loading ...
loading ...
ލުތުފީގެ މައްސަލައިގައި މަޖިލީހުގައި އިމްރާން ވާހަކަދެއްކެވީ ފުލުހުންގެ ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް: ފުލުހުން

ލުތުފީގެ މައްސަލައިގައި މަޖިލީހުގައި އިމްރާން ވާހަކަދެއްކެވީ ފުލުހުންގެ ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް: ފުލުހުން

0 comment

ހ. ހާޖަރާގެ، އަބްދުﷲ ލުތުފީގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވާފައިވަނީ ފުލުހުންގެ ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން ދައްކަވާފައިވާ ވާހަކަތަކާ ގުޅޭގޮތުން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިމްރާން ވާހަކަދައްކަވާފައިވަނީ ލުތުފީ ފިލައިގެން އުޅުނު އިރު އޭނާ ރާއްޖެ ގެނެވިފައި ނުވާ ސަބަބާއި ފުލުހުން އެކަމުގައި ކޮށްފައިވާ މަސައްކަތްތައް ފެންނަން ހުރި ރެކޯޑުތަކުގެ މައްޗަށް ކަމަށެވެ.

ފުލުހުން ބުނީ ލުތުފީގެ މައްސަލައިގެ ހުރިހާ ރެކޯޑުތަކެއްގެ މައުލޫމާތު އިމްރާނަށް ދީފައިވާނެ ކަމަށާއި އިމްރާންގެ ވާހަކަތަކަކީ ފުލުހުންގެ ރެކޯޑުތަކުގެ މައުލޫމާތާ އެއްގޮތަށް ދައްކަވާފައިވާ ވާހަކަތަކެއް ކަމަށެވެ.

ކުރީގެ ހޯމް މިނިސްޓަރުންނާއި ކުރީގެ ޕޮލިސް ކޮމިޝަނަރުން ލުތުފީ ރާއްޖެއަށް ގެނައުމަށް ކުރި މަސައްކަތްތަކުގެ ތަފްސީލު މިހާރުވެސް ފެންނާނެހެން ފުލުހުން އަތުގައި ރެކޯޑު ކުރެވިފައިވާ ކަމަށާއި އެ މައްސަލައިގައި ނިންމި ނިންމުންތައް އެ މަސައްކަތް ހިނގަމުންދިޔަ ޑިޕާޓްމަންޓްގައި ލޮގްކޮށް ރައްކާކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ލުތުފީ ރާއްޖެއިން ފިލި މައްސަލައިގެ އެކި ނިންމުންތައް ނިންމި އިރު ހާޒިރުވެ ތިބި ބައެއް އޮފިސަރުން އަދިވެސް ފުލުހުންގެ އިދާރާގައި މަސައްކަތް ކުރަމުންދާ ކަމަށާއި އެ މައްސަލައާ ގުޅޭ އިތުބާރު ހިފޭ މައުލޫމާތު މިހާރުވެސް ފުލުހުންގެ އަތުގައި ހުރި ކަމަށެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު