loading ...
loading ...
ވަޢުދު ވީމޭ...5

ވަޢުދު ވީމޭ...5

16 comments

އަރޫން ކޮޓަރިއަށް އައީ ޒޭބާ އޭނާ ނިދަންލާ ދޫ ހެދުމާއިއެކު ބުރުގާއެއް އަޅައިގެން ފާހާނާއިން ނުކުތްތަނާއެވެ. އަރޫން ފާޚާނާއަށް ވަދެފައި ނުކުތްއިރު، ޒޭބާ ހުރީ އެނދުގެ މެދުން  ބާލީސް ޖައްސައި ދެބަޔަށް ބައިކޮށްފައެވެ. އެނދުގެ ކަނާއަތް ފަރާތުގައި އޮށޯވެލައިގެން ޒޭބާ އޮތެވެ. ދެލޯ މަރާލައިގެންނެވެ. ހުއްޓުން އަރާފައި އަރޫން އިރުކޮޅަކު ހުއްޓެވެ.

********

އަރޫން ގޮސް ޒޭބާ އޮތް ފަރާތް ނޫން އަނެއް ފަރާތުގައި އޮތް ބާލީސް ނެގިއެވެ. މުށިތަކުގެ މަތީގައި ބާލީސް ބާއްވާފައި އޮށޯވެލިއެވެ. އެއް އަތް ނިތްމަތީގައި ބާއްވާލަމުން އަރޫން ދެލޯ މަރާލިއިރު، ވިސްނަމުންދިޔައީ އަމިއްލަ ބަދުނަޞީބު ކަމާއި މެދުގައެވެ. އުފާވެރި ޙަޔާތަކަށްޓަކައި ދެކުނު ހުވަފެންތަކުގައި ކުލަޖެހުމެއް ނެތެވެ. އެކަނިވެރިކަމުން މުޅި މީހާ ހީވަނީ ވަށާލާފައި ވާހެންނެވެ. އަނތްބެއްގެ އޯގާތެރި ފިރުމުންތައް އޭނަވެސް ބޭނުންވާން ފެށިއެވެ. އެފަދަ އިޚްސާސްތައް ތަޖުރިބާކޮށްލަން ބޭނުންވިއެވެ. އެކަމަކު އުމުރު ދުވަހުވެސް އެފަދަ ނަޞީބެއް ލިބިދާނޭ ކަމަށް އަރޫންއަކަށް ޤަބޫލެއް ނުކުރެވުނެވެ. ފިކުރުތަކާއި ދުރުވެ ނިދޭތޯ އަރޫން މަސައްކަތް ކުރިއެވެ. އެހެނަސް މުށިތަކުގެ މަތީގައި އޮތުމުން މާބޮޑަށް ފިނިވާން ފެށިއެވެ. ދެފަރާތަށް ފުރޮޅިފުރޮޅި އަރޫން އޮތެވެ. ދެއަތް ދެއަތާއި ކާއްތައި ހެދިއެވެ.

ޒޭބާ ތެދުވެ ބަލައިލިއެވެ. މުށިތަކުގެ މަތީގައި އޮތް އަރޫން ފެނި، ޒޭބާގެ ހަށިގަނޑުގައި ޒާތެއްގެ އޮއިވަރެއް ދަތުރުކޮށްލިއެވެ. އަނގަމަތީގައި އަތްއެޅި ގޮތަށް ޒޭބާ އިރުކޮޅަކު އިނެވެ. ހިތަށް ކެތް ނުވުމުން ޒޭބާ ތެދުވިއެވެ. އަލަމާރި ހުޅުވާލާފައި ބޯ ރަޖާގަނޑަކާއި، ކުނަލެއް ނެގިއެވެ. އެ ހިފައިގެން އިރުކޮޅަކު ހުއްޓެވެ.

ޒޭބާ އަރޫންގެ ކައިރީގައި އިށީނެވެ. ދެކަކޫ މުށިތަކުގެ މަތީގައި ޖައްސައި، ފުންނާބުގެ މަތީގައެވެ. އެއީ އަރޫންގެ ސޫރަ އޭނައަށް އެންމެ ކައިރިން ފެނުނު ވަގުތެވެ. އޮމާން މޫނެކެވެ. ތުނިތުނިކޮށް ފަޅާފައިވާ ތުނބުޅިން ފިރެހެންވަންތަކަން އިތުރުވެފައި ވިއެވެ. އެސްފިޔަތައް ދިގުވެފައި ވަރުގަދައެވެ. ކަޅުކަންގަދަ ބުމައެވެ. ދެލޯ މަރާލައިގެން އޮތްގޮތުން ޒޭބާގެ މެޔަށް ފިނިވެލިއެވެ. ތުރުތުރު އަޅަމުންދިޔަ އަރޫންގެ ތުންފަތަށް ޒޭބާގެ ނަޒަރު ހުއްޓުނެވެ. އެހަށިގަނޑުގައި ހުރި ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ފައިން ފެށިގެން ބޮލާއި ހަމައަށް ދަތުރުކޮށްލި އޮއެވަރާއިއެކު ޒޭބާ ހިނިތުންވެލައިފިއެވެ. އިޚްތިޔާރުން ބޭރުގައެވެ.

އަރޫން ފުރޮޅިލިއެވެ. ޒޭބާ އާއި ވީ ފަރާތަށެވެ. އަރޫންގެ އަތް ގޮސްޖެހުނީ ޒޭބާގެ ފައިގައެވެ. ތެޅިގަނެފައި ޒޭބާ ދުރަށް ޖެހިލިއެވެ. އޭރު ހައިރާންވެފައި ޒޭބާއަށް ބަލަން އަރޫން އޮތެވެ.

"ޒޭބާ..." އަރޫންގެ ހައިރާންކަން އިތުރުވީ ޒޭބާ ދެލޯ ބޮޑުކޮށްގެން ބަލަން އިންގޮތުންނެވެ.

"މި މި..." ޒޭބާ ރަކިވިއެވެ. މުޅި މޫނު، އިސާހިތަކު ރަތްވެގެން ދިޔައެވެ.

"ތޭންކްސް..." ރަޖާގަނޑު ފެނުމާއިއެކު އަރޫން ހިނިތުންވެލިއެވެ.

ޒޭބާ އަވަސްއަވަހަށް ތެދުވެގެން ގޮސް އެނދުގައި އޮށޯތެވެ. ލަދުންގޮސް އޭނަ މޮޔަނުވީ ކިރިޔާއެވެ. އަމިއްލަ ނަފުޞަށް އަޑުލަމުން ޒޭބާ ދެލޯ މަރާލިއެވެ. އަރޫންގެ ތުންފަތްމަތީގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. އެހިތަށް ސިފަވަމުން ދިޔައީ ޒޭބާ އިންގޮތެވެ. ދެލޯ ބޮޑުކޮށްލައިގެން އިންގޮތުން ވަރަށްވެސް މަޢުޞޫމެވެ. އަރޫންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ޒޭބާ އޭނަ އާއި ދޭތެރޭގައި ވިސްނާވަރު އެނގުމުން އެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ.

ލޮލަށް ނިދި ނައިސްފައި ޒޭބާ އެތައް އިރަކު އޮތެވެ. ކަންތައްވީގޮތުން އަރޫންގެ ކުރިމައްޗަށްވެސް އަރަން ނުކުރޭނެއޭ ހިތަށް އެރިއެވެ. އެންމެފަހުން އެކަމުގައި އޭނައަށް ކުށްވެރިކުރެވުނީ އަރޫންއެވެ. އޭނަގެ އެނދުން ޖާގައެއް ހުސްކޮށްދީފައި ވަނިކޮށް މުށިތަކުގެ މަތީގައި އޮންނަންވީ ކީއްކުރަން ހެއްޔެވެ؟ ހިތުގެ އަޑިން އަރޫންއަށް އެއްޗެހި ކިޔަން ޒޭބާ އޮތެވެ. ފޮނި މީހެއް ކަމަށް ބުނެ އަމިއްލަ ނަފުސާއި އެތައް އިރަކު ވާހަކަ ދެއްކިއެވެ. ދެއަތް މުށްކަވާފައި އަރޫންގެ ގައިގައި ހިފައި ތަޅުވައިގަންނަންވެސް ޒޭބާގެ ހިތަށް އެރިއެވެ.

ޖެހިގެން އައި ދުވަހެވެ. ގެއަށް އައިސް ވަނީ މާއިރާއެވެ. މާއިރާ އަކީ އަވައްޓެރި ވަހީދާގެ ދަރިފުޅެވެ. ހުރީ ހުސްކޮންނެވެ. ފަތްމިންޏެކޭ މާއިރާއެކޭ ތަފާތެއް ނެތެވެ. ހަންގަނޑުގެ ކުލަ އަލިކަމުން، ރަށުގެ މީހުން މާއިރާއަށް މުޙާތަބުކުރަނީވެސް ފަތްމިނީގެ ނަމުންނެވެ. މާއިރާ އައީއްސުރެ، އަރޫންއަށް ބެލުން ނޫން ކަމެއް ނުކުރެއެވެ. ޒޭބާގެ ކައިރީގައިވެސް އަރޫންގެ އެތައް ވާހަކައެއް އޭނަ އެހިއެވެ. އުމުރާއި، ވަޒީފާ އަދާކުރާ ތަނުގެ މަޢުލޫމާތު ހޯދިއެވެ.

"މާއިރާ ކީއްކުރަންތަ ތިއުޅެނީ... ހީވަނީ ރިޕޯޓެއް ލިޔަން އިންޓަވިޔުއެއް ނަގަން އައިސް އިންހެން..." ހިތްހަމަނުޖެހިފައި ޒޭބާއަށް ބުނެވުނެވެ.

މާއިރާ އަރޫންއަށް ބަލާތީ ޒޭބާ އިނީ ރުޅިގަދަ ވެފައެވެ. ވާހަކަ ދައްކަންވެސް ބޭނުން ނުވެފައެވެ. އަނގަޔަށް ގޮތެއް ހަދާލާފައި މާއިރާ އެތަނުން ދިޔައެވެ. ޒޭބާ ހީކުރީ މާއިރާ ދަނީ ގެއަށް ކަމަށެވެ. ބޮލަށް ލުޔެއް ލިބުނުހެން ހީވިއެވެ. އެކަމަކު އެހެނެއް ނުވިއެވެ. ޒޭބާގެ ބޮލުގައި އިތުރަށް ރިއްސައިލިއެވެ. މާއިރާ ދިޔައީ އަރޫންގެ ކައިރިއަށެވެ. ގޮސް ވާހަކަތަކެއް ދައްކަން ފެށިއެވެ. އަރޫންވެސް ހީހީފައި މާއިރާ އާއި ވާހަކަ ދައްކަމުން ދިޔައެވެ. އެހެން ހުރެފައި މާއިރާ ކޮންމެވެސް އެއްޗެއް ބުނުމުން ޒޭބާ އާއި ދިމާއަށް އަރޫން ބަލައިލިއެވެ. ޒޭބާގެ މެޔަށް ފިނިވެގެން ދިޔައެވެ. ރޯނުގައި ހުރި އެއްޗެހިތައް ނަގާކަމަށް އޭނަ ހެދުނެވެ. ތެތްކޮށް ހުރި އެއްޗެހިތައް ނަގަން ހުއްޓައި، ޒާހިދާ އައެވެ.

"ދަރިފުޅާ... ކީއްތަ ތިކުރަނީ... މަންމަ ދެންމެ ހިއްކަން އެޅި އެއްޗެއްސޭ ތީ..." ޒޭބާގެ އަތުން އެއްޗެހިތައް އަތުލަމުން ޒާހިދާ ބުންޏެވެ.

ޒޭބާ އަވަސްއަވަހަށް ގޮސް ގޭތެރެއަށް ވަނީއެވެ. އޭރު ސުވާލުތަކުން ހިތްވަނީ ފުރިފައެވެ. އަރޫން އޭނައަށް ބެލީ ކީއްވެ ހެއްޔެވެ؟ މާއިރާ ބުނީ ކީކޭ ހެއްޔެވެ؟ އަނެއްކާ އަރޫން އާއި މާއިރާ އޭނައަށް ލަނޑެއް ދޭން ރޭވީ ހެއްޔެވެ؟

ސުވާލުތަކުން ސިކުނޑި ސުމަކަށް ގޮސްފައި ޒޭބާ އޮތެވެ. އެހެން އޮވެވުނީ އިރުކޮޅަކުއެވެ. ގޭތެރޭގައި އަޑުގަދަވެގެން ބޭރަށް ނުނުކުމެއެއް ނުވިއެވެ. ޒޭބާ ނުކުތްއިރު، އަވައްޓެރިންގެ ދެތިން މީހަކު އައިސް އުޅުނެވެ. އަރޫން އާއި މާއިރާވެސް އެތަނުގައި ތިއްބެވެ.

ގޭތެރޭގައި ދެކެވުނީ ދަތުރެއް ދާންއުޅޭ ވާހަކައެވެ. ޖެހިގެން އޮތް ފަޅު ރަށަށެވެ. ރޭގަނޑު މަޑުކުރަން ބޭނުންނަމަ، އެރަށުގައި ގެއެއްވެސް ހުރެއެވެ. ދާން ހަމަޖެހުނީ އެއްދުވަހު އެކޮޅުގައި މަޑުކޮށްފައި އަންނަ ގޮތަށެވެ. ޒޭބާ ހުރީ ފޫހިވެފައެވެ. ދަތުރުދާން ބޭނުން ނުވެފައެވެ. ދެއްކޭނޭ ބަހަނާއެއްވެސް ހޯދިއެވެ. އެކަމަކު އެންމެންދާތީ ނުގޮހެއް ނުވިއެވެ.

މާސިންގާ ބޮޑު ކަނޑުގެ ލޮނުގަނޑު ކަފަމުން ޑިންގީ ފަޅު ރަށާއި ދިމާއަށް ދަތުރު ފެށިއެވެ. ދަތުރު ކުރަމުންދިޔައީ ތިން ޑިންގީ އެއްގައެވެ. މީހުން ގިނަކަމުން ދެބުރު އަޅަން ޖެހުނެވެ. ޒޭބާ ދާން ބޭނުންވީ ދެވަނަ ބުރުއެވެ. އަރޫން ވެސް މަޑުކުރީ ޒޭބާ އާއި އެކުގައި ދާށެވެ. ޑިންގީއަށް އަރަންދިޔަ ޒޭބާގެ އިންތިޒާރުގައި އަރޫން ހުއްޓެވެ. އަތް ދިއްކޮށްލައިގެންނެވެ. އެކަމަކު އެއަތުގައި ހިފާކަށް ޒޭބާ ބޭނުމެއް ނުވިއެވެ. އޭނަ އެރީ އެންމެ ދޮށީ ބޭބެ މުންތާޒުގެ އަތުގައި ހިފާލައިގެންނެވެ.

ފުރުޞަތުގެ ބޭނުން ހިފީ މާއިރާއެވެ. އަރޫންގެ އަތުގައި ހިފައި ޑިންގީއަށް އެރިއެވެ. އެވަރުން ނިމުނީކީ ނޫނެވެ. އަރޫންގެ ގައިގައި ތަތްވެގަތްގޮތުން ޒޭބާއަށް ދެލޯ ހަނިކޮށްލެވުނެވެ. ދަތްތަކަށް ބާރުކޮށްލައިގެން ޒޭބާ އިނެވެ. އެ ގައިގޯޅިކަމުން އެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ.

ޑިންގީއަށް އެރީއްސުރެ، މާއިރާ އަރޫންގެ ކައިރިން ދުރަކަށް ނުދެއެވެ. އައްޓަމަހެއްހެން އަރޫންގެ ގައިގައި ތަތްކޮށްލައިގެން އިނެވެ. ރާޅެއް ޖަހައިލާ ކޮންމެ ފަހަރަކު ތުއި ގޮތަކަށް ހަޅޭއްލަވައިގަނެފައި، އަރޫންގެ އަތުގައި ހިފައިގަނެއެވެ. ހިތުގެ އަޑިން އެއްޗެހިކިޔަމުން ދިޔަ ޒޭބާ، އަރޫން ދެކެވެސް ރުޅިއައެވެ. ކަނޑުމަތީގައި ހޭދަވެގެންދިޔަ ދިހަ މިނެޓް އޭނައަށް ޤަރުނަކަށް ވުރެވެސް ދިގުވިހެން ހީވިއެވެ. ފަޅުރަށަށް ލެފުމާއިއެކު އަރޫން މޫދަށް ފުންމައިލިއެވެ. ޒޭބާއަށްވުރެ ކުރީން އަރޫން އާއި ދިމާއަށް ދިޔައީ މާއިރާއެވެ. ތެދުވެގެން ހުރި ޒޭބާ އިށީންއިރު، ރުޅި އައިސްގެން އެތެރެހަށި ކެކެމުން ދިޔައެވެ. އިރުގެ ރަން ދޯދިތައް އެމޫނަށް އެޅިފައިވާތީ އެ ދޮން މޫނަށް ވަނީ ރަތްކަމެއް ވެރިވެފައެވެ. ކޮންމެވެސް ވަރަކަށް ނިތްކުރިންވެސް ދާހިއްލާލައިފައެވެ. މާއިރާ އަތްދަނޑި މައްޗަށް ލައިގެން ގެންގޮސް ފަސްގަނޑުގައި ބަހައްޓާލަންދެން ބަލަން ޒޭބާ އިނެވެ. ރުޅި އައިސް ރަތްވެފައެވެ. އަރޫން އައުމުގެ ކުރީން ޒޭބާ އުޅުނީ މޫދަށް ފައިބާށެވެ. މުންތާޒު ގޮވާލި ނަމަވެސް އެއަޑު އިވުނު ކަމަކަށް ޒޭބާ ނުހެދިއެވެ.

"ޒޭބާ ވެއިޓް..." އަރޫންއަށް ޒޭބާ ފެނުމުން ހުއްޓުވަން އުޅުނެވެ. އޭނަ ބާރު ހިނގުމެއްގައި އައިސް ޑިންގީގައި އަތް ޖައްސައިލިއެވެ.

"ތި ބޭނުންވާ މީހަކު ބޭލިއްޖެ އެއްނު... މަ ފައިބަފާނަން އެކަނި..." ޒޭބާ އޭނާ ލައިގެން ހުރި އަބާޔާ ހެދުން ކުޑަކޮށް މައްޗައް ހިއްލައިލިއެވެ. މޫދަށް ފުންމައިލަން އޭނަ ތައްޔާރުވިއެވެ.

"ތެމޭނެ..." އަރޫންގެ ޖުމްލަ ފުރިހަމަވިއިރު، ޒޭބާ ފުންމާލައިފިއެވެ.

ހައިރާންވެފައި އަރޫންއަށް ބަލަން ހުރެވުނެވެ. ޒޭބާ ގޮސް އެއްގަމަށް އަރައި ލައިގެން ހުރި ހެދުން ފޮޅަން ފެށިއެވެ. ތެމުނީމައިވެސް އެކަމުގެ ރުޅި އޭނަ އައީ އަރޫން ދެކެވެ. އެ އިލްޒާމްވެސް އޭނަ އެޅުވީ އަރޫންގެ ބޮލުގައެވެ.

"ކިހިނެތްވެފަ އެހުރީ؟... ކަމަކާ ރުޅިއައިސްފަތަ؟..." ކުކުޅު އަޅާފައިވާ އައިސް ފޮށިގަނޑު އަރޫންގެ އަތަށް ލައިދެމުން މުންތާޒު އެހިއެވެ.

"ނޭނގެ... ދަތުރު އަންނަންޖެހުނީމަ ކަންނޭނގެ...." އަރޫންގެ މޫނުމަތިން ކަންބޮޑުވުމުގެ އަޞަރު ފެނުނެވެ.

"ނޫނޭ... އެކަހަލަ ކަމަކާ ރުޅިއެއް ނާންނާނެ... އަޅާނުލާ... ޖޭވީކަމަށް ވާނީ..." މުންތާޒު ޖަހައިލީ ހިނިގަނޑެކެވެ. "މަ ބަލައިލާނަން ވީގޮތެއް..." އަރޫންގެ މޫނަށް ބަލައިލަމުން މުންތާޒު ބުންޏެވެ. ދަތުރުގެ ފޯރި ގެއްލެން އޭނަ ބޭނުން ނުވީއެވެ.

ޒޭބާ މަޑުމަޑުން ހިނގާލާފައި ގޮސް ޒާހިދާގެ ކައިރީގައި އިށީނެވެ. ޒާހިދާގެ ކޮނޑުގައި ބޯ ޖައްސާލައިގެން އޭނަ އިނީ ފޯނާއި ކުޅޭށެވެ.

"ދަރިފުޅު މާ ވަރުބަލީތަ؟... ދާންވީނު ކޮޓަރީގަ އޮވެލަން..." ޒޭބާގެ ކޮނޑުގައި ފިރުމާލަމުން ޒާހިދާ ބުންޏެވެ.

"ދަރިފުޅާ އަރޫން އާދެބަލަ... ދޭބަލަ ޒޭބާ ގޮވައިގެން އިހަށް ކޮޓަރިއަށް... އެމަންޖެ ބޮލަށް އެނބުރުން އަރާތީ އެއުޅެނީ..." މުނާގެ ޖުމްލަ އަޑު އިވިފައި ކުކުޅު ފޮށިގަނޑު ހިފައިގެން ދިޔަ އަރޫން ޒޭބާއަށް ބަލައިލިއެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

16 ޚިޔާލު

  1. Sheen

    Mivarunves 1st nulibeynetha? 💔💔💔

    4
    2
  2. jiji

    First baa😁😁😁..hehe ..anyways mi bai vec hama v rythi ingey..Kury part akah comment eh nukohleve dhw..Assu eid there v ma kulhivaruthah ohnaathy Bxy v..Ekm kiyaalin e bai..V salhi ebai vec..Nd I like zeyba e ulhey goiy..Aroon n zeyba😘😘😘..V gulhey couple eh..Nd I wanna ask u kon dhuvas thakehga hey mi story up vaany..Cuz Kohme dhuvahakuvec beley story upvefa inthw..Ekm Dhuvas thah bunela dhiniyyaa v faseyha vrne ingey sis😊😊😊..Um,curiously waiting for da next ingey..lysm❤❤❤💝💝💝

  3. Sheen

    Every Saturday and Tuesday ga eysh ge vaahaka up vanee. Eysh ah kameh dhimaa nuvanyaa hama v time ah up kurey. Mi eid ga ves eysh noonee neiykwnneynge baraabarah story uo juri writer eh. Eysh is the best. 😍😍😍😘😘😘😘😘♥️♥️♥️♥️♥️♥️♥️

  4. Sheen

    Wiw wow wowwww wowwww hama vvvvv salhi ingey. Perfect ey buneveynee.. Hurihaa emotions thakehves ebahuri mi part ga. 💙❤️💚💔💙❤️💚💔💙❤️💔💙❤️💚💔💙❤️💔💙❤️💚💔💙💔💔💙❤️💚💔♥️💚❤️💙💚❤️💙💚 Sufakohdhinunves furihama kamun hama heevanee screen in film eh balaaleveyhrn. Asluves OBINESS TO THE MAXXXX 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 Zeyb and aroon officially loabivaakamah ehbasve maira mi picture in gelluvaalan beynumee 💕💜💕💜💜💕💜💜💕💜💕💜💕💙💜💕💙💕💜💕💜💕💜💕💜💜💕💕💜💜💕💜💕💕💜💕💜💕💜💕💜💕💕💜💕💕 Waiting waiting waiting kiyaahithun keiy madhuvefa. Angaara dhuvahah count down jassaafa. U r amazing writer my dear. Lysm 🌹🌸🌹🌸🌹🌸🌹🌸🌹🌸🌹🌸🌹🌸🌹🌸🌹🌸🌹🌸🌹🌸🌹🌸🌹🌸🌹🌸😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  5. ލަމް

    މާޝާﷲ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ހާދަ ފުރިހަމައެވެ. ވަރަށް ހިތްގައިމެވެ. އޭޝްގެ ހުނަރުވެރިކަމުން އަޖައިބު ވާހާވެއެވެ. ސިފަކޮށްދީފައި ހުންނަލެއް ފުރިހަމަކަމުންނެވެ ޖުމުލަތައް ފަށުވިކަމުންނެވެ. ޢިބާރާތްތައް ސާދާ ކަމުންނެވެ. މިހެން ގޮސް ކިތަންމެ ކިތަންމެ ކަމެކެވެ. ތިޔައީ ހަމަ އެންމެ ލޯބިވާ ރައިޓާރއެވެ. އެންމެ ސަޅި މީހާ އެވެ.

  6. Story

    Vvvv reethi. Waiting for the next part ♥

  7. 💙🌹💜

    Maasha Allah ♥ 😍 😍 ♥ vvvv furihama. Vvv reethi mi baives.

  8. Saana

    Story varah reethi waiting for next part 👌👌

  9. Aimina

    Wow haadha salhi ey eysh liyaa hurihaa vaahakathakehves. Mi vaahaka ves vvvv furihama. Eysh vareh hama neiy thee hama emme best. 😍 ♥

  10. Waiting

    Vvvv salhi ingey.. Waiting for the next part ♥

  11. ބެސްޓީ

    އަޅޭ ވަރަށް ވަރަށް ރީތި މި ބައިވެސް ❤️❤️😘😘😍😍 ސިފަކޮށްދިނުން ހާދަ ފުރިހަމައެވެ. 😍 😍 😍. ޖުމުލަކޮށް ބުނާނަމަ ބުނަންޖެހޭނީ ވާހަކައިގެ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައެވެ. ވަރަށް ހިތްގައިމެވެ. އޭޝް ވަރެއް ނެތެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމެވެ. ♥️♥️♥️💙💙💙💙💜💜💜💜💚💚💚💚😍😍😘😘🌹🌹🌹🌹💚💕💕💕

  12. Blue

    Maasha Allah ♥ vvvv furihama reethi vaahaka eh.

  13. Black cat

    Maasha Allah ♥ vvv furihamavefa v hunaruveri kamaaeku hurihaa kamrhves ehaa molhah himanaalaafa in baeh. Thafaathu ihusaasthah himanaalaafa huri. Ae vaahaka ah ithuru dhirumeh libunukameh kamah gaboolu kuranee. Ehbai aneh bayaa gulhuvaalafa innaneevea ajaubuvaahaa molhah. 😍 ♥ 😍 😍 ♥ ♥ ♥ 😍 😍 ♥ ♥ ♥ 😍 😍 ♥ ♥ ♥ 😍 😍 ♥ ♥ ♥ Sifakohfhinumuge vaahaka dhekkumehneiy. Hama ethaaga hurevey kahala. Eysh akee hama v molhu liyuntherieh. Maasha allaah. 😍 ♥ 😍 😍 ♥ ♥ ♥ 😍 😍 ♥ ♥ ♥ 😍 😍 Waiting for the next part. 💙 ❤️ 💙

  14. Naju

    Just wow ey buneveyny hama 😊😊😊

  15. ބެބޯ

    ވަރަށް ފުރިހަމަ

  16. Unbro

    Vaahaka v chaalu