loading ...
loading ...
ލިވަޕޫލް ކަޓުވާލައި ޗެލްސީން އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ލިވަޕޫލް ކަޓުވާލައި ޗެލްސީން އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

0 comment

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ސްޓަމްފޯޑް ބްރިޖްގައި ރޭ ކުޅުނު މެޗުން ޗެލްސީ އަތުން 2-0 އިން ބަލިވެ އެފްއޭ ކަޕުގެ ފަސް ވަނަ ބުރުން ލިވަޕޫލް ކަޓައިފިއެވެ.

މި މެޗަށް ދެ ޓީމުން ވެސް ނުކުތީ ބަދަލުތަކާކުއެވެ.

ލިވަޕޫލް ޓީމުން މުހައްމަދު ސަލާހު އާއި ރޮބާޓޯ ފިރްމީނޯ އާއި އަލެގްޒަންޑާ އާނޮލްޑުގެ އިތުރުން އެއްވަނަ ކީޕަރު އަލިސަން ބެކާ އަށް ކޯޗު ޔާގެން ކްލޮޕް ފުރަތަމަ އެގާރައިން ފުރުސަތު ދީފައިނުވެއެވެ. އަނެއްކޮޅުން ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އާންމުކޮށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ޖޮގީނިއޯ އާއި މޭސަން މައުންޓް ރޭގެ މެޗު ފެށީ ބެންޗުންނެވެ. މި މެޗުގައި ކޯޗު ފްރެންކް ލަމްޕާޑު ޗެލްސީގެ ގޯލު ބަލަހައްޓަން ފުރުސަތު ދީފައިވަނީ ކެޕާ އަށެވެ.

މެޗުގެ ފުރަތަމަ ލަޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ބްރެޒިލް ވިންގާ ވިލިއަން ޑަ ސިލްވާ ޖެހި ގޯލުންނެވެ.

އޭގެ މިނެޓެއް ކުރިން އެޑްރިއަން ވަނީ ވިލިއަން ޖެހި ބޯޅައެއް ހުއްޓުވައިފައެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ސާދިއޯ މާނޭ ޖެހި ބޯޅަ ކެޕާ މަތަކުރިއިރު ޗެލްސީން އުފެއްދި ހަމަލާއެއްގައި ރޮސް ބާކްލޭ ދުރުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އެޑްރިއަން އެވެ.

މެޗުގެ ދެވަނަހާފްގައި  63 ވަނަ މިނެޓުގައިލިވަޕޫލް ޓީމަށް ލިބުނު ހިލޭ ޖެހުމަކުން މައުންޓް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ޗެލްސީން ލީޑު ފުޅާކުރީ އޭގެ ދެ މިނެޓު ފަހުން ރޮސް ބާކްލޭ ޖެހި ހިތްގައިމު ގޯލުންނެވެ.

މި މެޗަކީ ލިވަޕޫލް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. އަދި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ތިންވަނަ މެޗެވެ. އެ ޓީމު ވަނީ އެންމެ ފަހުން ލީގުގައި ވެޓްފޯޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުންވެސް ބަލިވެފައެވެ. އަނެއްކޮޅުން ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯގައި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން ވެސް ލިވަޕޫލް ވަނީ ބަލިވެފައެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރެއިން އެންމެ ފަސް މެޗުން މޮޅުވި ޗެލްސީ މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ޖަރުމަނުގެ ބަޔާން މިއުނިކް އަތުން އަމިއްލަ ދަނޑުގައި 3-0 އިން ބަލިވެފައިވާތީވެ ރޭގެ މޮޅަކީ ކޯޗު ފްރޭންކް ލަމްޕާޑަށް ލިބުނު ހަމަޖެހުމެކެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު