loading ...
loading ...
އެމްޑީއެން އިން އިސްތިއުފާ ދެއްވިގޮތަށް ރައީސް އޮފީހުގެ އިސް މަގާމުންވެސް ނޫޝިން އިސްތިއުފާ ދެއްވަން ޖެހޭ: މެމްބަރު ސައީދު

އެމްޑީއެން އިން އިސްތިއުފާ ދެއްވިގޮތަށް ރައީސް އޮފީހުގެ އިސް މަގާމުންވެސް ނޫޝިން އިސްތިއުފާ ދެއްވަން ޖެހޭ: މެމްބަރު ސައީދު

1 comment

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ޗެއާޕާސަންކަމުގައި ހުރި އާއިޝަތު ނޫޝިން ވަހީދު، އެ މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެން އޭނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންޓި-ޓެރަރިޒަމް ކޮންސަލްޓަންޓުގެ ގޮތުގައި ސެޕްޓެމްބަރު މަހުން ފެށިގެން އަދާކުރަމުން އަންނަ ވަޒީފާއިންވެސް އިސްތިއުފާ ދޭންޖެހޭނެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ލ.މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ސަޢީދު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓް އެއްގައެވެ.

"އިސްތިއުފާ ދިނުން ނޫން އިތުރު ޗޮއިސް އެއް ނެތުމުން އެމްޑީއެންގެ ޗެއަރޕާސަންކަމުން އިސްތިއުފާ ދެއްވިގޮތަށް ރައީސް އޮފީހުގައި އަދާކުރަމުންދާ އިސްވަޒީފާއިންވެސް އިސްތިއުފާ ދެއްވަން ޖެހޭ." ސަޢީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

 

އެމްޑީއެންގެ ޗެއާޕާސަންކަމުން އާއިޝަތު ނޫޝިން ވަހީދު އިސްތިއުފާ ދެއްވާފައިވާއިރު އެމްޑީއެންގެ ރިޕޯޓުގެ މައްސަލައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ ޖަމްއިއްޔާއަށް ފިޔަވަޅު އަޅުއްވާނެކަމަށް މިއަދު ވިދާޅުވެފަ އެވެ. މީގެ އިތުރުން ފުލުހުންވެސް ވަނީ މި މައްސަލަ ބަލާނެކަމަށް މީގެ ދެ ދުވަސްކުރިން ވިދާޅުވެފަ އެވެ. ނަމަވެސް ޔޫތު މިނިސްޓްރީއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި އެ ޖަމްއިއްޔާގެ މައްޗަަށް ހަމައެކަނި ކޮށްފައިވަނީ އިލްތިމާސްއެއްކަން ފާހަގަކުރެވެ އެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

1 ޚިޔާލު

  1. ހިރިޔާ

    ދޮންކަނބުލޮ އުޅޭ ފިނިފެންމާ ބިންނަން