loading ...
loading ...
ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި، މީހަކު ނިޔާވެއްޖެ

ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި، މީހަކު ނިޔާވެއްޖެ

0 comment

ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި، މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު 5:25 ހާއިރު ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީ ބަގީޗާ ހިނގުމުގައި ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހަދަމުންދާ އިމާރާތެއްގެ މަތިން މީހެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި ނިޔާވެފައިވަނީ އެ ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރާ ބަންގުލަދޭޝް ފިރިހެނަކަށެވެ.

އެ ހާދިސާގައި އަނިޔާވެފައިވާ އުމުރުން 24 އަހަރުގެ ބަންގުލަދޭޝް މީހާ ފުލުހުން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލޭގައި އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި، ކުޑަކުއްޖަކު ވަނީ ނިޔާވެފައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު