-
-
ގދ.ތިނަދޫ ވަލުތެރޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި.

ގދ.ތިނަދޫ ވަލުތެރޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި.

މިއަދު މެނދުރުގެ ވަގުތެއްގައި ގދ.ތިނަދޫ ވަލުތެރޭގައި ރޯވި އަލިފާންގަނޑު އެމް.އެން.ޑީ.އެފް އިން ވަނީ ނިއްވާލާފައެވެ.

ADS BY FENVARU

ވަލުތެރޭގައި އަލިފާންރޯވިކަމަށް ރިޕޯޓްކޮށްފައިވަނީ މެންދުރު 13.57 އެހާކަންހާއިރުގައެވެ. ތިނަދޫ ދަނޑެކޮޑޭ އަވަށު މީހުން ބުނާގޮތުގައި މިއީ ބަޔަކު ގަސްތުގައި ކުރިކަމެކެވެ. އަނެއްބަޔަކު ބުނިގޮތުގައި އެހިސާބުގަނޑުގައި އުޅޭ ކުޑަކުދިންތަކެއް މަޖަލަކަށް ކުރިކަމެއްކަމުގައެވެ.

ދަނޑެކޮޑޭ ވަލުތެރެ ސާފްކޮށް ބޭއްވުމުގެ ގޮތުން އެއަވަށު ޒުވާނުން އިސްނަގައިގެން ދުވަސްދުވަސްކޮޅުން ވަލުތެރޭ ގަސްކޮށާ ސާފްކުރެއެވެ.

ވަލުތެރޭ ގަސްތަކާއި ވިނަތަކުގައި ރޯވި މިއަލިފާންގަނޑުގެ ސަބަބުން އަވަށުގެ އެއްވެސް ގެޔަކަށް ގެއްލުމެއް ލިބިފައެއްނެތެވެ. އެހެންނަމަވެސް ކައިރީގައި ތިބި ގެތަކަށް ދުމުގެ އަސަރު ކުރިކަމަށް މަންޒަރުދުށް މީހުން ބުންޏެވެ.