loading ...
loading ...
އެމްއެންޑީއެފް ފުޓްސަލް ޗެލެންޖު 2019 ގެ ޗެމްޕިއަންކަން  އެފްއާރުއެސް ހޯދައިފި

އެމްއެންޑީއެފް ފުޓްސަލް ޗެލެންޖު 2019ގެ ޗެމްޕިއަންކަން ޖެހިޖެހިގެން 6ފަހަރަށް ހޯދާފައިވާ  ފަޔަރ އެންޑް ރެސްކިޔު ސަރވިސް--- ފޮޓޯ/އެމްއެންޑީއެފް

އެމްއެންޑީއެފް ފުޓްސަލް ޗެލެންޖު 2019 ގެ ޗެމްޕިއަންކަން އެފްއާރުއެސް ހޯދައިފި

0 comment

ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކުޅުނު އެމްއެންޑީއެފް ފުޓްސަލް ޗެލެންޖު 2019 ގެ ޗެމްޕިއަންކަން ޖެހިޖެހިގެން 6 ވަނަ ފަހަރަށް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް) ހޯދައިފިއެވެ.

މި މުބާރާތް ނިންމުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރރަޕް ޓީމަށް ތައްޓާއި މެޑެލް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެފްއާރުއެސްއިން ހޯދާފައިވަނީ އިންޓެގްރޭޓެޑް ހެޑްކުއޯޓަރޒް އާއި ބައްދަލުކޮށް 3-2 ލަނޑުން މޮޅުވެގެން ނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ، އެފްއާރުއެސްގެ ޖަރޒީ ނަމްބަރު 10 ސާޖަންޓް ޝައުކަތު އަމީން އެވެ.

މުބާރާތުގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށާއި، މުބާރާތް ރާވައި އިންތިޒާމްކުރި ފަރާތްތަކުގެ އިތުރުން، ދިވެހި ސިފައިންގެ ކުލަބަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ވަނީ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފަ އެވެ.

މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ކަޅުތުއްކަލާކޮށީގައި ކުރިއަށްދިޔަ މި މުބާރާތުގައި އެމްއެންޑީއެފްގެ އެކި ޔުނިޓްތަކުން ޖުމުލަ 22 ޓީމެއް ވާދަކުރިއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު