loading ...
loading ...
ފެވިފާ ތިނަންވޭ މިހިތުގާ...35

ފެވިފާ ތިނަންވޭ މިހިތުގާ...35

33 comments

އިވްޔާ ސައިކަލަށް އެރުމުގެ ކުރިން ރައިން އަވަސްވެގަތީ ސައިކަލު ސްޓާޓް ކުރާށެވެ. އެވަގުތު ފަހަތުން މީހަކު ވަރަށް ބާރަށް ކޮނޑުމަތީގައި ޖަހައިލުމާއިއެކު ރައިން ސިހުނެވެ. ކުޑަކޮށް ހަޅޭއްލަވައިގަނެފައި ފަސް އެނބުރި ބަލައިލި ވަގުތު ފެނުނު ސޫރައަކުން ރައިންއަށް ތެޅިގަނެވުނެވެ.

********

ދާދި ކައިރީގައި ހުރީ ދެބައި އުމުރުގެ އަންހެނެކެވެ. ދެލޯ ބޮޑުކޮށްގެން އިނދެ، އެމީހާގެ ފައިން ފެށިގެން މޫނާއި ހަމައަށް ރައިންއަށް ބަލައިލެވުނެވެ. އެއީ އޭގެ ކުރިން އޭނަ ދަންނަ މީހެއް ނޫނެވެ. ރައިން ބަލައިލުމާއިއެކު ކޮލުގައި ހުރި ދަތްތައްވެސް ފެންނަވަރަށް އެމީހާ ހީލިއެވެ. އެވަގުތު ރައިންގެ އަނގަޔަށް ގޮތެއް ހަދައިލެވުނީ ދުފާ ރަތްކޮށްގެން ހުރި އެމީހާގެ ދެމިޔަކަނުން ފައިބައިގެން ދިޔަ ރަތް ކުޅުތައް ފެނުމުންނެވެ.

"ކޮއްކޯ..." އެމީހާ ގޮވާލިއެވެ.

ލޮލުގެ ހިމަކޮޅުން ރައިންއަށް އެކި ދިމަދިމާއަށް ބަލައިލެވުނެވެ. އެމީހާ ވާހަކަ ދައްކަފާނެހެން ހީވާ އިތުރު މީހަކު އެތަނުގައި ނެތްކަން އެނގޭއިރުވެސް މެއެވެ. ރައިން އޭނަގެ މޭގައި އަތް ޖައްސައިލަމުން އެމީހާ އާއި ދިމާއަށް ބަލައިލީ ސުވާލު އުފެދިފައި އިނދެއެވެ.

"ތިޔަ ސޮރާއޭ މި ވާހަކަ ދައްކަނީ... ހިނގާބަލަ ވަރަށް އަވަހަށް ދައްތަ ތަނަކަށް ގެންގޮސްދޭން..." ސައިކަލަށް އަރައި ރައިންގެ އުނަގަނޑުގައި ދެއަތް ވަށައިލަމުން އެމީހާ ބުންޏެވެ.

ރައިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނައަށް އަވަސްއަވަހަށް ބަލައިލެވުނީ އިވްޔާއަށެވެ. އޭރު އިވްޔާ ހުރީ ހެވޭވަރުން އަނގަމަތީގައި އަތް އަޅައިގެންނެވެ. ދޭތެރެއަކުން ގުދުވެ، ބަނޑުގައި އަތް އަޅައިގެން އޮވެ ހެމުން ދިޔައެވެ. އެތަން ފެނި ރައިންގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ތުން ފިއްތައިލަމުން ސައިކަލުން ފައިބަން މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހާ އިނީ އޭނަގެ ގައިން ދޫކުރާ ގޮތަކަށް ނޫނެވެ.

"ދައްތާ ޕްލީޒް... ކާރެއް ހޯދައިދެންތަ؟..." ދެއިނގިލި ކުރިން އެމީހާގެ އިނގިއްޔެއްގައި ހިފައި ދުރުކޮށްލަން މަސައްކަތް ކުރަމުންދިޔައިރު ރައިން އިނީ ދާހިއްލައި ފޯވެފައެވެ. ނިތްކުރިމަތިން ހިއްލައިލި ދާތިކިތައްވެސް މޫނުގެ ދެފަރާތުން ފައިބަމުން ދިޔައެވެ.

ކުއްލިއަކަށް އައިސް ސައިކަލުގެ ކުރިމަތީގައި މަޑުކޮށްލީ ޒުވާން އަންހެން ކުއްޖެކެވެ. އެކުއްޖާގެ މޫނުމަތިން އޮއްދާ ހިއްލާލާފައިވާއިރު، ފުންކޮށް ނޭވާލަމުން ދިޔަގޮތުން ވަރުބަލިކަމުގެ ޢަޞަރު އެމޫނުމަތިން ފެންނަމުން ދިޔައެވެ. އެއްފަހަރު ރައިންއަށް އަނެއްފަހަރު ރައިންގެ ފަހަތުގައި އިން އަންހެން މީހާއަށް އެކުއްޖާ ބަލައިލިއެވެ. ދެން ފެނުނީ އަނގަޔަށް ގޮތެއް ހަދައިލިތަނެވެ. ބޯކަހައިލާފައި އަންހެން މީހާ އާއި ދިމާއަށް އެކުއްޖާ އޭނާގެ ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ. އިންޒާރެއް ދޭފަދައިންނެވެ. އެވަގުތު ބަސްއަހާ ކުޑަކުއްޖަކު ފަދައިން އެ އަންހެން މީހާ ރައިން އާއި ދުރަށް ޖެހިލިއެވެ.

"މަންމާ..." އަކުރުތަކަށް ދަމާލާފައި އެކުއްޖާ ގޮވާލިއެވެ.

"ހާދަވަރަކަށް ހޯދައިފީމޭ... ކިތައް ފަހަރު ބުނާނީ ތިހެން ނޫޅޭށޭ... އަވަހަށް ސައިކަލުން ފައިބާ..." އެކުއްޖާ ގޮސް އަންހެންމީހާގެ ކައިރީގައި ހުއްޓިފައި، ބުނެލީ އޯގާތެރި ގޮތަކަށެވެ.

އަންހެން މީހާ ސައިކަލުން ފޭބުމަށްފަހު ދުއްވައިގަތެވެ. ރައިންގެ ކިބައިން މަޢާފަށް އެދިފައި އެމީހާގެ ފަހަތުން އެކުއްޖާވެސް ދުއްވައިގަތެވެ. އެކުއްޖާ ގޮސް ލޯމަތިން ގެއްލެންދެން ބަލަހައްޓައިގެން ރައިން އިނެވެ. އެއަށްފަހު ދޫކޮށްލީ ފުން ނޭވާއެކެވެ. ހަމަޖެހިލުމަށް މަސައްކަތް ކުރަމުން ރައިން ބަލައިލީ އިވްޔާއަށެވެ.

"ހާދަ ލޯބި ކުއްޖެއް ގޮވައިގެންނޭ ދާން ތިއުޅެނީ..." އިވްޔާ ހެމުން ހެމުން އައިސް ސައިކަލަށް އެރިއެވެ. ރައިން އާއި ދިމާކޮށްނުލައި އެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.

ރައިން ކުއްލިއަކަށް ސައިކަލު ދުއްވާލިއެވެ. އެފަދަ ކަމަކަށް ނުވިސްނާ އިނުމުން އިވްޔާ ދިޔައީ ސިއްސައިގެންނެވެ. ކައްސާލައިގެން އައިސް ތަތްވީ ރައިންގެ ގައިގައެވެ. ސަލާމަތްވުމަށް އިވްޔާއަށް ރައިންގެ އުނަގަނޑުގައި ދެއަތް ވަށައިލެވުނެވެ. އެވަގުތު ރައިންގެ ތުންފަތް މައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

ރައިންގެ ގައިން ދުވި ލުއި ސެންޓެއްގެ ވަހުން އިވްޔާއަށް ދެލޯ މަރާލެވުނެވެ. އެވަގުތު ސިކުނޑި ތާޒާވެގެންދިޔަ ކަމުގެ އިޚްސާސްކުރެވުނެވެ. އަނގަޔަށް ގޮތެއް ހަދައިލަމުން އިވްޔާ އަވަސްއަވަހަށް ރައިން އާއި ދުރަށްޖެހިލަން އުޅުނެވެ. ނަމަވެސް އެފުރުޞަތެއް ރައިން ނުދިނެވެ. އިވްޔާގެ ދެއަތުގައި ހިފައި ކުރިޔަށްވުރެ ބޮޑަށް ގާތަށް ދަމައިލިއެވެ. ދުރަށްދާކަށް އިވްޔާވެސް ނޫޅުނެވެ. މަޑުމަޑުން ރައިންގެ ބުރަކަށީގައި މޫނު ޖައްސައިލިއެވެ. ރައިންގެ ހިނިތުންވުން ފުންވެގެންދިޔައީ އިވްޔާގެ އެ ގައިގޯޅިކަމުން ހިތަށް ލިބުނު އުފަލަކުންނެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވައިލުމަށްފަހު، އިވްޔާ ގޮވައިގެން ރައިން ދިޔައީ އޭނަގެ ގެއަށެވެ. ގެއަށް ނުވަންނަން އިވްޔާ އެތައް މަސައްކަތެއް ކުރިއެވެ. ސަލްމާ ރުޅި އައިސްދާނެ ކަމަށްބުނެ ބަހަނާ ދެއްކިއެވެ. ނަމަވެސް ހުއްޓާނުލައި ރައިން ކިޔަންފެށުމުން އެތެރެއަށް ވަންނަން އިވްޔާ އެއްބަސްވިއެވެ. ދެމީހުން އެކީގައި ގެއަށް ވަތްއިރު، ގޭތެރެ އޮތީ ހިމޭންވެފައެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ގޭގެ އެކި ތަންތަން އިވްޔާއަށް ދައްކަމުން ގޮސް ރައިން މަޑުކޮށްލީ އޭނަގެ ކޮޓަރި ދޮރުމަތީގައެވެ. ކުޑައިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު، އިވްޔާއަށް އެކޮޓަރިއަށް ވަދެވޭނީ ކައިވެންޏަށް ފަހުގައި ކަމަށް ބުންޏެވެ.

އިވްޔާއަށް ހިނިތުންވެލެވުނެވެ. ޙާލަތުގެ ފައިދާ ނަގަން ރައިން މަސައްކަތް ނުކުރާނެކަން އޭނައަށް އެނގެއެވެ. އެހެންނަމަވެސް ދެމީހުން އެކަނި ބޮޑު ގެއެއްގައި ތިބެން ޖެހުމުން އޭނަ ހުރީ ފިނިވާގޮތް ވެފައެވެ. ސިކުނޑި ފުނިޖެހެމުން ދިޔައީ ނުބައި ވަސްވާސްތަކުންނެވެ.

ރައިން ދެން ގޮސް ވަނީ ގޭގެ ލައިބްރަރީއަށެވެ. ކުޑައިރު ރައިން ކިޔަން ގެންގުޅުނު ބައެއް ފޮތްތަކާއި، ކުޅޭ އެއްޗެހީގެ އިތުރުން ކުރީގެ ތަސްވީރުތައް އެކި ދިމަދިމާއިން ފެންނަން ހުއްޓެވެ. އިވްޔާގެ ޝައުޤުވެރިކަން އަތުލީ ފާރުގައި ހަރުކޮށްފައިވާ ތަސްވީރުތަކެވެ. ފަހަރަކު ތަސްވީރެއް ބަލަމުން ދަނިކޮށް ރައިން އެދުނީ އޭނަ އާއިއެކު އެންމެންގެ ފޮޓޯ އަލްބަމް ބަލަން އައުމަށެވެ.

ލައިބްރަރީގެ ތެރެއިން ބެލްކަންޏަށް ނުކުމެވުމާއިއެކު އިވްޔާއަށް ހީވީ އައު ޖޯޝެއް ލިބުނު ހެންނެވެ. އުފަލުން ފުންމަންފެށީ އެއްފަރާތުގައި ބަހައްޓާފައި ހުރި ޖޯލިފަތި ފެނުމުންނެވެ. ރޯނުން ގަތާފައިވާ އެ ޖޯލިފަތި ފެނުމުން އިވްޔާއަށް އޭނާގެ އަމިއްލަ ރަށް މަތީން މާބޮޑަށް ހަނދާންވާގޮތްވިއެވެ. ދުވެފައި ގޮސް ޖޯލިފަތީގައި އޮށޯވެލާފައި ތެދުވިއެވެ. އަނެއްކާވެސް ވަށައިގެން ބަލައިލިއެވެ. ހިތް ފަސޭހަ އެ މަންޒިލުން ދާހިތްވެސް އިވްޔާ ނުވިއެވެ. ޖޯލިފަތީގެ އިތުރުން ކުޑަ ކޮފީ މޭޒަކާއި، އުނދޯއްޔެއް ހުރުމުން އެކި ކޮޅުކޮޅަށް ދުވެލާފައި އިވްޔާ އުޅުނެވެ.

ރައިން ހުރީ އުފަލުން ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އިވްޔާގެ ހަރަކާތްތަކަށް ބަލަން ހުރިއިރު، އޭނަގެ ގެ، އިވްޔާއަށް ކަމުދިޔުމުން ހިތަށް ލިބުނު ހަމަޖެހުން އެމޫނުމަތިންވެސް ފެންނަމުން ދިޔައެވެ. ރައިން މަޑުމަޑުން ހިނގާލާފައި ގޮސް އުނދޯލީގައި އޮށޯވެލައިގެން އޮތް އިވްޔާގެ ބޮލުގައި ފިރުމާލިއެވެ.

"މިއޮތީ އަލްބަމް... އަންނާނަން ކޮފީ ހިފައިގެން..." އަލްބަމް އިވްޔާގެ އަތަށް ދިއްކޮށްލަމުން ރައިން ބުންޏެވެ.

ރައިން ކޮފީ ހިފައިގެން އައިއިރު އިވްޔާ ހުރީ ކޮޅަށް ތެދުވެއެވެ. ފުރަގަސްދީގެން ހުރުމުން މޫނުމަތީގެ ކުލަވަރު ފެންނަގޮތެއް ނުވިއެވެ. ކޮފީތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު، ރައިން ގޮސް ހުއްޓުނީ އިވްޔާގެ ކުރިމަތީގައެވެ. އިވްޔާގެ މޫނުމަތީގެ ކުލަވަރު ރައިންއަށް ފެނުނީ އެވަގުތުއެވެ. ރޮއެރޮއެ ދުޅަވެފައިވާ ދެލޮލާއި، ތެމިފައިވާ ދެ ކޯތާފަތް ފެނުމުން ރައިން ފެންކަޅިވާގޮތްވިއެވެ. އެހުރިހާއިރު އުފަލުން އުޅެފައި، އިވްޔާއަށް ކުއްލިއަކަށް ވީގޮތެއް ނޭނގުމުން ރައިން ހާސްވާން ފެށީ މާބޮޑަށެވެ.

"ޕްރިންސަސް... ކިހިނެތްވީ؟..." އިވްޔާގެ ކޯތާފަތުގައި ދެ އަތުން ހިފަހައްޓާލަމުން ރައިން ސުވާލުކޮށްލިއެވެ.

އިވްޔާގެ ނަޒަރު، އޭނަގެ އަތުގައި އޮތް އަލްބަމުން ފެންނަމުންދިޔަ ތަސްވީރުން ވަކި ނުވެއެވެ. ރޮމުން ގިސްލަމުން އެތަސްވީރަށް ބަލަމުންދިޔައިރު، މާޒީގެ ސަފްހާތައް ކުރިމަތިން ފެންނަމުން ދިޔަހެން އިވްޔާއަށް ހީވިއެވެ. އެއީ ހަމަ އެ ލަފެވެ. ހަމަ އެ ކުލައެވެ. އެ ބޮޑުމިނެވެ. އެއްވެސް ތަފާތެއް ނެތެވެ. އޭނަގެ މުޅި ޖިސްމު ނުބައި އިންސާނެއްގެ އަތްދަށުވި ދުވަހު، އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމެއްނެތި، ކޮޅުފައިން ޖަހާފައި ދިޔަ އިންސާނަކީ އެޔެވެ. އިއްޔެ ފެނުނު އެއްޗެއްހެން އެދުވަހުގެ ކޮންމެ މަންޒަރެއް އޭނަގެ ސިކުނޑީގައި ހަރުލާފައި ވެއެވެ. ވީއިރު އެމީހާގެ މަތީން އޭނަ ހަނދާން ނެތޭނީ ކިހިނަކުން ހެއްޔެވެ؟

އަލްބަމަށް ބަލައިލުމާއިއެކު ރައިންއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. އިވްޔާ ބަލަހައްޓައިގެން ހުރީ ރިޒްވީންގެ އުމުރުން ސޯޅަ އަހަރުގައި ނަގާފައިވާ ތަސްވީރަކަށެވެ.

"އިވީ ތިހެން ވީކަމެއް ނުބުނެ ރުޔަސް ވީގޮތެއް ނޭނގޭނެއެއްނު... މީ ދޮންބެގެ ފޮޓޯއެއް... ކުރިންވެސް އިވީއަށް ދޮންބެ އެނގެނީތަ؟... ނޫނީ ދަންނަ މީހެއްގެ ވައްތަރު ޖަހަނީތަ؟..." ރައިން ހާސްވެފައި އެކި ސުވާލުތައް ކުރަން ފެށިއެވެ.

"ރިޒްވީން؟..." އިވްޔާގެ ދެލޯ ބޮޑުވެގެން ދިޔައީ އެ ތަސްވީރުގައިވާ މީހަކީ ރިޒްވީން ކަން އެނގުމުންނެވެ. ދެފައިގެ ވަރު ދޫވެ، ހަށިގަނޑު އަރިއަޅައިލިއެވެ. ރައިން ނުހިފެހެއްޓިނަމަ، އިވްޔާ ވެއްޓުނީހެވެ.

އިވްޔާ ރޮއެރޮއެފައި އެދުނީ އޭނަ ގެއަށް ގެންގޮސް ދިނުމަށެވެ. އެކަނިވެލަން ވަގުތުކޮޅެއް ބޭނުން ވާކަމަށް ބުނެއެވެ. ވީގޮތެއް ނޭނގެނީސް ފޮނުވާލާކަށް ރައިން ބޭނުމެއް ނުވިއެވެ. އެކަމަކު އިވްޔާ ތަކުރާރުކޮށް އެދެން ފެށުމުން އޭނައަށް ގޮތް ހުސްވިއެވެ.

އިވްޔާ ގެންގޮސް ގެއަށް ލާފައި ރައިން އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ނުތަނަވަސްވެފައިވާ ޙާލު އޭނަ ގޮސް ނެގީ އިވްޔާއަށް އެ ބަދަލެއް އައުމަށް މެދުވެރިވި ރިޒްވީންގެ ތަސްވީރެވެ. އެއަށްފަހު ދެން ނެގީ ހަމަ އެ ދުވަހު އޭނަ އާއި ރިޒްވީން އެކީގައި ނަގާފައިވާ ތަސްވީރެކެވެ. ދެމީހުންވެސް ތިބީ އެއްއަތުން މޫނުގެ އެއްފަރާތް ފޮރުވައިގެންނެވެ. ދެމީހުންގެ އަތުގައިވެސް ކަޅުކުލައިގެ ބޮޑު ލަފެއް އިނެވެ. އެއްވެސް ތަފާތެއް ނެތެވެ.

********

ޔުމާން ގޮވައިގެން ރިޔާޒު ގޮސްވަނީ އާދައިގެ ގޮތަކަށް ހަދާފައި ހުރި ގެއަކަށެވެ. ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ޔުމާންގެ ދެލޯ ބޮޑުވެގެން ދިޔައީ މީހެއްގެ ކުކުރުމުގެ އަޑު އިވިފައެވެ. ކޮންމެވެސް ބޮޑު ވޭނެއް ތަހަންމަލްކުރާ މީހަކު ފަދައިން އެމީހާ ކުކުރަމުންދިޔައިރު، ޔުމާންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

ރިޔާޒު ގޮސް ވަނީ ގޭގެ އެންމެ އެތެރޭގައި ހުރި ކުޑަ ކޮޓަރިއަށެވެ. ތަޅުލާފައިވާ އެކޮޓަރި ހުޅުވާލުމާއިއެކު ދުވި ކުނިވަހުން ޔުމާންއަށް ނޭފަތްމަތީގައި އަތް އަޅައިލެވުނެވެ. އަނދިރިކަން ވެރިވެފައިވާ އެކޮޓަރީގެ ތެރެއަށް ޔުމާން ވަނީ ޖެހިލުންވެފައި ހުރެއެވެ. ކޮޓަރީގެ ބޮކި ދިއްލައިލުމާއިއެކު ފެނުނު މަންޒަރުން ޔުމާންގެ ހޭބުއްދި ފިލައި ނުދިޔައީ ކިރިޔާއެވެ. ދެއަތާއި ދެފައިގައި ޗެންޗޭނުޖަހައި، ވަލު ޖަނަވާރެއްހެން ހައްޔަރު ކޮށްފައި އެއޮތީ ރިއްފަތެވެ.

ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތްޙާލު، ރިއްފަތުގެ މުޅި ގައިގައި އޮތީ ހުސް ލެޔެވެ. މުޅި ހަށިގަނޑުގައި ޒަޚަމުގެ އެކި ނިޝާންތަކެވެ. ބައެއް ތަންތަނުން ލޭ ހިލިފައި ހުރިއިރު، ފުން ޒަޙަމުތައްވެސް މަދެއް ނޫނެވެ. އަނގަމަތި ފަޅައިގެން ގޮސް ގިނަ އަދަދެއްގެ ލޭ ފައިބާފައި ހުއްޓެވެ. ތަޅުންމަތީގައިވެސް ހުސް ލެޔެވެ. ރިއްފަތުގެ ކައިރީގައި ކުޑަ ތަބަކެއް ހުއްޓެވެ. ތަބަކުގައި ހުރި ކާތަކެތި ވަނީ ފުޅަ އަޅާފައެވެ. އެއިން ދުވާ ވަހުން ނޭވާ ލާންވެސް އުނދަގޫވާވަރު ވެއެވެ.

އުނދަގޫ ގޮތަކަށް ލޯ ހުޅުވައިލި ރިއްފަތަށް ޔުމާން ފެނުމާއިއެކު އެއްޗެއް ބުނެވޭތޯ މަސައްކަތްކުރަން ފެށިއެވެ. ހަށިގަނޑުގައި އެއްވެސް ވަރެއް ނެތް ޙާލު ހިކިފައިވާ ދެ ތުންފަތް ދުރުކޮށްލުމަށްވެސް ރިއްފަތު ނުކުޅެދުނެވެ.

ޔުމާންގެ ލަގޮނޑި ހީވީ ފަޅައިގެން ދިޔަ ހެންނެވެ. ދެލޯ ކަރުނުން ފުރާލީ ލިބުނު ދެރަ އާއި އެއްވަރަށް ރިޔާޒުގެ މައްޗަށް ހިތުގައި އޮތް ރުޅިވެރިކަން އެތައް ގުނައެއް އިތުރުވުމުންނެވެ. މިހުރިހާ ދުވަހު ރިޔާޒުގެ ހަޤީގަތްތައް އޭނައަށް ހާމަކޮށްދެމުންދިޔަ މީހަކީ ރިއްފަތެވެ. ވީއިރު ރިއްފަތަށް އެ ޙާލު ޖެހުނީ އޭނަގެ ސަބަބުން ކަމުގައި ޔުމާންއަށް ޤަބޫލުކުރެވުނެވެ.

"ހަމަ މިހާރު އޭނަ ދޫކޮށްލާ..." ޔުމާން ގޮސް ހިފީ ރިޔާޒު ލައިގެން ހުރި ގަމީހުގެ ގިރުވާނުގައެވެ. އެއަށްފަހު ރިއްފަތާއި ދިމާއަށް ކޮއްޕައިލަމުން ހަޅޭއްލަވައިގަތެވެ.

ގަމީސް ރީތިކޮށްލުމަށްފަހު ބޮލަށްއަރާ ކުކުޅެއްހެން ރިޔާޒު އައިސް ހިފީ ޔުމާންގެ ކޮލުގައެވެ. އެއަށްފަހު އޮބައިގަތީ ދަތްތައް ކޮލުތެރެއަށް ވަދެގެން ދާހައި ބާރަށެވެ.

"އެނގޭތަ އެއީ ކާކުކަން؟... އޭނ؟..." ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން ރިޔާޒު ހަޅޭއްލަވައިގަތެވެ.

"އެއީ ކަލޭގެ އެއްބަނޑު ބޭބެ... އެއީ އަހަރެންގެ އަންހެނުން ސަކީލާގެ ހުރި ވަފާތެރިކަމުގެ ހެއްކަކީ... އެއީ އެވަރުގެ މީހެއްކަމަށް ކަލޭ ހީކޮށްގެން ތިއުޅޭ މަންމަގެ ހަޤީގަތަކީ... ފެނޭތަ... އޭނ؟..." ރިއްފަތާއި ދިމާއަށް އިނގިލި ދިއްކޮށްގެން ހުރެ، ރިޔާޒު ހަޅޭއްލަވައިގަތެވެ.

"ހުއްޓާލާ... ހަމަ މިހާރު ހުއްޓާލާ..." ރިޔާޒުގެ އަތް ފޮޅުވައިލަމުން ޔުމާން ހަޅޭއްލަވައިގަތެވެ.

ދެކަންފަތްމަތީގައި އަތްއަޅައިގެން ހުރެ ޔުމާން ހަޅޭއްލަވަން ފެށިއެވެ. ވިސްނާވިސްނައި އެ ސިކުނޑި ވަނީސުމަކަށް ގޮސްފައެވެ. މޮޔަވާން ކައިރިވެފައެވެ. ޤަބޫލުކުރަންވީ ކާކު ދައްކާ ވާހަކައެއްކަމެއް، ވިސްނަންވީ ކިހިނެތްކަމެއް ނޭނގޭ ވަރަށް އޭނަގެ ޙާލަތު ވަނީ ގޯސްވެފައެވެ.

********

ފެނުނު އެންމެ ތަސްވީރަކުން އިވްޔާގެ މޫނުމަތީގެ ދިރުން ގެއްލުނެވެ. އަބަދު ހުއްނަނީ ފިކުރެއްގެ ތެރެއަށް ގޮސް ހުސްވެފައެވެ. ރައިން އާއިއެކު ބޭރަށް ދިޔުން މަދުވިއެވެ. ގިނަވަގުތު ހޭދަކުރަނީވެސް ކޮޓަރީގައެވެ. އެކަމާއި އެންމެން ސުވާލުކޮށް ހަދައެވެ. އެހެނަސް އިވްޔާގެ ޖަވާބު ކުރުވެފައި ސާދާއެވެ. އެއީ އެހެން މީހުންނަށް ހީވާގޮތްކަމަށް ބުނެ، އެވާހަކަ އޮއްބާލައެވެ.

ކައިވެނީގެ ދުވަސް އައިސް ޖެހުނުއިރު، ސަލްމާ ކޮންމެވެސް ވަރަކަށް އިވްޔާއަށާއި ސާދުނާއަށް ވާހަކަ ދައްކައި ހަދައެވެ. އިވްޔާވެސް މާބޮޑަށް ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ. އެއްޗެއް ބުނަނީ ސަލްމާ އިސްވެ އެއްޗެއް ބުނިއްޔާއެވެ. ކަންތައްވީގޮތުން އޭނަ މާބޮޑަށް ޖެހިލުންވަނީއެވެ. އެހެންވެ، ރައިންގެ ގެއަށް ގޮސް އުޅެނީވެސް ވަރަށް މަދުންނެވެ. ކޮންމެހެން ދާން މަޖުބޫރުވެއްޖެ ހާލަތެއްގައި ނޫނީ ނުދެއެވެ. ހަޤީގަތަކީ ރިޒްވީންގެ މޫނު ފެންނަންވެސް އިވްޔާ ބޭނުން ނުވާކަމެވެ.

އިވްޔާ ނެގިމަޑުވެފައި ހުންނާތީ، ރައިންއަށް އެނޫންކަމަކާއި ނުވިސްނެއެވެ. ވަކީން ޙާއްސަކޮށް ރައިން ކަންބޮޑުވީ ރިޒްވީން އިސްވެ ވާހަކަ ދެއްކުމުންވެސް އިވްޔާ އެތަނަކުން ދުރައްދާކަށް ފާހަގަކުރެވުމުންނެވެ. އެކަމާއި ގުޅުވައިގެން އިވްޔާ އާއި ސުވާލުކުރަން އުޅެފައިވެސް އޭނަ އެކަން މަޑުޖައްސައިލީ ކައިވެނީގެ ކުރިން އިވްޔާ ހިތްހަމަނުޖެހޭފަދަ ކަމެއް ވާން ބޭނުން ނުވާތީއެވެ. ރައިން ގަބޫލުކުރީ އިވްޔާ މާބޮޑަށް ހާސްވުމުން ވާގޮތެއް ކަމަށެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

33 ޚިޔާލު

  1. Sheen

    Ma 1st dhw

    • އޭޝް

      Yess dear first 😊❤

  2. Rishtha

    Nun aharen 1st, balabala share kuri gadi👀👀

    • އޭޝް

      So first share kohlee dear dho 😊❤

  3. ފާތުން

    ކުޑަކޮށް ހަޅޭއްލަވައިގަނެފައި ފަސް އެނބުރި ބަލައިލި ވަގުތު ފެނުނު ސޫރައަކުން ރައިންއަށް ތެޅިގަނެވުނެވެ. ދެން އެއްވެސް ދަންނަ މީހަކު ނުފެންނަނިސް މިހެން ތެޅިގަނޭތަ؟ ހަމައެއް ނުޖެހޭ..

    2
    6
    • އޭޝް

      In Sha Allaah kuriyah oiy thanuga thikahala kankan ragalhu kureveytho masakkaiy kuraanan. Thank u dear 🙂

    • Aanaa

      Balaga faathumaa e myhaa hurigothun ey thelhiganevuny

  4. Sheen

    Maasha Allah vvvvvv furihama. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Mi part in hithuga in v bidu nuthanavaskamakah halleh libijje. Yumaan aa ivy aa dheben noonkan. Ivy ah helo nuvedhiyaee rain ah nuvikan. Ae libunu v bidu hiyhama jehumeh. 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 Dhen hurihaa rahaehves mi part ga ebahui v furihama ah. Majaa. Rulhi. Romantic. Loabi. Sad. Mi hurihaa emotion thah include kollaafa hureema vaahaka v interesting ❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚💜💜💜💜💜💜💜💜💜💜💜💜💜 Waiting for the next part 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘

    4
    1
    • އޭޝް

      Thank u so much for the sweet words 😊❤ means a lot 😊

  5. 💜🌹💙

    Wow wow vvvv salhi ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • އޭޝް

      Thank u so much dear 😊❤

  6. Anonymous

    varah varah reethi. avahah aa bayeh genesdhe

    • އޭޝް

      Thank u so much dear 😊❤ In Sha Allaah Saturday ga

      1
      1
  7. Anonymous

    vaahaka varah reethi

    • އޭޝް

      Thank u so much dear 😊❤

  8. ފޭން

    އެހެންވީމަ ރައިން ކަންނޭގެ ދޯ އެދުވަހު އަތުގައި ލަފް ހުރީ އިވްޔާ އަށް އެހީ ނުވެ ދިޔައީ. އިވްޔާ ހީކުރަނީ އެއީ ރިޒްވި ކަމަށް. އޯހް އެހެންވީމަ އެދެ މީހުން ކައިވެނި ނުކުރެވޭނެ. ދެން އިވްޔާގެ ބޭބީގެ ބައްޕަ އަކީ ޔުމާން އަށް ވީ ކިހިނެއް. ޔުމާންތަ އިވްޔާ އާއެކީ ސެކްސް ކުރީ. އޯހް މައި ގުޑް ނެސް.

    • އޭޝް

      Hingaa dho balamaa vaagotheh ❤

  9. އައިމިނަ

    އަޅެ ފަހެ ފާތުމާ އެމީހާ ހުރިގޮތެއް ނުފެނޭތަ؟ އިވީ އަރުވަން ސައިކަލް ސްޓާޓް ކުރިތަނާ މީހަކު ކޮނޑުގައި ޖަހައިލީމަ އިވީކަމަށް ހީކޮށް ފަހަތް ބަލާލިއިރު ދުފާރަތްކޮށްގެން އަނގައިން ރަތްކުޅު ފައިބަފައިބާ ހުރި މުސްކުޅި އަންހެނަކު ފެނުނީމަ ސިއްސައިގެން ދޯ ދާނީ… ނަސީބެއްނު ހާރޓް އެޓޭކްއެއް ނުޖެނުކަން. ފާތުމަ ނަމަ ގަޔަށް ސީ ލެވިފައު ތޯއްޗެއް އޮންނާނީ.. 😂😂😂😂😂

    6
    1
  10. ލަމް

    މާޝާﷲ ވަރަށް ވެސް ފުރިހަމައެވެ. ކިޔާހިތުން ކިޔާލެވިއްޖެއެވެ. ޖުމުލަކޮށް ބުނާނަމަ ބުނަންޖެހޭނީ ވާހަކައިގެ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައެވެ. ވަރަށް ހިތްގައިމެވެ. އޭޝް ވަރެއް ހަމަ ނެތެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން ވަކިވެލަމެވެ. މިވަގުތަށެވެ ❤️❤️❤️❤️😍😍😍😍😍😍😍😍😘😘😘😘😘😘😘😘💙💙💙💙❤️❤️❤️❤️💜💜💜💜

    • އޭޝް

      Thank u so much dear 😊❤

  11. Blue heart

    Wowwww huvaa mibunee reethi vaahaka eh. Eysh ah huy hama hibain dheefin 💙💙💙💙💙💙💙💙💙💙💙💙💙💙😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍

    • އޭޝް

      Thank u so much dear 😊❤

  12. އިންތިޒާރު

    މާޝާﷲ ވަރަށް ހިތްގައިމު ރީތި މޮޅު ވާހަކައެއް. ކިޔާހިތުން ލޮލަށް ނިދި ނާދޭ. އަޕްވޭތޯ ބަލަބަލާ ހުރެވެނީ😘😘

    • އޭޝް

      Thank u so much dear 😊❤

  13. S

    Maa Sha Allah.varah reethi vaahakah.Eshy thanks vaahaka upload kureema.waiting for next part keep it up 😍😍🤗🤗🤩🤩

    • އޭޝް

      Thank u so much dear 😊❤ next part In Sha Allaah Saturday ga

  14. Saana

    Maa Sha Allah varah reethi vaahaka.waiting for next part.keep it up Eysh 😍💖💓 for you 🤗🤗

  15. Naju

    It’s Amazing dear 😘😘😘😘😘😘😘😘😘 I just love u n ur stories dear ❤❤❤❤❤ keep it up 😊😊😊😊 Masha Allah ur so talented 🌹🌹🌹🌹🌹🌹 I can image each n every scene in it 💙💞💙💞💙💞💙💞💙lysm dear 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  16. Mi storyga ulhey hua

    Ary

  17. Sheen

    Waiting dear
    ❤️❤️❤️

  18. Aniya

    Komme 10 dhuvahakun 1faharutha vaahaka update kurany faathun V baige handhaan nethey varu koffa dhoa

  19. ާކުއްޖާ

    ދެން އަޕްކުރަނީ ކޮންއިރަކުންތަ؟

    • އޭޝް

      މާދަމާ. އިންޝާﷲ