loading ...
loading ...
އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރީ އެމަނިކުފާނުގެ އޯޑަރަށް: އަދީބު

އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރީ އެމަނިކުފާނުގެ އޯޑަރަށް: އަދީބު

0 comment

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެސްއޯއެފް އިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އޯޑަރަށް ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ.

އަދީބު އެހެން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިން ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި މިއަދު ހެކި ބަސް ދެމުންނެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއާ މެދު އަމަލު ކުރާނެ އެއްވެސް ގޮތަކަށް އަންގާފައި ނުވާނެ ކަމަށް ބުނެ އަދީބު މީގެ ކުރިން ފުލުހުންނަށް ބަޔާން ދެއްވައިފައިވާ ކަމަށާއި މިހާރު އަދީބު ވާހަކަ ދައްކަވަނީ ކުރިން ދެއްކެވި ގޮތާ ހިލާފަށް ކަމަށް ރައީސް ޔާމީން ވިދާޅުވުމުން، އެކަމަށް އަދީބު ވަނީ ރައްދުދެއްވައިފައެވެ.

އަދީބު ވިދާޅުވީ އޭނާ ބަޔާނުގައި ވިދާޅުވެފައިވާނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވީ ކެމްޕޭން ފައިސާ ނޫން ކަމަށާއި އެއީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ކަމަށާއި އަދި ކެމްޕޭން ފައިސާއެއް ޖަމާކުރަން ނާންގާ ވާހަކަވެސް ބަޔާނުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ. އަދި އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާ ކުރީވެސް ރައީސް ޔާމީންގެ އޯޑަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ ކަމެއްގައި ވެސް އަމަލުކޮށްފައި ވާނީ ރައީސް ޔާމީން އެންގެވި ގޮތަށް ކަމަށާއި އެކައުންޓަށް ޖަމާވީ އެމްއެމްޕީއާރުސީގެ ފައިސާކަން ވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް އަދީބު ވިދާޅުވިއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު