loading ...
loading ...
ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

0 comment

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓު، www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލާފައި މިވަނީ އެކޮމިޝަންގެ މެންބަރު އިސްމާއީލް ސޮފްވާނާއި ހަސަން ނަބާހު އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ތެރެއިން ސޮފްވާން އިސްތިއުފާދެއްވާފައިވަނީ އޮފީހަށް ނުނުކުންނަވައި، ގަވާއިދުން މުސާރަ ނަންގަވާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަމުންދަނިކޮށެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު