loading ...
loading ...
އެތައް ހޯމް މިނިސްޓަރަކާއި ޕޮލިސް ކޮމިޝަނަރުންގެ ދައުރު ނިމިއްޖެ، ލުތުފީ ގެނެވުނީ އިމްރާނާއި ހަމީދަށް: ނަޝީދު

އެތައް ހޯމް މިނިސްޓަރަކާއި ޕޮލިސް ކޮމިޝަނަރުންގެ ދައުރު ނިމިއްޖެ، ލުތުފީ ގެނެވުނީ އިމްރާނާއި ހަމީދަށް: ނަޝީދު

3 comments

އެތައް ހޯމް މިނިސްޓަރަކާއި ޕޮލިސް ކޮމިޝަނަރުގެ ދައުރު ނިމުނު އިރު، އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނެވުނީ މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިމިވަނީ މިދިޔަ ސަރުކާރުން ލުތުފީ ގެންނަން މަސައްކަތްކޮށްފައިނުވާކަން ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު އިމްރާން ވާހަކަދައްކަވާފައިވަނިކޮށެވެ. އިމްރާންގެ އެ ވާހަކަތައް ކުރިން ކޮމިޝަނަރުކަން ކުރެއްވި ބޭފުޅުންނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވަނީ ދޮގުކުރައްވައިފައެވެ.

ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މަޖިލިސް ތަޅުމުގައި ހޯމް މިނިސްޓަރު އިތުރުފުޅު ހައްދަވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށާއި އެތައް ޕޮލިސް ކޮމިޝަނަރަކާއި ހޯމް މިނިސްޓަރުންގެ ދައުރު ނިމިދިޔަ އިރުވެސް ލުތުފީ ރާއްޖެ ގެނެވިފައި ނުވާ ކަމަށެވެ.

"މަޖިލިސް ތަޅުމުގައި ހޯމް މިނިސްޓަރު އިތުރުފުޅު ހައްދަވާނެ ކަމަށް ދެކިގެން ނުވާނެ. އެތައް ޕޮލިސް ކޮމިޝަނަރަކާއި ހޯމް މިނިސްޓަރުންގެ ދައުރު ނިމިދިޔަ އިރުވެސް ލުތުފީ ރާއްޖެ ގެނެވިފައެއް ނުވޭ. އެކަންވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރައީސް ކަމުގައި، އިމްރާންގެ ހޯމް މިނިސްޓަރު ކަމގައި، ހަމީދުގެ ސީޕީ ކަމުގައި." އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ލުތުފީ ރާއްޖެ ގެނެސް، މިރޭ ފުލުހުން ވަނީ އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައެވެ. އަދި ފުލުހުން ވަނީ އޭނާ ފިލައިގެން އުޅުނު މައްސަލަ ތަހުގީގުކުރަން ވެސް ފަށައިފައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

3 ޚިޔާލު

  1. .maithiri

    Mi heevanee meena noonee jadhalu kuran engey meehaku neiy hen adhives maithiri vaakah nuveytha abadhu kommes meehakaa jehiganegen mi ulhenee.

  2. ޑޮން

    thihen kiyaaeru ladukobaa kaakuge verikamehga eyna beyrah fonuvee

  3. އަލް ނޫރު

    ތިއޮތީ ވާ ކަމެއް ދެން ޢީދަށް ކަތިލަން ވީނު….