loading ...
loading ...
ބޭރަށް ނުގޮސް ގޭގައި ތިބެންވީ ކީއްވެ؟

ބޭރަށް ނުގޮސް ގޭގައި ތިބެންވީ ކީއްވެ؟

0 comment

ގޭގައި ތިބެންވީ ކީއްވެ ހެއްވެ؟ ސަބަބުތައް ވަރަށް ގިނައެވެ. ނަމަވެސް ގެއިން ބޭރަށް ނުގޮސް ގޭގައި ތިބެން ދިވެހިންނަށް ވަރަށް އުނދަގޫ ވާނެއެވެ. އެއީ ކީއްވެގެން ތޯއެވެ. ސަބަބަކީ ދިވެހިންނަކީ އަބަދުވެސް ގެއިން ބޭރުގައި އުޅުމަށް އާދަވެފައިވާ ބަޔަށްކަށް ވާތީ އެވެ. ނަމަވެސް މިފަދަ ނާޒުކު ދަނޑިވަޅެއްގައި ގޭގައި މަޑުކުރަން ޖެހެނީ ކީއްވެތޯ ބަލައިލަން ޖެހެއެވެ. ނޭންގޭ ނަމަ އެނގޭ މީހެއްގެ ގާތުގައި އަހައި އޮޅުން ފިލުވައި ލުން ވަރަށް މުހިންމެވެ. ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް އަކީ ވަރަށް ނުރައްކައުތެރި ވައިރސް އަކަށޤ ވީތީ އެވެ. ރައްކއުވެ ތިބިއްޔާ ދަތުރެވެ.

ވިސްނައިލަމާ ހިނގާށެވެ.

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް އަކީ ވިސްނައި ފިކުރު ކުރާ ބަޔަކަށް ނުހަނު ބޮޑު އިބުރެއް ލިބިގެންދާ ވަބާއެކެވެ. ލޮލަށް ނުފެންނަ ކުޑަކުޑަ މަޚްލޫގެއްގެ ކުރިމަތީގައި ދުނިޔޭގެ ބާރުގަދަ ޤަޤުމުތަކުން މިވަނީ ކަކޫ މައްޗަށް ތިރިވެ ހަދާނެގޮތް ހުސްވެފަ ހަތަރު އުދަރެސް ފެނުޖެހިފަ އެވެ. މިކަމުން ސަލާމަތް ވާނޭ ގޮތެއްނޭންގި މުޅި ދުނިޔެ މިވަނީ ބިރުވެރިކަމުގެ ފުން އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައޭ ދެންނެވުމަކީ ކުށަކަށް ނުވާނެ އެވެ.

އިބުރަތް ޙާޞިލްކުރައްވާ

އޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ. ﷲ އަށް ބިރުވާށެވެ. މި ނުބައި ވަބާއިން ސަލާމަތް ވުމަށް އެދި ގިނަގިނައިން ނަމާދު ކޮށް ﷲ ގެ ޙަޟްރަތުން ވާގި އެދޭށެވެ. ޑޮކްޓަރުންނާއި ޟިއްްޙީ މާހިރުން ދެއްވާ ލަފަޔާއި ސަރުކާރުން އަންގަވާ އެންގުންތަކަށް ބޯލަނބައި ކިޔަމަން ގަންނާށެވެ. އަހަރެމެންނަށް ކުރިމަތިވެފައިމިވާ ނުރައްކައުތެރި ވަބާއިން ސަލާމަތް ވުމަށް އޮތް ހަމައެކަނިމަގަކީ މިއީ އެވެ. އެއްބާރުލުން ދެއްވާށެވެ.

ކިތަންމެ ބާރުގަދަ ހަތިޔާރަކާއި އާރާއި ބާރު ހުރިނަމަވެސް އަހަރެމެން އިންސާނުންނަނީ ކިހައި އެކަނިވެރި ނިކަމެތި ބައެއްކަން ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް އަހަރެމެންނަށް އަންގައި ޔަޤީންކޮށްދީފި އެވެ. ދޮގެއް ތޯއެވެ. ކަން މިހެން ހުރި އިރު އެކަކު އަނެކަކަށް އެހީތެރިވެދެއްވާށެވެ. ﷲ އެންގެވި މަގުން އެއްކިބާ ނުވާށެވެ. އެންމެ ހިނދުކޮޅަކަށް ނަމަވެސް އަހަރެމެންގެ ނިކަމެތިކަން ހަނދާން ނައްތައި ނުލާށެވެ. މިފަދަ ކޮންމެ ކަމަކުން އިބްރަތް ޙާޟިލްކުރައްވާށެވެ. ތެދުވެރިވާށެވެ. ސާފުތާހިރުކަމަށް ލޯބި ކުރައްވާށެވެ. ސައިބޯނި ލައިގެން ގިނަގިނައިން ދެއަތްދޮވެ ސާފުުރައްވާށެވެ. ސެނިޓެއިޒަރ ބޭނުން ކުރައްވާށެވެ. ސާފުތާހިރު ޠޯހިރުކަންމަތީގައި ތިބުމަށް މާތްވެގެންވާ އިސްލާމް ދީނުގައިވެސް ވަނީ އަންގަވާފައެވެ.

ވިސްނައިލައްވާ

އެކުވެރި މިތުރުންނޭވެ. ކޮންމެހެން ނުކުންނަށް ޖެހިއްޖެ ޙާލަތެއްގައި މެނުވީ ގެއިން ބޭރަށް ދިއުން މަދު ކުރައްވާށެވެ. ގެއިން ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ އޮތް ނަމަވެސް ފުރަނާއަށް ރައްކައުތެރިވުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއް ކަމުގައި ވިސްނަމާހިނގާށެވެ. ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން ދެެއްވާ އަގުހުރި އިރުޝާދު ތަކަށް ހުރުމަތްތެރިކޮށް ހިއްތަވާށެވެ. ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށްޓަކައި ސަރުކާރުން ނިންމަވާ ނިންމެވުންތަކަށް ބޯލަނބައި ކިޔަމަން ގަންނާށެވެ.  ސަލާމަތާއި ރައްކައުތެރިކްން ލިބޭނީ އޭރުންނެވެ.

ކޮވިޑް-19 އިގެ ނުރައްކައުތެރިކަމާއި ބެހޭގޮތުން ދިވެހިރާއްގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބުދުލް ޤައްޔޫމް އިލްތިމާސް ކުރައްވާފައިވަނީ ކޮވިޑް-19 ގެ ނުރައްކާތެރިކަމުން ސަލާމަތްވުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ދެމުންދާ އިރުޝާދުތަކަށް ބޯލަނބައި، ހުރިހާ އެންމެން ވެސް ގޭގައި ތިއްބެވުމަށެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓް މެސެޖްއެއްގައި ވިދާޅުވެފައިވަނީ މި ބަލީގެ ނުރައްކަލުން ގައުމާއި ރައްޔިތުން ސަލާމަތްކުރުމަށް ކަމާބެހޭ ފަރާތްތަކުން ދެމުންދާ އިރުޝާދުތަކަށް ބޯލެނބުމަކީ ކޮންމެ މީހަކަށްވެސް ލާޒިމު ކަމެއް ކަމުގަ އެވެ. އަދި ފަރުދީ ޒިންމާ އަދާކޮށް ގޭގައި ތިބުމަށްވެސް ރައީސް މައުމޫން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައި ވާއިރު ޒަރޫރީ ބޭނުމެއް ނެތި މަގުތަކަށް ނިކުމެ ނޫޅުމަށް ސަރުކާރުން މީގެކުރިންވެސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އަދި ފުލުހުންވެސް ވަނީ އެފަދަ ބޭނުމެއް ނެތި މަގުތަކަށް ނިކުމެ އުޅޭ ފަރާތްތަކަށް ނަސޭހަތްދެއްވައި ގެއަށް ފޮނުވާލުމުގެ މަސައްކަތްތަކެއް ފައްޓަވާފަ އެވެ.

ބަސްއަހައި ކިޔަމަންގަންނާށެވެ.

ޤައުމުގެ ޙާލަތު މިވަނީ ނުހަނު ނާޒުކު ފައްތަރެއްގަ އެވެ. ދިވެހި ސަރުކާރުންވެސް ވަނީ މި ރޭ 00:00 އިން ފެށިގެން މާލެ ސަރަހައްދުގައި ހުންނަ ކެއުން ބުއިމުގެ ޚިދުމަތްދޭ ހުރިހާ ތަނެއް ބަންދުކުމަށް ނިންމަވާފަ އެވެ. ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅުއްވާފައި މިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓައި ކަން ޔަޤީނެވެ. ނަމަވެސް ހިތާމައަކީ މިފަދަ އެންގުންތަކަށް ދިވެހިން ހުރުމަތްތެރިކޮށް ހިތާނެކަމާއި މެދު ޝައްކު އުފެދޭތީ އެވެ. ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ދިވެހި ލޮބުވެތި ރައްޔިރުން ސަލާމަތާއި ރައްކައުތެރިކަމަށްޓަކައެވެ.

ރާއްޖޭގައި ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށް މިސްކިތްތައް ބަންދުކޮށް، ގޭގައި ނަމާދު ކުރަން ސަރުކާރުން އަންގާފައއެވެ. ނަމަވެސް ކެފޭ ރެސްޓޯރެންޓުތައް ބަންދު ކުރަން ނުނިންމާތީ އެކަމުގެ ފާޑުކިޔުންތައް އަމާޒުވެފައި ވާ މިދަނޑިވަޅުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މި ރޭ 00:00 އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ހުރި ކެއުން ބުއިމުގެ ޚިދުމަތްދޭ ހުރިހައި ތަންތަން ބަންދުކުރަން ނިންމާފައިވާ ކަމުގަ އެވެ.

ނަމަވެސް އެތަންތަނުން ޓޭކްއަވޭގެ ޚިދުމަތް ދިނުމުގެ ހުއްދަ ދެވޭނެ ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެއްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ކޮރޯނާ ވައިރަސް ފެނިފައިވަނީ މިދިޔަ 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީ އިންނެވެ. ނަމަވެސް، މިހާރު މި ބަލި ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމަށް ވަނީ ފެތުރިގެން ގޮސްފަ އެވެ. ހިތާމަހުރި ކަމެކެވެ. ހިތްތަކަށް ބިރުވެރި އިހްސާސްތަކެއް ކުރުވަމުންދާ ދަނޑިުވަޅެކެވެ. މި ބަލީގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީ ވިލާތުން ނެވެ. އެގައުމުން މި ބަލީގައި މިހާތަނަށް 3،405 މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް މި ބަލި އެންމެ ފުރަތަމަ ފެނުނު ޤައުމު ކަމުގައިވާ ޗައިނާ އިން މި ބަލީގައި މަރުވެފައިވަނީ 3،245 މީހުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް މުޅި ދުނިޔެއިން ވަނީ 10،000 މީހުން މަރުވެފައި އެވެ. އަދި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ދެ ލައްކަ އަށް ވުރެ މައްޗަށް އަރާފަ އެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފަ އެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު