ އެއްޗެހިތައް މަތިމަތިން ބަލައިލުމަށްފަހު، ކުރިން އޮތް ތަނަށް ލައި، ތަޅުލިއެވެ. ދެން އޭގެ ތެރެއިން ނެގީ ސިޓީ އުރައެކެވެ. ސިޓީއުރަ ހިފައިގެން ރިޔާޒު އައިސް ހުއްޓުނީ ޔުމާންގެ ކުރިމަތީގައެވެ. އެއަށްފަހު ޔުމާން އާއި ދިމާއަށް އެ އުރަ ދިއްކޮށްލިއެވެ.

ޔުމާން އޭނާގެ މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ. ރުޅި އައިސްފައި ހުރިވަރުން އޭގައި ހިފާކަށް ބޭނުމެއް ނުވިއެވެ.

"ހަޤީގަތް އެނގެން ބޭނުމިއްޔާ ތީގަ އޮތް އެއްޗެއް ބަލާ..." ރިޔާޒު ކުރިޔަށް ޖެހިލައި ޔުމާންގެ މޭގައި ސިޓީއުރަ ޖައްސައިލިއެވެ. އެވަރުންވެސް ޔުމާން އެއާއި ދިމާއަށް ބަލައިވެސް ނުލިއެވެ.

"ތި ހީކުރަނީ އެ އިވްޔާގެ ބައްޕަ ޙުސައިންއަކީ ވަރަށް މާތް މީހެއް ކަމަށްތަ؟...." ޙުސައިން ހަޅޭއްލަވައިގަންނަމުން، އަތުގައި ހުރި ބާރެއްލާފައި، ސިޓީއުރަ މުށިތަކުގެ މައްޗަށް ޖެހިއެވެ.

ޔުމާން ސިހޭގޮތްވިއެވެ. އެއްފަހަރު ސިޓީއުރައަށް އަނެއް ފަހަރު ރިޔާޒަށް އޭނަ ބަލައިލިއެވެ. އެއަށްފަހު މަޑުމަޑުން ގުދުވެ، ސިޓީއުރަ ނެގިއެވެ. ބަންދު ނުކޮށް އޮތް އެސިޓީއުރައިގެ ތެރޭގައިވާ އެއްޗެހިތައް ނަގައި ބަލައިލުމާއިއެކު ޔުމާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ސިޓީއުރަ އަތުން ދޫވެގެން ދިޔުމާއިއެކު، ހައިރާންވެފައި ރިޔާޒާއި ދިމާއަށް ބަލައިލެވުނެވެ. އޭރު ދެޖީބަށް އަތްޖަހާލައިގެން ރިޔާޒު ހުއްޓެވެ. މޫނުމަތިން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

29 ޚިޔާލު

  1. Sheen

    Wow wow vvvv reethi mi part ves. 💕💕💕💕💕💕💕💕💕💕💕💕💕 Dhen. Vaanee kihineh bas? Hama suvaalu thakun furifa… 💜💜💜💜💜💜💜💜💜💜💜💜💜💜💜💙💙💙💙💙💙🌹💙💙💙💙🌹🌹🌹🌹🌹🌹 V hiythah undhagoo vaakahala gotheh dhw mivanee. Ekamaves dhen eysh aa dheytherey v ithubaaru eboiy.. Ehenve mi hunnanrr huygama jassaa laigen. Waiting for the next 😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘

    • އޭޝް

      Thank u so much dear 😊❤❤

  2. 💙🌹💜

    Maasha Allah. V furihama reethi hiygaimu part eh mives 💕💕💕💕💕💕💕💕💕💕💕💕

    • އޭޝް

      Thank u so much dear 😊❤❤

  3. ލަމް

    މާޝާﷲ ހާދަ ފުރިހަމައެވެ. ތިޔައީ ހަމަ އެންމެ ސަޅި ވާހަކަ ލިޔުންތެރިޔާއެވެ. ވާހަކަ ކިޔަން މި ޖެހެނީ ނޭވާ ނުލާ އިނދެގެންނެވެ އެހާވެސް ޝައުގުވެރިއެވެ. ސުވާލުތަކުން މި ހިތް ފުރިއްޖެއެވެ. އިންތިހާއަށް ޖަވާބު ބޭނުމެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން ވަކިވެލަމެވެ.

    • އޭޝް

      Thank u so much dear 😊❤❤

  4. Anonymous

    ވަރަށް ރީތި

    • އޭޝް

      Thank u so much dear 😊❤❤

  5. ސަމާހ

    ކޮންއިރަކުން ދެން އިން ބައި އަޕްކުރާނީ. ހިތަށް އަންނަނީ އަނެއްކާ ކައިލަން އަކީ ރައިންގެ ދަރިއެއް ބާއޭ

    2
    1
    • އޭޝް

      In Sha Allaah tmrw ❤

  6. ސިއްތި

    އެހެންވީމަ ޔުމާންއާއި އިވްޔާ އެއީ ދެބެން. ހުސެއިންގެ ދެދަރިން. އިވްޔާގެ ކިބައިން އެކަމުގެ ބަދަލު ހިފީ. އެއީ ރިޔާޒުގެ ދަރިއެއްތޯއްޗެދޯ؟

    • އޭޝް

      Theeves hama vedhaane gotheh hingaa dho balamaa ❤❤

  7. 💖💖💖

    މިހާރު މިވީގޮތުން ހީވަނީ އިވްޔާ ޔުމާން އެއީ ދެބެން ހެން އިވްޔާ ދަރިފުޅު ގެ ބައްޕަ އަކީ ރިޔާޒް ހެން ވާހަކަ ވަރަށް ރީތި ކޮންއިރަކުންތަ ވާހަކައިގެ އަނެއް ބައި ގެނެސް ދެނީ

    • އޭޝް

      In Sha Allaah tmrw ❤ Thank u so much dear 😊❤❤

  8. Sheen

    Aan thubuni kahala gotheh vedhaanehen v heevey dhw… Vaahaka up vaanee every Tuesday and Saturday eh ga. So dhen inbai up vaanee maadhamaa niin aneh dhuvahu.. 😍😍😍😍

    • އޭޝް

      Thank u so much dear 😊❤❤

  9. Santhi

    Wow😮 mi part vx haadhahaa vaa furihamaey.. Mihnve ey bunany eysh vareh nethey ❤❤😘😘

    • އޭޝް

      Thank u so much dear 😊❤❤

  10. Safarukaihdha

    Maasha Allah.. ❤❤ vaahaka varah furihama.. Keep it up dear ❤❤ waiting for next 😘😘

    • އޭޝް

      Thank u so much dear 😊❤❤

  11. Foolhudhigu handi

    Maasha Allah ❤😘 eysh mee hama vaahaka liyumah ehvanaige meeheh ❤❤😘😘

    • އޭޝް

      Thank u so much dear 😊❤❤

  12. Saana

    Maa Sha Allah varsh reethi vaahakah.waiting for next part.Eysh keep it up 😍🤩🤗

    • އޭޝް

      Thank u so much dear 😊❤❤

  13. Rannamaari

    Maasha Allah ❤😘

    • Maya jin

      Wow Varah reethi mi part vs 💐💐💐💐💐😍😍😍😍😍
      Waiting waiting curiously for the upload of next part 💚💜💚💜💚💜💚💜💚💜💚💜💚💜💚💜

    • އޭޝް

      Thank u so much dear 😊❤❤

    • އޭޝް

      Thank u so much dear 😊😊❤

  14. Naju

    Wow