-
-
ކޮވިޑް19: ހިޔާ މަޝްރޫޢުގެ ދިރިއުޅުމުގެ ހާލަތު ބެލުން ވަގުތީގޮތުން މެދުކަނޑާލައިފި

ކޮވިޑް19: ހިޔާ މަޝްރޫޢުގެ ދިރިއުޅުމުގެ ހާލަތު ބެލުން ވަގުތީގޮތުން މެދުކަނޑާލައިފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލާފައި ތިބި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" ކުރަމުން އަންނަ މަސައްކަތް ކޮވިޑް19 ގެ ސަބަބުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ADS BY FENVARU

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ފެތުރުން ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާތީ، 15 މާރިޗު 2020 އިން ފެށިގެން "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އިން ކުރިއަށްގެންދާ، "ހިޔާ" މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ވަގުތީގޮތުން ވަނީ މެދުކަނޑާލައްވާފަ އެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން މި ފިޔަވަޅު އަޅުއްވާފައި މިވަނީ ހުރިހާ ފަރާތްތަކެއްގެ ވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްސަދުގައިކަމަށާއި މި މަސައްކަތް އަލުން ފެށުމުގެ ކުރިން އެކަން ޢާންމުކޮށް އިޢުލާންކުރެވޭނެކަމަށް ކޮމެޓީން ވިދާޅުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންމެ ފަހުން އާންމުކުރެއްވި ތަފާސް ހިސާބުތަކުގައި ވާގޮތުން ޝަރުތު ހަމަވޭތޯ މިހާތަނަށް ބަލައި ސްކްރީން ކުރެވިފައިވަނީ 18،081 ފޯމް އެކެވެ. ފްލެޓު ކޮމިޓީން ބުނީ، އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ހައުސިން މިނިސްޓްރީގެ ހުރި ހިޔާ ޕްރޮގްރާމްގެ ފޯމުތައް އެކި ތަންތަނުން ހޯދައިގެން ގެންގޮސް އެކަށައެޅުން ކަމުގަ އެވެ.