loading ...
loading ...
ކާވިން...01

ކާވިން...01

25 comments

ތަފާތު ވާހަކަ އެއް ލިޔުމުގެ މަޤުޞަދުގައި އަޅުގަނޑު ލިޔަން މިފަށާ ވާހަކަ އަކީ، އަޅުގަނޑުގެ އަމިއްލަ ޚިޔާލެއްގެ މައްޗަށް ބިނާކޮށް ލިޔަމުންދާ ޚިޔާލީ ވާހަކަ އެކެވެ. ވާހަކަ ބިނާވެފައި ވާނީ އާދަޔާ ޚިލާފު ބާރުތަކެއް ލިބިގެންވާ މީހެއްގެ ދިރިއުޅުމުގެ މައްޗަށެވެ. މި ވާހަކައިގައި ބަޔާންކޮށްފައިވާ ތަހުގީގުތައް ކުރިއަށްދާ ގޮތާއި، މާހައުލުތައް، އަދި ޖުމްލަކޮށް ބުނާނަމަ، ހުރިހާ ކަމެއް ވެސް ސިފަކޮށްދީފައި ހުންނާނީ އަޅުގަނޑުގެ އަމިއްލަ ޚިޔާލަށް ގެނެވޭ ގޮތަށެވެ.

މިއީ ބިރުވެރި ވާހަކަ އެއް ނޫނެވެ. ލޯބީގެ މި ވާހަކައިގެ ތެރެއިން ތަހުގީގު ކުރެވޭ ކޭސް ތަކަކާއި ވާހަކައިގެ މެއިން ކެރެކްޓަރ ތަކުގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތައް ގެނެސްދެވޭނެއެވެ.

މި ވާހަކައަކީ އެއްވެސް އިރެއްގައި ހިނގާފައިވާ ނުތަތަ ހިނގާފާނެ ކަމަށް ބަލައިގެން ލިޔަމުންދާ ވާހަކަ އެއް ނޫނެވެ.

********

بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ

އިރު އޮއްސެމުން އައި ވަގުތެވެ. އާދަޔާ ޚިލާފަށް ވައި ބާރެވެ. ގަސްތައް ހީވަނީ މުލުން ލުހިގެން އަތުވެދާނޭ ހެންނެވެ. އުޑުމަތި ބަނަކޮށްލެވިފައިވި ކަޅު، ބޯ ވިލާތަކުން އަންނަން އުޅޭ ތޫފާނުގެ އިންޒާރު ދެމުން ދިޔަ އެވެ.

ރަށުގެ އެންމެ ޖަންގަލި ބޯ ސަރަޙައްދުގައިވާ ފަޅުގޭގެ ތެރެއިން އިވެމުންދިޔައީ ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑެވެ. އެ އަޑު ހިނދެއް ހިދަކަށް ދިޔައީ ގަދަވަމުންނެވެ. އެކުއްޖާގެ ރުއިމުގެ އަޑު ކެނޑުމާއި އެކު، އިވިގެން ދިޔައީ ބައު ދޮރެއް ހުޅުވުމުން ގޮވާ ޒާތުގެ ތޫލި އަޑެކެވެ. ގިނައިރުތަކެއްނުވެ، އަންހެނެއްގެ ވޭނީ ހަޅޭކުގެ އަޑު އިވިގެން ދިޔަ އެވެ. އެ އަޑު މަޑުވަމުން ގޮސް އެކީހެން ކެނޑުނެވެ.

ރަށުގެ ހޭޅިފަށުން ހިނގަމުން އައި ދެ ލޯބިވެރިންގެ މިޝްރާބު ހުރީ، އެންމެ ބޯކޮށް ހެދިފައިވާ ޖަންގައްޔާއި ދިމާއަށެވެ. އެކަކު އަނެކެއްގެ އަތުތެރޭގައި ތިބެ، ދެމީހުން އައިސް ނުކުތީ ބައު ޖިފުޓި ގަނޑެއްގެ ކުރިމައްޗަށެވެ. އޭރު ތުނިކޮށް ވާރޭ ވެހެމުން ދިޔަ އެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލާފައި ހީލި އެވެ. ހީވީ އެ މީހުން ބޭނުންވި ފަދަ ފުރުޞަތެއް ލިބުނީ ހެންނެވެ.

ފިރެހެން ކުއްޖާ އޭނާގެ އަތްދަނޑި މައްޗަށް އަންހެން ކުއްޖާ އުފުލައިލި އެވެ. އޭގެ ފަހުގައި އެ ގެއާއި ދިމާއަށް ހިނގައިގަތެވެ. ދޮރު ހުޅުވާލުމާއިއެކު، ފިރެހެން ކުއްޖާގެ އަތުގެ ތެރެއިން ވީއްލިގަނެގެން އަންހެން ކުއްޖާ ދުއްވައިގަތެވެ. ދޮރު ލައްޕައި މަކުޑި އެޅުވުމަށްފަހު އަންހެން ކުއްޖާގެ ފަހަތުން ފިރެހެން ކުއްޖާވެސް ހިގައިގެންފި އެވެ. އޭރު އެ ތުންފަތް މަތީގައިވީ ލާނެތް ހިނިތުންވުމެކެވެ. ކުރިމަތިވާން އުޅޭ ތޫފާނުގެ ޚިލަމެއް އެ އިން އެކަކުގެ ވެސް ނެތް ކަހަލަ އެވެ.

ފިރެހެން ކުއްޖާއަށް މާދުރަށް ނުދެވެނީސް އިވުނީ ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑެވެ. ބާރުބާރަށް ހިނގާފައި އަޑު އައި ދިމާއަށް އޭނަ ދިޔަ އެވެ. އަތުގައި އޮތް ފޯނުން ތަންތަނަށް އަލިކުރަމުން ދިޔަ، އެ ފިރެހެން ކުއްޖާގެ ފައިގައި އެއްޗެއް ޖެހުނެވެ. ފައިދަށަށް އަލިކޮށްލުމާއިއެކު، އޭނަގެ ދެލޯ ބޮޑު ވިއެވެ. ވެއްޓިފައި އެ އޮތީ އޭނަގެ ލޯބިވެރިޔާ އެވެ. އެ ކުއްޖާ އޮތީ ލެއިން ތަތްތެޅިފަ އެވެ. މުޅި ތަނުގައި ވަނީ ލޭގެ ކޯރެއް ހެދިފަ އެވެ.

އަންހެން ކުއްޖާ އާއި މާ ދުރު ނޫން ހިސާބެއްގައި އިތުރު އަންހެނަކު އޮތެވެ. އެމީހާގެ މެޔަށް ވަނީ ވަޅިއެއް ހަރާފަ އެވެ. ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި ޒަޚަމްކޮށްފައި ވިއެވެ. ހީވާ ގޮތުން އެމީހަކު އޭރުވެސް އޮތީ މަރުވެފަ އެވެ.

********

ބޮޑު ކުޅި އެކެވެ. ވަށައިގެންވި ގަސްތަކުގެ ހިޔާ މުޅި ސަރަހައްދަށް އެޅިފައި ވިއެވެ. އެންމެ ބިޔަކޮށް ހެދިފައި ހުރި ކަނޑޫ ގަސް ދަށުގައި އެ ހުރީ ޒުވާން އަންހެން ކުއްޖެކެވެ. ފުރަގަސްދީގެން ހުރިއިރު، އެ ކުއްޖާގެ ކަޅުކަންގަދަ ދިގު އިސްތަށިގަނޑު އޮތީ ވިހުރިލަ ވިހުރިލަ އެވެ. ލައިގެން ހުރި ހުދުކުލައިގެ ދިގު ހެދުން ވެސް ވަޔާއިއެކު، ވިހުރެމުން ދިޔަ އެވެ.

އެ ކުއްޖާ ލަސްލަހުން، ފަސް އެނބުރެން ފެށި އެވެ. ކުއްލިއަކަށް ހީވީ އިރު އޮއްސުނު ހެންނެވެ. މުޅި ތަން އަނދިރި ވެއްޖެ އެވެ. މަތިން އެޅުނު އަލި އެޅިފައިވީ އެ ކުއްޖާގެ ގަޔަށެވެ. ދެން ފެނުނީ އެ ކުއްޖާ ލައިގެން ހުރި އަންނައުނުގެ ކުލަ ކަޅު ކުލައަށް ބަދަލުވީ ތަނެވެ. އަތް ދިގު ޓީޝާޓާއި ކަޅު ޖީންސް ވަނީ އެ ހަށިގަނޑުގައި ރީތިކޮށް ހިފާލާފަ އެވެ. ބައްޓަން ރީތި އެ ހަށިގަނޑުގެ ވަނާތައް ރީތިކޮށް އެނގެމުން ދިޔަ އެވެ. އޮފުކަން ގަދަ ކަޅު ކުލައިގެ މާސްކެއް މޫނުގައި އަޅައިގެން ހުރިއިރު، ފެންނަމުން ދިޔައީ، ރަތް ލޭ ކޮޅެއްފަދަ އެ ކުއްޖާގެ ތުންފަތެވެ.

ސިއްސައިގެން ގޮސްފައި ކާވިންއަށް ހޭލެވުނެވެ. ފެނުނީ ހުވަފެނެކެވެ. އެއީ ފާއިތުވެދިޔަ މަހެއްހައި ދުވަހު ވެސް ކޮންމެ ރެއަކު އޭނައަށް ފެންނަ ހުވަފެނެވެ. ތަފާތަކީ ކުރިން އޭނައަށް ފެނުނީ އެ އަންހެން ކުއްޖާ އަބަދު ވެސް ހުދު ހެދުމެއްގައި ހުއްޓައި ކަމެވެ.

އެ ފިނި ރޭގައި ވެސް ކާވިން އޮތީ ދާހިއްލައި ފޯވެފަ އެވެ. ތެދުވެ އެންމެ ފުރަތަމަވެސް އޭނަ ބަލައިލީ ފާރުގައި ހަރުކޮށްފައިވާ ބޮޑު ގަޑިއަށެވެ. ގަޑިން މެންދަމުން އަލިވެ އެކެއް ޖެހީ އެވެ. ކާވިން އޭނާގެ ބޮލުގައި ދެ އަތުން ހިފަހައްޓާލި އެވެ. އެ ދެ ލޮލުގެ ތެރެއިން އާދަޔާ ޚިލާފު ވިދުމެއް ފެނިގެން ދިޔައެވެ. ދެ ލޯ މަރައި ބާރުކޮށްލުމާއިއެކު، އެ ހަށިގަނޑަށް އަރައިގެން ދިޔައީ އާދަޔާ ޚިލާފު ބާރުގަނޑެކެވެ. މުޅި މީހާ ތުރުތުރު އަޅަ އެވެ. ދެން ފެނުނީ ފުންމައިގެން އެނދުން ތެދުވި ތަނެވެ. ކާވިންގެ ހަރަކާތްތައް އަވަހެވެ. ދެތިން މިނެޓްގެ ތެރޭގައި އޭނަ ހުރީ ތައްޔާރު ވެލައިގެންނެވެ.

ފުލުހުންގެ ޔުނީފޯމުގައި ކާވިން ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. އިސްކޮޅުން ދިގުވެފައި، ހަންގަނޑުގެ ކުލަ އައްޔެވެ. ކަޅުކަން ގަދަ އިސްތަށިގަނޑު ރީތި ވަރަކަށް ކޮށައި، ނިތްކުރި އާއި ދިމާއިން މައްޗަށް ހިއްލާލާފައި ހުންނައިރު، ވަރަށް ވެސް ފިރެހެންވަންތަ އެވެ. ތަފާތު ކަމަކަށް ފާހަގަވަނީ ކާވިންގެ ކަޅީގެ ކުލަ އެވެ. ގަދަ ނޫކުލައިގެ އެ ކަޅީގެ ކުލަ، ބައެއް ފަހަރު ވިލު ނޫކުލައަށް ވެސް ބަދަލު ވެއެވެ.

ހަލުވި ފިޔަވަޅުތަކެއްގައި ކާވިން ނުކުތީ ބޭރަށެވެ. އޭރު ތުނިތުނިކޮށް ވާރޭ ވެހެ އެވެ. ވަގުތަކީ ފުލުހުންގެ ވެހިކަލް އައިސް އެގޭ ދޮރު މައްޗަށް މަޑުކޮށްލި ވަގުތެވެ.

ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް ކާވިން ގޮސް ވެހިކަލަށް އެރި އެވެ. އޭގައި ތިބީ އޭނަގެ ދަށުން މަސައްކަތް ކުރާ އީން، އާއި ޔުނާން އެވެ. ވެހިކަލް ދުއްވަން އިނީ ލަޔާން އެވެ. ކާވިން ފެނުމާއިއެކު، އެންމެން ބަލައިލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އެކަކު އަނެކެއްގެ މޫނަށް ބަލައިލާފައި އަނެއްކާވެސް ކާވިން އަށް ބަލަން ފެށި އެވެ.

އެއިން ކަމަކަށް ކާވިންގެ އެއްވެސް ފަރުވާލެއް ނެތެވެ. އޭނަ ވެހިކަލަށް އަރައި އިށީނީ ޔުނާންގެ ކައިރީގަ އެވެ. އީން އިނީ ޔުނާންގެ އަނެއް ފަރާތުގަ އެވެ.

"ހޫމްމް... ހަތަރު މަރު... ކާކު ރިޕޯޓްކުރީ؟..." ނިވިފައިވާ ފޯނު ނަގައި އެ ހުޅުވަމުން ކާވިން ސުވާލު ކުރީ އާދައިގެ މަތީން އޭނަގެ ރަސްމީ ރާގުގަ އެވެ.

"ޕެޓްރޯލްކުރަން އުޅުނު ކުއްޖަކަށް ޝައްކު ވެގެން ގުޅީ... އޭނަ ވެސް އެތެރެއަށް ނުވަންނަމޭ ބުނީ... އެކަމަކު ކަމެއް ވެގެން އުޅޭކަން ސަރއަށް ކިހިނެތް އެނގުނީ؟... އަނެއްކާ މީހަކު މަރުވި ވާހަކަ އެއް އޭނަ ނުވެސް ބުނޭ... އަޅުގަނޑުމެން ގުޅިއިރު، ސަރގެ ފޯނު ވެސް އޮތީ ނިވާލާފަ..." ޔުނާން އިނީ ހައިރާންވެފަ އެވެ.

އެ ވާހަކަ އާއި ގުޅުވައިގެން ކާވިން ވަކި އެއްޗެއް ނުބުންޏެވެ. އެއީ ޔުނާންއަށް އައު ކަމަކަށް ވެސް ނުވި އެވެ. ކާވިން ޖަވާބު ދޭނީ ހަމަ އެކަނި ރަސްމީ ސުވާލު ތަކަށެވެ. ބުނަން ބޭނުންވާ އެއްޗެއްގެ އިތުރުން ބޭކާރު ވާހަކައަކަށް އޭނަ އެއް އިރެއްގައި ވެސް ސަމާލުކަމެއް ނުދެ އެވެ.

"ކިހިނެތްތަ އޭނައަށް ހުރިހާ ކަމެއް އެނގެނީ... މި ދެން އަޖައިބެއްނު..." ޔުނާން ވާހަކަ ދެއްކީ އީންގެ ކަންފަތް ކައިރީގައި ސިއްރުންނެވެ.

އީން ދެލޯ ބޮޑުކޮށްފައި ކާވިންއަށް ބަލައިލީ ޔުނާން ދެއްކި ވާހަކަ އަޑު އިވިދާނެތީ ޖެހިލުންވީ ވަރުންނެވެ. ބިއްލޫރިގަނޑުން ބޭރު ބަލަހައްޓައިގެން އިން ކާވިން ފެނުމުން އީންއަށް ހަމަޖެހުމެއް ލިބުނެވެ. އޭނަ ޔުނާންއަށް ބަލައިލާފައި ދެލޯ ހަނިކޮށްލި އެވެ.

"ޝްޝްޝް..." ތުންފަތުގައި އިނގިލި ޖައްސައިލަމުން އީން ބުންޏެވެ.

މަންޒިލާއި ހަމައަށް ދަތުރު ކުރަމުންދިޔަ އިރު، އެކަކު ވެސް އިތުރު ވާހަކަ އެއް ނުދައްކަ އެވެ. ޝީޓުގައި ލެނގިލައިގެން ކާވިން އިނީ ދެލޯ މަރާލައިގެންނެވެ. ސިއްރުން ކާވިންއަށް ބަލައިލި އީން އޭނާގެ ދެލޯ ހަނިކޮށްލި އެވެ. ސިއްރުވެރި ކަމުން ފުރިފައިވާ އެ ޒުވާނާގެ ހަޤީގަތް އެނގޭ ހިތުން އޭނަގެ ކެތްތެރިކަން ވަނީ ކުޑަ ވެފައެވެ. ކާވިން އޭނާގެ ލޯ ހުޅުވައި އީންއަށް ބަލައިލީ އީން އެގޮތަށް ބަލަހައްޓައިގެން އިންދަ އެވެ.

އީންގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލި ހެންނެވެ. އަވަހަށް ޝީޓުގައި ލެނގިލާފައި، ޔުނާން އާއި ނިވާވެލި އެވެ. ކާވިން ބަލައިލިގޮތުން ހީވީ، އޭނަ ބަލާކަން އެނގިގެން ބަލައިލި ހެންނެވެ. އެ ދެބުމަ ގޮށްޖަހާލައިގެން އިން ގޮތުން ވެސް އީންގެ ހަށިގަނޑު ރޫރޫ އަޅައިގެން ދިޔަހެން ހީވި އެވެ. އީން ޖެހިލުންވަނީ އޭނަ ކިތަންމެ ސިއްރުން ކަމެއް ކުރިޔަސް އެކަމެއް ކާވިންއަށް ފަޅާ އަރާތީ އެވެ.

ވެހިކަލް ގޮސް ހުއްޓައިލީ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށެވެ. ގަސްތަކުގެ ތެރެއަށް އަލިކުރަމުން އެންމެން ގޮސް މަޑުކޮށްލީ ކުރިމަތިން ފެންނަން ހުރި ޖިފުޓިއެއް ކަހަލަ ގޭގެ ކުރިމަތީގަ އެވެ. ދޮރު ހުޅުވުމަށް ކާވިން އެދުނީ ޔުނާންގެ ކައިރީގަ އެވެ. ލަޔާން ހުރީ ޓޯޗު ހިފައިގެން އަލިކުރާށެވެ.

ޔުނާން ހިންދިރުވައިލި އެވެ. އޭނަ ބަލައިލީ ކައިރީގައި ހުރި އީން އަށެވެ. އީން ވަގުތުން ދެފަރާތަށް ބޯ ހޫރާލި އެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބައި އިވުނީ ގަދަ އަޑުފަށްގަނޑެކެވެ. އީން ސިހިފައި ބަލައިލިއިރު، ކާވިން ހުރީ ދެބުމަ ކައިރިކޮށްލައިގެން އޭނައަށް ބަލާށެވެ. ގޭގެ ދޮރު ހުރީ ހުޅުވިފަ އެވެ. ކާވިން އެ ދޮރު ހުޅުވީ އޭނަގެ ފައިން ޖަހާފަ އެވެ. އިވުނު އަޑުފަށްގަނޑަކީ އެއީ އެވެ.

"ސޮރީ ސަރ..." ޔުނާން ކަންބޮޑުވެފައި ބުންޏެވެ.

ކާވިން ވަކި އެއްޗެއް ނުބުނެ އެވެ. ރުޅި އައިސްގެން ދެމީހުންނަށް ބަލައިލާފައި އެތެރެއަށް ވަދެގެން ދިޔައީ ހަލުވި ފިޔަވަޅު ތަކެއްގަ އެވެ.

"އައި ހޭޓް ދެޓް... އަލަށޭ މިކަހަލަ ކޭސް އަކަށް މި އައީ... ކޮންމެހެން ބިރުންނެއް ނޫނޭ..." ޔުނާން އޭނާ ލައިގެން ހުރި ޔުނީފޯމުގެ ގިރުވާން ރަނގަޅު ކޮށްލަމުން ވާހަކަ ދެއްކި އެވެ.

"އުހޫނ... ކަލޭ ހަމަ ބިރުން... އަންހެނަކަށްވުރެ ކަލޭގެ ކަންތައް ބޮޑެއްނު... ބޮޑު ފިނޑިއެއް ކަލޭ ތީ..." ލަޔާން ވާހަކަ ދެއްކީ ޖެއްސުމުގެ ރާގަކަށެވެ.

ޔުނާންގެ ބުރަކަށީގައި ބޮނޑިއެއް އަޅައިލާފައި، ލަޔާން ޖަހާލީ ހިނިގަނޑެކެވެ. އޭނަ ކާވިންގެ ފަހަތުން ގޭތެރެއަށް ވަނެވެ.

ޔުނާން ބަލައިލީ އަނގަމަތީގައި އަތް އަޅައިގެން ހޭން ހުރި އީން އަށެވެ. އީން ހޭތަން ފެނުމުން އޭނަ މޫނަށް ވައްތަރެއް ޖައްސައިލި އެވެ. ފުންމައިގަނެގެން އީން އާއި ދިމާއަށް ދިޔަ އެވެ. ޔުނާންގެ ހަމަލާއިން ރެކިގަނެގެން، އީން ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ. ދެފަރާތް ބަލައިލާފައި ޔުނާން ވެސް އީންގެ ފަހަތުން އެތެރެއަށް ވަނެވެ. ފަހަތް ބަލަމުން ހިނގާފައި ދަނިކޮށް އޭނަ ގޮސް ލައިގަތީ އީންގެ ގައިގަ އެވެ.

އަތުގައި އޮތް ޓޯޗުން އަލިކުރަމުން ކުރިޔަށް ދިޔަ އީން ސިހުނީ ފަހަތުން އޭނަގެ ގައިގައި، އެއްޗެއް ޖެހިގަތުމުންނެވެ. އޭނަ ބިރުން ހަޅޭއްލަވައިގަތެވެ. ފަހަތުގައި ހުރި މީހަކު އެއަށްވުރެ ބާރަށް ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ޔުނާން ކަން އެނގުމުން އީން ފަސް އެނބުރިފައި، ޓޯޗުން އެ މޫނަށް، އަލިކޮށްލައިފި އެވެ. މޫނު މައްޗަށް އަލިވުމާއިއެކު، ޔުނާން ސިހުނެވެ. އޭނަ ހުރިތަނަށް ވެއްޓިއްޖެ އެވެ.

"ސާބަސް..." އީންއަށް ހެވުނެވެ.

ޔުނާން އިން ދިމާއަށް އަލިކޮށްލަމުން އީން އުޅުނީ އޭނަ އިތުރަށް ބިރުގަންނަވާލާށެވެ. އޭނަގެ ދެލޯ ބޮޑުވީ، ޔުނާންގެ ކައިރީގައި ލެއިން ތަތްތެޅިފައި އޮތް ތުއްތު ކުއްޖާ ފެނުމުންނެވެ. އެއް އަރިއަކަށް ވާހެން އޮތް އެ ކުއްޖާގެ މެޔާއި ދިމާއިން ހަރާލާފައިވާ ހަންޖަރު ވަނީ އަނެއް ފަރާތުން ނުކުމެފަ އެވެ. އެ ކުއްޖާގެ އަތް މުށްކެވިފައިވާއިރު، އެ އަތުގެ ތެރޭގައި، އެއްޗެއް އޮތެވެ.

އީން ދެލޯ ބޮޑުކޮށްގެން ބަލަން ހުރިގޮތުން ޔުނާންގެ މުޅި ހަށިގަނޑު ރޫރޫ އަޅައިގަތެވެ. ކައިރީގައި އެއްޗެއް އޮތްކަން އެނގުނެވެ. އަމިއްލަ ހިތް ހަމައަކަށް އަޅުވަން އޭނަ މަސައްކަތް ކުރި އެވެ. އެވަރުންވެސް ހަމައަކަށް އެޅުވޭ ގޮތެއް ނުވި އެވެ. ލޮލުގެ ހިމަކޮޅުން، ކައިރީގައި އޮތީ ކޯއްޗެއްތޯ ބަލައިލި އެވެ. ފެނުނު މަންޒަރުން، ޔުނާންގެ ހަމަބުއްދި ފިލައިދިޔަ ކަހަލަ އެވެ. އޭނަ ބާރަށް ހަޅޭއްލަވައިގަނެފައި، ފުންމައިގެން ތެދުވި އެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ދުވަމުންދިޔައިރު، އޭނައަށް ދެވޭ ނުދެވޭ އެއް ވެސް ނޭނގެއެވެ.

"ސަރ... ސަރ..." އީން ވަރަށް ބާރަށް ގޮވާލި އެވެ.

"ސަރ... މިއޮތީ..." އީން ފަސްއެނބުރިފައި ކުރިމައްޗަށް ބަލައިލިއިރު ކާވިން ހުރީ އޭނަގެ ކުރިމަތީގަ އެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

25 ޚިޔާލު

  1. Sheen

    OMG 😱 😱 😱 😱 😱 😱 😱 😱 😱 😱 SPEECHLESS 😶 🤔🤔🤔🤔🤔🤔🤔🤔 furathama bai kiyaalaafaves vaahaka ah hiy ekee dhevijje 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚💚💚💚💚💚💚 Vvvvv interest vejje. Feshun genes dhewfa ingoiy vvvv hiygaimu 💙💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜💜💜💜💜 Sifakohdheefa in gothun characters thakuge varugadhakan sifavi. Adhi hama ehenme maahauluge biruverikamaa hingaigen ulhey kamuge serious kamaa bodukan dheyhakohdhey 💛💛💛💛💛💛💛💛🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤💛💛💛💛💛💛💛🖤🖤🖤🖤🖤🖤🖤💛💛💛💛💛💛💛💛💛💛💛💛💛💛 Yunaan akee kihaa findi meehehkamaa kuriah huri baithakuga eyna ulheyne haalu eba ihusaaskurevey 😀😀😀😀😀😀😀😀😀😀😀😀😀😀😀 Vaahaka feshumuge kuri vaahaka aa beheygothun genes dheefa in statement vv fakkaa.. Ehen bunela dheefa inee readers ah v faseyhavaane kuriah dhaan 💓💓💓💓💓💓💓💓💓💓💓❤️💚💙💜🖤💛❤️💚💙💜🖤💛❤️💚💙💜🖤💛❤️💚💙💜🖤💛❤️💚💙💜🖤💛❤️💚💙💜🖤💛❤️💚💙💜🖤💛 Mi part kiyaaleemaves ingijje mie hama eh vanaige vaahaka akah vaanekan. One of my favorite style. Super natural. Wow. Kuriah huri baithah kiyaahithun hama keiy nuvey sahaadheh 🌹🌹🌹🌹🌹🌹🌹🌹🌹🌹💛💛💛💛💛💛💛🌹🌹🌹🌹🌹🌹🌹💜💜💜💜💜💜💜🌹🌹🌹🌹🌹🌹🌹💙💙💙💙💙💙💙🌹🌹🌹🌹🌹🌹🌹💚💚💚💚💚💚💚 Eysh thee hama raneh maleh kahala writer eh ingey😍😍😍😍😍😍😍😍😍😍😍😍😍😍😍😍 Lysm😘😘😘😘😘😘😘😘😘😘😘😘 Waiting for the next part. 🧡💙🌹♥️💓❤️🖤💛💜💙🌹💚♥️😍❤️🖤😘💜💛❤️♥️💚🌹💙🧡💓❤️🖤💛😘😍♥️💚

    • އޭޝް

      Thank u so much dear 😊❤

  2. Aimina

    Wowwww vvvvv reethi.. Alhey story ge name ves ehaa reethi. 😍😍😍

    • އޭޝް

      Thank u so much dear 😊❤

  3. kurangi

    varah reethi 😘😘😘

    2
    1
    • އޭޝް

      Thank u so much dear 😊❤

  4. ލިވީ

    އޭޝް މި ޕާޓް ވަރަށް ރީތި😘👌 އުއްމީދުކުރަން ނެކްސްޓް ޕާޓް ވެސް ވަރަށް ރީތިވާނެކަމަށް❤️❤️ އަދި މިފަދަ ރީތި ވާހަކައެއް ލިޔުމުގެ ހެޔޮ ތައުފީޤު އޭޝް އަށް މިންވަރުކުރަށްވާށި އާމީން😊

    • އޭޝް

      Aameen
      Thank u so much dear😊❤

  5. ލިވީ

    އޭޝް މި ޕާޓް ވަރަށް ރީތި😍👌👌 އުއްމީދުކުރަން ނެކްސްޓް ޕާޓް ވެސް މިހާ ރީތިވާނެ ކަމަށް🥰އަދި މިފަދަ ރީތި ވާހަކައެއް ލިޔުމުގެ ހެޔޮ ތައުފީޤު އޭޝް އަށް މިންވަރުކުރަށްވާށި އާމީން🙂🙂

    • އޭޝް

      Aameen
      Thank u so much dear 😊❤

  6. Me

    Masha Allah ❤️ wowsome as always.. I always like these kind of stories.. investigations and murder cases.. waiting impatiently for the next part 🥰😍

    • އޭޝް

      Thank u so much dear 😊❤

  7. ލަމް

    ހާދަ ހިތްގައިމު ފެށުމެކެވެ. ހިތްދެވިއްޖެއެވެ. ޝައުޤުވެރިވީވަރުންނެވެ. ހާދަ މޮޅެވެ ސިފަކުރުންތަކެވެ. އެހާމެ ރީއްޗެވެ. ޢިބާރާތް ކުރުންތަކެވެ. ވަރަށް އުފެއްދުންތެރިއެވެ. އޭޝްގެ ހިޔާލެވެ. ވަރަށް ފުރިހަމައެވެ. ގެނެސްދޭ ގޮތެވެ. އިންތިޒާރު ކުރަމެވެ. ކުރިއަށް ބަޔަށެވެ. ވަކިވެލަމެވެ. މިވަގުތަށެވެ.

    • އޭޝް

      Thank u so much dear 😊❤

  8. Yanaa

    Varah varah varah reethi.maa sha Allah.curiously waiting waiting waiting for the next part…ly sisoo

    • އޭޝް

      Thank u so much dear 😊❤

  9. Kairaa

    Omg speechless….varah varah varah reethi…masha allah….sis thee hama best😍😍😍…..vaahakaage feshun vx hama ehaa furihama….vhk ge dhn huri bai thah vx hama mihaa reethi vaane kamah unmeedhu kuran…..nxt part ah inthizaaru kuran…..whn nxt sis…

    • އޭޝް

      Thank u so much true 😊❤ mee mulhin ehen vaahaka eh. Story ga ulhey meehun ves thafaathuvaane.. Ekam case ga gothah mi story ga ves investigation thakeh kuriyah dhaane.

  10. ޓުރޫ

    Miyy cases number 1 aa gulhuvaafa Inna story eh dhw
    EY story ga ulhey baeh meehun ulhey thiyy mi ahaaly

    • އޭޝް

      Thank u so much Kai 😊❤

  11. ކިޔާމީހާ

    ފެށުން ވަރަށް ކަމުދޭ
    ވާހަކަ ގެނެސްދޭނީ ހަފްތާއަކު ކިތަށް ދުވަހު؟ އެހެން ލިޔުންތެރިންގޮތަށް މެދު ނުކެނޑި ގެނެސްދޭނެކަމަށް އުއްމީދު ކުރަން

    • އޭޝް

      In Sha Allaah hafthaa aku 2 dhuvahu genesdheveytho masakkaiy kuraanan.. Thank u so much dear 😊❤

  12. Saana

    wow very nice.kihineh baa dhen vaany.waiting for next part

    • އޭޝް

      Thank u so much dear 😊❤

  13. Pari

    Bunaane echeh neiii v furihama