loading ...
loading ...
ދިވެހިބަހުގެ މޯފޮލަޖީގެ ތަރުޖަމާގެ ފުރަތަމަ ބައި ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ދިވެހިބަހުގެ މޯފޮލަޖީގެ ތަރުޖަމާގެ ފުރަތަމަ ބައި ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

0 comment

ދިވެހިބަސް އުފެދި ކުރިއަރައި ދިޔަ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ދިވެހި ބަހުގެ މޯފޮލަޖީ ފޮތުގެ ތަރުޖަމާގެ ފުރަތަމަ ބައި ދިވެހިބަހުގެ އެކެޑަމީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން މި ފޮތް ރައީސް ސޯލިހަށް އަރުވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

ދިވެހި ބަހުގެ މޯފޮލަޖީ ފޮތަކީ ސޮންޔާ ފްރިޓްޒް ނަމަކަށްކިޔާ ޖަރުމަނު ވިލާތުގެ ބޭފުޅަކު، 2002 ވަނަ އަހަރު ޝާއިއުކޮށްފައިވާ އޭނާގެ ޕީއެޗްޑީ ތީސީސްގެ ތަރުޖަމާއެކެވެ. އޭނާގެ ތީސީސް ބިނާކުރައްވާފައި ވަނީ ދިވެހިބަސް އުފެދި ކުރިއަރައި ދިޔަ ގޮތުގެ މައްޗަށެވެ. މި ދިރާސާގައި އެވޭލާ އަކުރާއި ދިވެސްއަކުރާއި ތާނައިން ލިޔެކިޔުމުގައި ބޭނުންކޮށްފައިވާ ހަމަތައް ދިރާސީ ގޮތެއްގައި ގެނެސްދީފައިވެއެވެ، މީގެއިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަ ބަހުރުވަތައް އުފެދިގެން އައިގޮތާއި މައި ބަހާއި އެ ބަހުރުވަތަކާ ހުރި ގުޅުންތައް މި ފޮތުގައި ދިރާސީ ގޮތެއްގައި ގެނެސްދީފައި ވެއެވެ.

މި ފޮތުގައި ދިވެހި ބަހާ ސިންހަޅަ ބަހާއި ހުރި ގުޅުމުގެ މައްޗަށާއި ދިވެހިބަސް އުފެދިގެން އައުމުގައި އައްޑޫ،ފުވައްމުލައް އަދި މާލޭގައި ވާހަކަދައްކަމުން އައި ބަހުރުވަތަކުގެ ނުފޫޒު ބޮޑުކަން ފާހަގަކޮށްފައިވެއެވެ.

މި ފޮތަކީ މިހާރު ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ދިވެހި ބަހާއި ބެހޭ ޢިލްމު ކިޔަވައިދިނުމުގައި ބޭނުންކުރަމުން އަންނަ ފޮތެއްވެސް މެއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު