loading ...
loading ...
ދޮންފަނު އިންވިޓޭޝަން ކަޕް 2019: މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދޮންފަނު އިންވިޓޭޝަން ކަޕް 2019: މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

0 comment

މާޅޮސްމަޑުލު ދެކުނުބުރި ދޮންފަނުގައި ބާއްވާ "ދޮންފަނު އިންވިޓޭޝަން ކަޕް2019" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. މި މުބާރާތަކީ ގިނަބައެއްގެ ތަރުޙީބު ލިބިފައިވާ މުބާރާތްތަކުގެ ތެރެއިން ބ.އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތެވެ.

ދޮންފަނު ޒުވާނުންގެ ރޫހްގެ ފަރާތުން އިންތިޒާމު ކުރައްވައިގެން ބ.އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން އެ އަތޮޅު ދޮންފަނުގައި ބާއްވާ " ދޮންފަނު އިންވިޓޭޝަން ކަޕް " ފުޓުބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރުމަހުގެ ތެރޭގަ އެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި ހިނގާ އޭޕްރީލް ހަމުގެ 26ވާ ބުރާސްފަތި ދުވަހާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ.

މި މުބާރާތް އިންތިޒާމު ކުރާ ފަރާތުން ހާމަކުރެއްވި ގޮތުގައި މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ކުޅެވޭނީ 23 އަހަރުން ދަށުގެ އެ ރަށަކަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ. އަދި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ އަދި ރަނައަޕް ޓީމަށް 10،000ރ ލިބޭނެ ކަމަށްވެސް މުބާރާތް އިންތިޒާމު ކުރާފަރާތުންހާމަކުރައްވަ އެވެ.

ގިނަ ބައެއްގެ ތަރުޙީބު ލިބިފައިވާ " ދޮންފަނު އިންވިޓޭޝަން ކަޕް " ފުޓުބޯޅަ މުބާރާތް އެރަށުގައި ބާއްވާ މިއީ 4 ވަނަ އަހަރެވެ. މިދިޔަ އަހަރުގެ ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފަޚުރުވެރި ޗެމްޕިއަންކަން ހޯދާފައިވަނީ ކްލަބް އޭދަފުށިންނެވެ.

މުބާރާތް އިންތިޒާމު ކުރާފަރާތުން ހާމަކުރެއްވި ގޮތުގައި މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 7776468، 9737565 އަށް ގުޅުމަށް ނުވަތަ ޖަމިއްޔާގެ ފޭސްބުކް ޕޭޖް (https://www.facebook.com/DhonfanuInvitationCup/) މެދުވެރިކޮށް ލިބޭނެ ކަމަށްވެސް ދޮންފަނު ޒުވާނުންގެ ރޫހްގެ ފަރާތުން ވަނީ ހާމަކުރައްވާފައެ އެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު