loading ...
loading ...
ވައިގޮޅިއަކުން ވެއްޓި، އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

ވައިގޮޅިއަކުން ވެއްޓި، އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

0 comment

މާލޭގެ ގެއެއްގެ ހަތަރުވަނަ ފަންގިފިލައިގެ ވައިގޮޅިން ވެއްޓި، އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.

އުމުރުން 76 އަހަރުގެ ދިވެހި އަންހެން މީހަކު ވައިގޮޅިން ވެއްޓި، ނިޔާވެފައިވަނީ އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:33 ހާއިރު ކަމަށާއި އެ ހާދިސާގައި އެމީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، ކަނާތު ފައި ފަލަމަސްގަނޑާ ހަމައިން ބިންދައިގެން ގޮސް ވާތު ފައިގެ ކުޑަހުޅު ވެސް ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު