-
-
އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމަނައިގެން ޑިމޮކްރަސީ ނެޓްވޯކުން އާންމުކުރި ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމަނައިގެން ޑިމޮކްރަސީ ނެޓްވޯކުން އާންމުކުރި ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

އިސްލާމްދީނާ ހިލާފަށް ލިޔެފައިވާ ބައެއް ވާހަކަތައް ހިމަނައިގެން މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓުގެ މައްސަލަ ފުލުހުން ތަހުގީކުރަން ފަށައިފިއެވެ.

ADS BY FENVARU

ފުލުހުން ބުނީ އެމްޑީއެން ރިޕޯޓުގައިވާ އިސްލާމްދީނާ ހިލާފުވާ ކަމަށް ބެލެވޭ ބައެއް ކަންކަން އެ ސާވިސް އިން ބަލަމުންގެންދާ ކަމަށެވެ.

އެމްޑީއެން އިން އާންމުކުރި އެ ރިޕޯޓުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ ރިޕޯޓަކީ އިސްލާމްދީނުގެ އިތުރުން ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް ވާ ރިޕޯޓެއް ކަމަށާއި އެ ރިޕޯޓުގައި ދިވެހިންގެ ދީނީ އެއްބައިވަންތަކަށް ގެއްލޭގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް މިނިސްޓްރީން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

އެމްޑީއެން އިން 2015 ވަނަ އަހަރު ނެރުނު ''ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް'' ރިޕޯޓުގައި ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށާއި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމާ ދެކޮޅަށް ލިޔެފައިވެއެވެ.

ގިނަ ބައެއްގެ ފާޑުކިޔުންތަކާ ގުޅިގެން އެމްޑީއެން އިން އިއްޔެ ވަނީ މައާފަށް އެދި އެ ރިޕޯޓު އިސްލާހުކުރުމަށް އަނބުރާ ގެންގޮސްފައެވެ.