loading ...
loading ...
ތިނެއް ނޮވެމްބަރުގެ ހާއިނު ލުތުފީ ރާއްޖެ ގެނެސްފި

ތިނެއް ނޮވެމްބަރުގެ ހާއިނު ލުތުފީ ރާއްޖެ ގެނެސްފި

0 comment

ތިނެއް ނޮވެމްބަރު 1988ގެ ހާއިނު، ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ ރާއްޖެ ގެނެސްފިއެވެ.

މިރޭ ލުތުފީ ރާއްޖެ ގެނެސްފައިވަނީ އެމިރޭޓްސްގެ ފްލައިޓް އީކޭ653 ގައެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ މިރޭ 9:05 ގައެވެ.

ލުތުފީ އެއާޕޯޓުން މާލެ ގެންގޮސް، ފުލުހުންގެ މައި އިދާރާ ޝަހީދު އާދަމް ބިލްޑިންގއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ފުލުހުން ބުނީ މިރޭ ލުތުފީ މާލެ ގެނެސް، ފުލުހުންގެ ފަރާތުން ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު މިރޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ލުތުފީ ރާއްޖެ ގެނެވިފައިމިވަނީ ނުވަ އަހަރަށްފަހުއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 16 ޖެނުއަރީ 2010ގައި ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން، އޭނާ އުޅުނީ ސްރީލަންކާގައި ފިލައިގެންނެވެ.

ތިނެއް ނޮވެމްބަރު 1988 ގައި ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް އުދުވާނީ ހަމަލާދީ އެތައް ދިވެހިންނެއް ޝަހީދު ކޮށްލި ހާދިސާގެ ފަހަތުގައި ހުރި، ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ އަމާން ދިނުމަށްޓަކައި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލުތުފީ ދިޔައީ މިމަހުގެ އެއްވަނަ ދުވަހު ކަމަށް ބުނެފައިވެއެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ލުތުފީ އެމްބަސީއަށް ދިޔައީ ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އެއް ދުވަސް ކުރިންނެވެ.ފުލުހުން ބުނެފައިވާ ގޮތުގައި ލުތުފީ އެނބުރާ ރާއްޖެ ގެނައުމަށް ލަސްވެފައިވަނީ ލަންކާ ސަރުކާރުން ހޯދަންޖެހޭ ލިޔެކިޔުންތައް ލިބުމުގައި ލަސްވުމުންނެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު