loading ...
loading ...
ގައުމީ ވޮލީބޯޅަ ލީގު: ސްޕޯޓްސް ކުލަބް ސިޓީ ބަލިކޮށް، ޕޮލިސް ކުލަބުން ލީގު ހޯދުމުގެ އުއްމީދު ދަމަހައްޓައިފި

ގައުމީ ވޮލީބޯޅަ ލީގު: ސްޕޯޓްސް ކުލަބް ސިޓީ ބަލިކޮށް، ޕޮލިސް ކުލަބުން ލީގު ހޯދުމުގެ އުއްމީދު ދަމަހައްޓައިފި

0 comment

ގައުމީ ވޮލީބޯޅަ ލީގުގައި އިއްޔެ ސްޕޯޓްސް ކުލަބް ސިޓީގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދައި، ޕޮލިސް ކުލަބުން ލީގު ހޯދުމުގެ އުއްމީދު ދަމަހައްޓައިިފިއެވެ.

އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މިމެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 25-12، 25-18 އަދި 25-11 އިންނެވެ.

ލީގުގެ އެއްވަނާގައި 15 ޕޮއިންޓާއެކު ދިވެހި ސިފައިންގެ ކުލަބު އޮތްއިރު، އިއްޔެ ހޯދި މޮޅާއެކު ޕޮލިސް ކުލަބް އޮތީ 13 ޕޮއިންޓާއެކު ދެވަނާގައެވެ. ތިން ވަނާގައި 11 ޕޮއިންޓާއެކު ގުޑީސް ސްޕޯޓްސް ކުލަބު އޮތްއިރު، ލީގުގެ ހަތަރު ވަނާގައި އޮތީ ތިން ޕޮއިންޓާއެކު ސްޕޯޓްސް ކުލަބް ސިޓީއެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަން ކަނޑައެޅިގެންދާނީ މާދަމާރޭ ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބް ވާދަކުރާ މެޗުންނެވެ. ލީގުގެ ފުރަތަމަ ބުރުގައި ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބު ވާދަކުރި މެޗު 3-1 ސެޓުން ޕޮލިސް ކުލަބުން ވަނީ ކާމިޔާބުކޮށްފައެވެ.

ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ޕޮލިސް ކުލަބަށް ލިބެން އޮތީ މާދަމާ ރޭ ދިވެހި ސިފައިންގެ ކުލަބާ ވާދަކުރާ މެޗު ފަސް ސެޓަށް ނުގޮސް ކާމިޔާބުކޮށްގެންނެވެ. ފަސް ސެޓަށް ގޮސްގެން ޕޮލިސް ކުލަބު މެޗުން މޮޅުވި ނަމަވެސް ލީގު ޗެމްޕިއަންކަން ލިބިގެންދާނީ ދިވެހި ސިފައިންގެ ކުލަބަށެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު