loading ...
loading ...
އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރަކަށް އަސްޢަދު ޢަބްދުލްޣަނީ ހަމަޖައްސަވައިފި

އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރގެ މަޤާމަށް އަސްޢަދު ޢަބްދުލްޣަނީ ހަމަޖައްސަވައި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ--- ފޮޓޯ/އެމްއެންޑީއެފް

އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރަކަށް އަސްޢަދު ޢަބްދުލްޣަނީ ހަމަޖައްސަވައިފި

0 comment

އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރ އަކަށް ގިނަ ބައެއްގެ ލޯބި ލިބިފައިވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަސްޢަދު ޢަބްދުލްޣަނީ ހަމަޖައްސަވައިފި އެވެ. އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރ އަކަށް އަސްއަދު ހަމަޖައްސަވާފައި މިވަނީ ކުޅިވަރުގެ މައިދާނުގައި ސިފައިންގެ ތަމްސީލްކުރުމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި މަޤާމަށް އަސްޢަދު ޢަބްދުލްޣަނީ ހަމަޖައްސަވައި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި އެމްއެންޑީއެފް ފްޓްސަލް ޗެލެންޖްގެ ނިންމުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ކަމުގަ އެވެ.

އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރގެ ގޮތުގައި ދިވެހި ކުޅިވަރުގެ މައިދާނުގައި ސިފައިން ޕްރޮމޯޓްކޮށް، ސިފައިންނަށް ރީތި ނަން ހޯދައިދީ ދިވެހި ސިފައިންގެ މެދުގައި ކުޅިވަރުގެ ރޫޚް އާލާކޮށް ދިރުވުމުގެ މަސައްކަތުގައި އަސްޢަދު ޢަބްދުލްޣަނީ 2 އަހަރު ދުވަހަށް މަސައްކަތް ކުރައްވާގޮތައް ވަނީ ހަމަޖެހިފަ އެވެ.

އަސްޢަދު ޢަބްދުލްޣަނީ އަކީ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން އަދާކޮށްފައިވާ ދިވެހި ކުޅިވަރުގައި ކާމިޔާބު އަދި ދިވެހި ރައްޔިތުން އެބޭކަލެއްގެ ކާމިޔާބީއަށް ފަޚުރުވެރިވާ ބޭކަލެކެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު