loading ...
loading ...
ލުތުފީ ކަރެކްޝަންސްއާ ހަވާލުކޮށް، ފިލައިގެން އުޅުނު މައްސަލަ ތަހުގީގުކުރަން ފަށައިފި

ލުތުފީ ކަރެކްޝަންސްއާ ހަވާލުކޮށް، ފިލައިގެން އުޅުނު މައްސަލަ ތަހުގީގުކުރަން ފަށައިފި

0 comment

ތިނެއް ނޮވެމްބަރު 1988ގެ ހާއިނު، ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށް، އޭނާ ފިލައިގެން އުޅުނު މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މިރޭ ފުލުހުން ވަނީ ލުތުފީ ލަންކާއިން އަނބުރާ ރާއްޖެ ގެނެސްފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ ގެންގޮސް، ލުތުފީ ފުރަތަމަ ގެންގޮސްފައިވަނީ ފުލުހުންގެ މައި އިދާރާ ޝަހީދު އާދަމް ބިލްޑިންގއަށެވެ.

ފުލުހުން ބުނީ މިރޭ 11:03 ހާއިރު އަބްދުﷲ ލުތުފީ ކަރެކްކްޝަންސްއާ ހަވާލުކޮށްފައިވާ ކަމަށާއި އޭނާއަކީ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް 16 ޖެނުއަރީ 2010 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް އެނބުރި ނައިސް، ފިލާފައިވާ މީހެއްކަމުން އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ލުތުފީ މިރޭ އެ ސާވިސްއާ ފުލުހުން ހަވާލުކޮށްފައިވާ ކަމަށާއި މިރެއިން ފެށިގެން އޭނާގެ ހުކުމުގެ މުއްދަތު ގުނަމުންދާނެ ކަމަށެވެ.

ލުތުފީ ރާއްޖެ ގެނެވިފައިމިވަނީ ނުވަ އަހަރަށްފަހުއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 16 ޖެނުއަރީ 2010ގައި ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން، އޭނާ އުޅުނީ ސްރީލަންކާގައި ފިލައިގެންނެވެ.

ތިނެއް ނޮވެމްބަރު 1988 ގައި ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް އުދުވާނީ ހަމަލާދީ އެތައް ދިވެހިންނެއް ޝަހީދު ކޮށްލި ހާދިސާގެ ފަހަތުގައި ހުރި، ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ އަމާން ދިނުމަށްޓަކައި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލުތުފީ ދިޔައީ މިމަހުގެ އެއްވަނަ ދުވަހު ކަމަށް ބުނެފައިވެއެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ލުތުފީ އެމްބަސީއަށް ދިޔައީ ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އެއް ދުވަސް ކުރިންނެވެ.ފުލުހުން ބުނެފައިވާ ގޮތުގައި ލުތުފީ އެނބުރާ ރާއްޖެ ގެނައުމަށް ލަސްވެފައިވަނީ ލަންކާ ސަރުކާރުން ހޯދަންޖެހޭ ލިޔެކިޔުންތައް ލިބުމުގައި ލަސްވުމުންނެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު