loading ...
loading ...
އެންމެ ފަހު ސަޖިދަ

އެންމެ ފަހު ސަޖިދަ

0 comment

އިޝާ ނަމާދުވާން ހުރީ 15 ވަރަކަށް މިނެޓަށް ވެފައެވެ. އަވަސް އަވަހަށް ވުޟޫކޮށްލައިގެން މަޣްރިބު ނަމާދު ކުރިއެވެ. ތަސްބީހަ ކިޔަމުން ދިޔައިރު މާމަ މަތިން ވަރަށް ހަނދާންވިއެވެއަދި ނަމާދު ކުރެވުނު ގޮތާމެދު ލަދުވެތިވިއެވެ. އޭނާގެ މާމަ ނަމާދު ކުރަނީމަޑުމައިތިރިކަމާއި އެކު ގައެވެ. އޭނާ ދުއާ ކުރަންފެށިއެވެ. އަދި ދުޢާ ކުރަމުން ސަޖިދައަށް ގޮސް އިރުކޮޅެއްގައި މަޑުކޮށްލިއެވެ. އޭނާ ވަނީ މުޅި ދުވަހު ބުރަކޮށް މަސައްކަތް ކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ވަރުބަލިވެފައެވެ.

ކުއްލިއަކަށް ހޭލެވުނީ މީހުންގެ ހަޅޭކާއި އަޑުގަދަ ވުމުންނެވެ. އޭރު މުޅި މީހާވަނީ ދާހިއްލާ ފޯވެފައެވެ. ވަށައިގެން ބަލައިލިއެވެ. މީހުންތައް ވަނީ ތޮއްޖެހިފައެވެ. ކޮންމެ ދިމާއަކަށްބަލައިލިކަމުގައި ވިއަސް ފެންނަނީ މީހުންނައިގެން ފުރިފައިވާތަނެވެ. މުޅި މީހާ ގަނޑުވެފައިވާ ހާލު ވަށައިގެން ބަލައިލިއިރު ފެންނަނީ އެކި މީހުން އެކިކޮޅުކޮޅަށް ދުވާތަނެވެ. އެއްބަޔަކު ވާތްފަރާތަށް އަނެއްބަޔަކުކަނާތްފަރާތަށް ދުވަމުންދެއެވެ. އަދި ކަކޫ މައްޗަށް ތިރިވެ ބޮލުގައި އަތްއަޅައިގެން ކޮންމެވެސް ކަމަކަށް އިންތިޒާރު ކުރާ މަންޒަރު ފެނިގެންދިޔައެވެ.

ހަޤީޤި ބިރުވެރިކަން ސިފަވެގެން ދިޔައި އޭނާއަށް ހުރެވުނު ތަން އެނގުމުންނެވެ. ހިތް ފަޅައިގެންދާން ކައިރިވީކަހަލައެވެ. އެއީ ހިސާބުބައްލަވާ ދުވަހެވެ. އެއީ ޤިޔާމަތް ދުވަހެވެ. ދުނިޔޭގައި އުޅުނު އިރު ވަރަށް ގިނައިން ހިސާބު ބައްލަވާ ދުވާހު ކުރާ ސުވާލުތަކާ ބެހޭގޮތުން އަޑުއިވިފައިވިއެވެ. އެހެން ނަމަވެސް އެއީ ވަރަށް ކުރީގައިހެން ހީވެއެވެ. މީ އެކަމަކަށް އޭނާގެ ދުނިޔޭގައި ހިޔާލަށް ސިފަވި ދުވަސް ފަދަ ދުވަހެއް ހެއްޔެވެ؟ ނޫނެކެވެ. މިއީ އެދުވަހު ހީވި ވަރަށް ވުރެ ބިރުވެރިކަން މާބޮޑު ދުވަހެކެވެ. ހިސާބު ބެއްލެވުމުގެ ކަންކަން ކުރިއަށް ދެއެވެ. އޭނާ ހިތް ބިރުގެންފައިވާ ހާލު މަޑުމަޑުން އެކަކު އަނެކަ ކައިރިން އޭނާގެ ނަން ގޮވައިފިތޯ ސުވާލު ކުރަމުން ދިޔައެވެ. އެއްވެސް މީހަކަށް އޭނާއަށް ޖަވާބެއް ނުދެވުނެވެ.

ހަމަ ކުއްލިއަކަށް އޭނާގެ ނަންގޮވައިފިއެވެ. ހަމަ އެވަގުތު މީސްތަކުން ދެބަޔަކަށް ބައިވެ، އޭނާ އަށް ދާނެ މަގު ފަހިވެގެން ދިޔައެވެ. ދެ މަލާއިކަތުން އޭނާގެ އަތުގަ ހިފާ ދަމާފައި ކުރިއަށް ގެންދިޔައެވެ. އެ މަލާއިކަތުން އޭނާ މެދުގައި ބަހައްޓާފައި ހިނގައްޖެއެވެ. އޭނާގެ ބޯ ތިރިކޮށް އަދި އޭނާ ދުނިޔޭގައި ކުރި ހުރިހާ ކަމެއް ފިލްމެއް ފަދައިން ކުރިމަތިން ސިފަވެގެން ދިޔައެވެ. އޭނާގެ ލޯ ހުޅުވާލިއެވެ. ނަމަވެސް އޭނާއަށް ފެންނަނީ  މުޅިން އެހެން ދުނިޔެ އެކެވެ. މީހުން އެހެން މީހުންނަށް އެހީތެރިވާ މަންޒަރެވެ. އޭނާގެ ބައްޕަ އެއް ދަރުސް އިން އަނެއް ދަރުސްއަށް ދާ މަންޒަރު ފެނުނެވެ. އަދި ދީނަށްޓަކައި މުދާ ހެދަ ކުރާ މަންޒަރެވެ. އޭނާގެ މަންމަ މީހުންނަށްދައުވަތުދީ ހެދިއެވެ. އެއް މޭޒު ތައްޔާރު ކުރެވިފައިވީއިރު އަނެއް މޭޒު އޮތީ ހުސްކޮށެވެ.

އޭނާ އަމިއްލަ ނަފްސަށް ބަލާލިއެވެއަހަރެންވެސް ހުރީ މަންމަމެންގެ މަގުގައި ސާބިތުވެފައެވެ. އަހަރެން އެހެންމީހުންނަށް އެހީތެރިވީމެވެ. ﷲގެ ބަސްފުޅު ފެތުރީމެވެ. އަހަރެންނަމާދު އަދާ ކުރިމެވެ. ރަމަޞާންމަހު ރޯދަ ހިފީމެވެ. ﷲ އެންގެވިހައި ކަމެއްކުރީމެވެ. ﷲ ނަހީ ކުރެއްވިހައި ކަމަކުން ދުރުހެލިވީމެވެ. އޭނާއަށް  ރޮވެންފެށިއެވެ. އޭނާ ﷲ ދެކެ ލޯބިވާ މިންވަރު ހިތައް އަރަމުންދިޔައެވެއެހެންނަމަވެސް އޭނާ ކުރި ހުރިހާ އަމަލެއް އެއީ ﷲ ހަޞްރަތުގައި މަދު އެއްޗެއްކަން އޭނައަށް ވިސްނެއެވެ. މުޅިމީހާވަނީ  ތުރުތުރު އަޅާ ދާހިއްލާފޯވެފައެވެ. އޭނާގެ ލޯވަނީ ތަންމިނަށް ހުޅުވިފައެވެ. ނަތީޖާ އަންނާގެގޮތާމެދު ބިރުގެންފައެވެ. އެންމެ ފަހުން މީސްތަކުންނާމެދު ނިޔާ ކަނޑައަޅުއްވާ ނިންމައިފިއެވެ. ދެ މަލާއިކަތަކު މީސްތަކުންނާ ދިމާލަށް އެނބުރިއްޖެއެވެ. ފައި ހީވަނީ ފުޑުފުޑުވެދާން އުޅޭހެންނެވެ. މަލާއިކަތުން ނަރަކައިގެ މީހުންގެ ލިސްޓު ގޮވަން ފެށުމާއެކު ލޯމަރާލެވުނެވެ.

އޭނާގެ ނަން ގޮވީ އެންމެ ފުރަތަމަ އަށެވެއޭނާ އޭނާގެ ކަކޫ މައްޗަށް ތިރިވެ މިހެން ވެގެން ނުވާނެ ކަމަށް ބުނަމުން ދިޔައެވެ. އަހަރެން ނަރަކައަށް ދާން ޖެހެނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ މުޅި ދިރިއުޅުން ވޭތުކުރީ އެހެން މީހުންނަށް އެހީތެރިވުމަށެވެ. ﷲގެބަސްފުޅު އަހަރެން ފެތުރީމެވެ. ލޯވަނީ ފެންކަޅިވެ މުޅި މީހާ ތުރުތުރު އަޅާ ދާހިއްލާ ފޯވެފައެވެ. ދެ މަލާއިކަތުން އޭނާގެ އަތުގަ ހިފާ ދަމައިގަތެވެމީސްތަކުންގެ ތެރެއިން ދަމަމުން އޭނާ ނަރަކައިގެ އަލިފާންގަނޑާ ދިމާލަށް ގެންދިޔައެވެ. މީސްތަކުންގެ ތެރެއިން އޭނާއަށް އެހީތެރިވާނެ މީހަކާމެދު ވިސްނަމުންދިޔައެވެ. ދުނިޔެ މަތީގައި ކުރި ހުރިހާ ހެޔޮކަންތަކުގެ ވާހަކަ ގޮވަމުން ދިޔައެވެ. އޭނާ އޭނާގެ ބައްޕައަށް އެހީތެރިވިކަމާއި، ނަމާދު އަދާކުރިކަމާއި، ރޯދަ ހިފިކަމާއި، ޤުރުއާން ކިޔެވުމާއި ހުރިހާ ކަމެއްގެ ވާހަކަ ކިޔަމުންދިޔައެވެ. އެހެންމީހަކު އެހީތެރިވާނެ ކަމުގެ އުއްމީދުގައެވެ. ނަރަކައިގެ މަލާއިކަތުން އޭރުވެސް އޭނާ ދަމަމުން ދިޔައެވެ.

އޭނަ ފަހަތަށް އެނބުރި ބަލައިލިއެވެ. އެއީ އޭނާގެ އެންމެ ފަހު ފަހަރެވެ. އޭނާ ގޮވަމުންދިޔައެވެ. އަހަރެންގެ ނަމާދެވެ. އަހަރެންގެ ނަމާދެވެ. ދެމަލާއިކަތުން މަޑެއް ނުކުރެއެވެނަރަކައިގެ ދޮރުމައްޗަށް އަހަރެން ގެނެސްފިއެވެ. ނަރަކައިގެ އަލިފާންގަނޑު އަހަރެންގެ މޫނު ފިއްސަމުން ދިޔައެވެ. އެންމެ ފަހު ފަހަރަށް އޭނަ ފަސް އެނބުރި ބަލައިލިއެވެ. އެހެން ނަމަވެސް އޭނަގެ އެއްވެސް ހެޔޮއަމަލެއްފެންނާކަށްނެތެވެ. އެތަނުން އެއް މަލާއިކަތަކު އޭނާގެ ގައިގައި އަޅާ ނަރަކައަށް ކޮއްޕާލިއެވެ. އޭނާ އަމިއްލަ ނަފްސަށް ނަރަކައިގެ ހޫނުގެތެރޭގައި ވެއްޓޭކަން އިހްސާސް ވަމުން ދިޔައެވެ. އެވަޤުތު މީހަކު އޭނާގެ އަތުގައި ހިފާ ދަމައިގަތެވެ. އޭނާ އިސްއުފުލާ ބަލައިލިއެވެ. އެއީ ތުނބުޅިދިގު ނުރަ ހުރި މުސްކުޅި މީހެކެވެ. އޭނާ އަމިއްލަ ގައި ފޮޅާލަމުން އެހިއެވެ. ތީ ކާކު ހެއްޔެވެ؟ އޭނާ ޖަވާބުދިނެވެ. އަހަންނަކީ ކަލޭގެ ނަމާދެވެ. ތިހާ ލަސްވީ ކީއްވެ ހެއްޔެވެ؟ އަހަރެން އަލިފާނުގެ ތެރެއަށް ނުވެއްޓުނީ ކިރިޔާއެވެ. ތިބާ އަހަރެން ތި ސަލާމަތް ކުރީ އެންމެ ފަހު ވަގުތުގައެވެ. އެ މުސްކުޅި މީހާ ހިނިތުންވެލާފައި ބުންޏެވެ. ތިބާ ދުނިޔޭގައި އަހަރެން (އެބަހީ: ނަމާދު) އަދާ ކުރަނީ އެންމެ ފަހު ވަގުތުގައިނޫން ހެއްޔެވެ؟ ތިބާ ހަނދާން ނެތުނީ ހެއްޔެވެ؟

ހޭވެރިކަންވީ އިޝާނަމާދުގެ ބަންގީގެ އަޑަށެވެ. އެވަގުތު އޭނާ ސަޖިދައިން އިސް އުފުލާލިއެވެ. މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. އަވަސް އަވަހަށް ވުޞޫކޮށް ނަމާދު ގެ ކުރީކޮޅުގައި އޭނާ ނަމާދު ކުރިއެވެ. އަދި މުސްތަޤްބަލުގައި ނަމާދު ވަޤުތުގެ ކުރީކޮޅުގައިއަދާކުރުމަށް ޢަޒުމްކަނޑައެޅިއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ ނަމާދަކީ މުސްލިމުންނާއި މުޝްރިކުންނާއި ދެމެދުވާ އިންފާރެވެ. ނަމާދުތަކަށް ރައްކާތެރި ވުމުގައި ފަރުވާ ބަހައްޓާާށެވެ! އެހެނީ ހަމަކަށަވަރުން ނަމާދު ޤިޔާމަތްދުވަހުން އަހަރެމެންގެ މައްޗަށް ހުއްޖަތެއްކަމުގައިވާނެއެވެބުރުހާނެއްކަމުގައި ވާނެއެވެ. ނޫރެއްކަމުގައި ވާނެއެވެ. ރަސޫލާ صلي الله عليه وسلمޙަދީޘްފުޅުކުރައްވާފައިވެއެވެ. (مَنْ حَافَظَ عَلَيْهَا كَانَتْ لَهُ نُورًاوَبُرْهَانًا ، وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ يَكُنْ لَهُ نُورٌ وَلا بُرْهَانٌ ، وَكَانَ مَعَ فِرْعَوْنَ وَهَامَانَ وَأُبَيِّ بْنِ خَلَفٍ) [رَوَاهُالإِمَامُأَحْمَدُމާނައީ:”ނަމާދުތަކަށް ރައްކާތެރިވާ މީހާއަށް ނޫރެއްވާނެއެވެއަދި ބުރުހާނެއްވާނެއެވެ. އަދި ނަމާދުތަކަށް ރައްކާތެރިނުވާ މީހަކަށް ނޫެރެއްނުވެއެވެ. އަދި ބުރުހާނެއްވެސް ނުވެއެވެ. އަދި އެފަދަ މީހަކު ވާހުށީ ފިރްޢައުނާއި، ހާމާނާއި، އުބައްޔު ބިން ޚަލަފާއި އެކުގައެވެ.” ﷲ ތަޢާލާ އަޅަމެންނީ ނަމާދުތަކަށް ރައްކާތެރިވާ ބައެއްކަމުގައި ލައްވާށިއެވެ! އާމީން!

 

ނޯޓް: މިއީ ސޯޝަލް މީޑިއާއެއްގައި އުޚްތަކު ޙިއްސާކޮށްފައިވާ ހަޤީޤީ ވާހަކައެކެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު