
ރަލާއި އޫރު މަސް މަނާކުރަން ޖާބިރު ގަރާރެއް ހުށަހަޅައިފި
ރަލާއި އޫރު މަސް ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކުރާ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ޖާބިރުގެ ގަރާރުގައި ބުނެފައިވަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވީ ހިނދު، ރާއްޖޭގައި ހިންގާނީ އިސްލާމީ ދައުލަތެއް ކަމަށާއި ރާއްޖޭގައި ހަދާ ގާނޫނުތަކާއި ގަވާއިދުތައް ހަދަން ޖެހޭނީ ވެސް އިސްލާމްދީނާއި ހިލާފުނުވާގޮތުގެ މަތިން ކަމަށް ގާނޫނު އަސާސީގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އިސްލާމްދީނުގައި ހަރާމް އެއްވެސް ކަމެއް ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް ކުރުމަށް ހުއްދަ ދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ 40 އަހަރުގެ ތާރީހުގައި ވިޔަފާރީގެ ނަމުގައި ބަނގުރަލާއި އޫރުމަސް އެތެރެކޮށް ވިއްކުމަކީ އެއްވެސް ސަރުކާރަކަށް ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށްވާއިރު ބަނގުރަލާއި އޫރުމަސް އެތެރެކޮށް ވިއްކަން ދީފައިވާ ހުއްދަތައް ވަގުތުން ބާތިލުކޮށް، އިސްލާމް ދީނުގައި ހަރާމްކޮށްފައިވާ އެ ތަކެއްޗަކީ ރާއްޖޭގައި ވިއްކުން މަނާ ތަކެތީގެ ގޮތުގައި ކަނޑައެޅުމަށް އެ ގަރާރުގައި ޖާބިރު ވަނީ ގޮވާލައްވައިފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ އިސްލާމްދީނާ ހިލާފުވާ އެއްވެސް ވިޔަފާރިއެއް މި ސިނާއަތުގެ ތެރެއިން ހިންގުމުގެ ފުރުސަތު ނެތް، އަދި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހިންގޭ ސިނާއަތަކަށް ފަތުރުވެރިކަމުގެ ސިނާއަތު ބަދަލުވެ، މި ދައުލަތަކީ ސައްތައިން ސައްތަ މުސްލިމް ދައުލަތެއްގެ ރުކުންތައް ފުރިހަމަވެގެން ހިންގޭ ފުރިހަމަ އިސްލާމީ ދައުލަތަކަށް ހެދުން ކަމަށް އެ ގަރާރުން ހާސިލްކުރަން ބޭނުންވާ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އެކި ދުވަސްމަތިން

ގޯޅި ސްޕޯޓްސް' އަމިގޯސް މެޗު އެއްވަރު

މިއަދާއި މާދަމާވެސް ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ

ފެނާއި ނަރުދަމާގެ ޚިދުމަތް، މި ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމުގެ ޔަޤީންކަން ރައީސް ޔާމީން ދެއްވަފި

ސްޕްރީމް ކޯޓުން ރައްޔިތުންގެ ވޯޓް ބޮލާލާ ނުޖަހާނެ - ހަސަން ލަތީފް

އެމްއެމްއޭގެ ގަވަރުނަރަކަށް އަލީ ހާޝިމް އައްޔަންކުރުމާ މެދު އާންމުންގެ ހިޔާލު ހޯދަނީ

މުދާ ބަރުކޮށްގެން އައްޑޫ ސިޓީ އަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި ފެނިއްޖެ

-
އައްޑޫ ސިޓީއިން މޫދައްއެރި އުޅެނިކޮށް ގެއްލުނު ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެ
-
-
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި
-
ރައީސް ޞާލިހް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ތިން ބޭފުޅަކު ޢައްޔަން ކުރައްވައިފި
-
އުފަލެއް ނެތީހެ ދުނިޔެއިން...12
-
އުފަލެއް ނެތީހެ ދުނިޔެއިން...11
0 ޚިޔާލު