loading ...
loading ...
އަހަރެމެން މިތިބީ ޚިދުމަތުގަ، ބަދަލުގައި ގޭގައި މަޑުކޮށްލަދީ – އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން

އަހަރެމެން މިތިބީ ޚިދުމަތުގަ، ބަދަލުގައި ގޭގައި މަޑުކޮށްލަދީ – އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން

0 comment

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންމިދާ ކޯވިޑް19ގެ ބިރުވެރިކަން އެންމެ ބޮޑަށް އިޙްސާސްކުރާނެ ބަޔަކަށް، ސިއްޚީ ޚިދުމަތުގައި ރެޔާއި ދުވާލު މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުންވާނެއެވެ. ބަލިމީހުންނާއި އެންމެ ގާތުން ފަރުވާދީ، ބަލި ރަނގަޅުވެގެން އަނބުރާ ގެޔަށް ފޮނުވާލަންދެން ބަލިމީހުންނަށް ފަރުވާދިނުމަށްޓަކައި އެންމެ އިންޗިއެއްވެސް ފަހަތަށްނުޖެހި ސިއްޚީ ޚިދުމަތްތެރީން އެތިއްބެވީ އަތުކުރި އޮޅާލައިގެންނެވެ. އަމިއްލަ ފުރާނަ އަތްމައްޗަށްލައިގެންނެވެ. އެޔާއެކެ މިއަދު އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން، ރައްޔިތުންނަށް އެމީހުންގެ ހިތުގެ އާދޭސް ހާމަކޮށްފިއެވެ. " އަހަރެމެން މިތިބީ ޚިދުމަތުގަ- އަހަރެމެންނަށްޓަކައި ތިބޭފުޅުން ގޭގައި މަޑުކޮށްލަދީ".

ބަލިމީހުންނަށް ފަރުވާ ދިނުމުގެ އިތުރުން ރައްޔިތުން ޙޭލުންތެރިކުރުވުމަށްޓަކައި، ހުރިހާ މީޑިޔާތަކެއްގައި ކޮންމެ ދުވަހަކުވެސް ޑޮކްޓަރުންނާއި ނަރުހުންދަނީ އެކިއެކި ޕްރޮގުރާމުތަކުގައި ބައިވެރިވަމުންނެވެ. މި ވައިރަސްއާއި ބެހޭ އެންމެ ފަހުގެ ހޯދުންތަކާއި،މަޢުލޫމާތު އަދި ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ތަކުރާރުކޮށް ހަނދާންކޮށްދިނުމުގެ މަޤުސަދުގައެވެ.

ކޯވިޑް 19 އަކީ މުޅިން އާ ވައިރަސްއަކަށް ވެފައި، ބައްޔާއި ބެހޭގޮތުން ތަފާތު ހޯދުންތައް އަދިވެސް ހޯދަމުންދާއިރު، އެންމެ ފަހުގެ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އެ މަޢުލޫމާތުތަކުގެ އަލީގައި ބަލިމީހުންނަށް ފަރުވާކުރަމުންދާއިރު މިއީ ސިއްޚީ ޚިދުމަތްތެރިންނަށްވެސް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއްކަން ޔަޤީނެވެ.

ވަކިން ޚާއްސަކޮށް މަދުވެގެން 8 ގަޑިއިރު ހޮސްޕިޓަލުގައި ހޭދަކޮށް އެނބުރި އަމިއްލަ މައިންބަފައިންނާއި ދަރިން ކައިރިޔަށް ދިޔުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ވުމާއެކު މިކަމުގައި ނަރުހުންނާއި ޑޮކްޓަރުން މިފަހަރު އެހީތެރިކަމަށް މިއެދެނީ އާންމު ރައްޔިތުންގެ ކިބައިންނެވެ. މާ ބޮޑުކަމެއް ކޮށްދޭށެކޭ ނޫނެވެ. ހަމައެކަނި މިދުވަސްކޮޅު ގޭގައި މަޑުކޮށްދިނުމަށެވެ.

ސަބަބަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކޮރޯނާ ވައިރަސްއަށް ފައްސިވަމުން އަންނަ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ ކިހިނެއް ކާކުގެ ފަރާތުންކަން ހޯދަން އުނދަގޫ ވަމުންދާތީއެވެ. މިހެންދިމާވަނީ މަގުމަތީގަޔާއި ، ފިހާރަ ރެސްޓޯރެންޓުތަކަށް ގޮސް ވަކިން ޚާއްސަކޮށް މީހުން އެއްވެ އުޅޭ ތަންތަނުގައި ގިނަ ވަގުތު ހޭދަކުރަމުންދާތީއެވެ. އަދި ކޯވިޑް19ގެ އަލާމާތްތައް ފެންނަން 1 ދުވަހާއި 14 ދުވަހުގެ މުއްދަތެއް ހޭދަވާއިރު މި މުއްދަތުގެ ތެރޭގައި ބައެއްފަހަރު ބަލިމީހާގެ ކިބައިން އެއްވެސް އަލާމާތެއް ނުފެނިވެސް އެހެންމީހަކަށް މިބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު