ޕީ އެލް ކިޑްސް ޕްރީ ސްކޫލް ރީބްރޭންޑްކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންފިއެވެެ.

ADS BY FENVARU

މި ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ ހަވީރު އަމީނިއްޔާ ސްކޫލުގައެވެ.

ޕީ އެލް ކިޑްސް ޕްރީ ސްކޫލަކީ 2 އަހަރާ 6 އަހަރާ ދެމެދުގެ ތުއްތު ކުދިންނަށް ތަޢުލީމު އުނގަންނައިދިނުމަށް އަމާޒުކޮށްގެން 2011 ވަނަ އަހަރުން ފެށިގެން އަމިއްލަ ފަރާތަކުން ހިންގަމުންގެންދާ ޕްރީ ސްކޫލެކެވެ.

މި ރަސްމިއްޔާތުގައި ޕީ އެލް ކިޑްސް ޕްރީ ސްކޫލުގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.