loading ...
loading ...
ޔައުޖޫޖް މައުޖޫޖް: ފައުޅުވާނީ ކޮންއިރަކުން، ކޮންތާކުން؟ 02

ޔައުޖޫޖް މައުޖޫޖް: ފައުޅުވާނީ ކޮންއިރަކުން، ކޮންތާކުން؟ 02

1 comment

"ހިމާލިޔާ ފަތުބަދަތަކުގެ ކައިރީގައި ދިގު ދިގު ފާރެއް ލެވުނެވެ. އެފާރުގެ ސަބަބުން ވެތުވެދިޔަހާދުވަހު އެނުލަފާ މީހުންގެ ފަރާތުން ދުނިޔެ ސަލާމަތްވެގެންވިއެވެ. ކުރީގެ ފާރިސްކަރައިގެ ދަރުބަންދުގެ ކައުކާސިއާގެ ފަރުބަދަތަކުގެ ސަރަޙައްދުގައި އުޅުއްވި ރަސްރަސްކަލުންގެ ތެރެއިން ޛުލްޤަރުނައިނާއި ގުޅުންހުރި ރަސްރަސްކަލުންވެސް އެފާރު ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ހުރަސްތައް ހަދާ އުޅުނެވެ. އެއީ ތަތާރުންގެ މީހުންނާއި އިންވެގެންވާ މަގުތައް ބަންދުކޮށް ވަކިކުރުމުގެ ގޮތުންނެވެ"

އެނާ އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި ޔައުޖޫޖު މައުޖޫޖް ބާގައިގެ މީހުންނަކީ މޮންގޯލުން އަދި މަންޗޫ ނަސްލުގެ ބައެއްކަމަށެވެ. މި ދެނަސްލަކީވެސް އޭޝީއާ ދަރިކޮޅުގެ ދެނަސްލެވެ.

ކިއުންތެރިންގެ މައުލޫމާތައްޓކައި ދަންނަވަން- ނޫކުލައިން ލިޔެފައި އެވަނީ ފުރަތަމަ ބައިގެ ނިމުމެވެ.

އެހެންކަމުން ޤުރުއާނުގައި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ގޮތުގައި ސިފަކޮށްދެއްވާފައިވަނީ މަންޗޫރިއަންއާއި މޮންގޯލް އަދި މީގެ އިތުރަށް އެޝިއާއާއި ޔޫރަޕްގެ ޤަބީލާތަކުގެ ނުވަތަ ނަސްލުތަކުގެ ބަޔަކު މުސްތަޤްބަލްގައި އުފައްދާނޭ ފިތުނަ ފަސާދަކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ.

13 ވަނަ ޤަރުނުގައި ގަދަފަދަ އެމްޕަޔަރެއްކަމުގައިވި މޮންގޯލުންނަކީ ތާރީޚްދުއް އެންމެ އަނިޔާވެރި އަދި އެންމެ ނާތަހުޒީބި ލަޝްކަރެވެ. އެންމެ ފުރަތަމަ ގަންގިސް ޚާން އަދި އޭނާއަށް ފަހު އޭނާގެ ކާފަ ދަރި ހުލަގޫ އެލަޝްކަރެއްގެ ވެރިކަންކުރި މޮންގޯލުންނާއި ތަތާރުން ހިމެނޭ މިދެންނެވި ލަޝްކަރުންވަނީ އެތަކެއް ޤަޠުލްޢާންމުތައް ހިންގާ އެތައްބައެއް ކަތިލާފައެވެ.

ތާރީޚީ މަސްދަރުތަކުން ސާބިތުވާގޮތުގައި އެބައިމީހުންވަނީ އެމީހުންނާ ކުރިމަތިވި ކޮންމެ އެއްޗެއްމެ ކުދިކުދިކޮށް ފުނޑުފުނޑު ކޮށްފައެވެ. އަދި ދިމާވި ކޮންމެ މީހެއްމެ ކަތިލާ ޤަތުލުކޮށްފައެވެ. އަންހެނެއް، މުސްކުޅިއެއް ނުވަތަ ކުޑަކުއްޖަކަށްވެސް ބެލުމެއްނެތިއެވެ.

މިގޮތުގައި އެބައިމީހުން އެނަޓޯލިއާ (ކަޅުކަނޑާއި މެޑިޓަރޭނިއަން ކަނޑުގެ ދެމެދުގައިވާ ސަރަޙައްދެއް) އާހަމައަށް އާދެވުމުން ތުރުކީގެ މެދުތެރޭގައިވާ ރަށްތައްކަމުގައިވާ ސިވާސް، ކޭސަރީ އަދި ތޮކާތްއިން އެތައްހާސް ބަޔަކު ގަތުލުކޮށްފައިވެއެވެ. އަދި އެމީހުންގެ ބާރުގެ ދަށަށް ގެނދާ ރަށްތަކުގެ މިސްކިތްތަކާއި، ލައިބްރަރީތަކާއި، މަދްރަސާތައް ތަޅާ ފުނޑުފުނޑު ކުރިއެވެ.

ތާރީޚީ ލިޔުންތަކުން ދޭހަވާ ގޮތުގައި ބައެއްސަރަހައްދުތަކުން އެމީހުންވަނީ އެތައްމިލިއަން މަޚްލޫޤެއް ޤަޠުލުކޮށް މަރާހަދާފައެވެ. އެގޮތުން ކުއްތާއާއި ބުޅާފަދަ ޖަނަވާރުތައްވެސް އެބައިމީހުން މަރާހަދާފައިވެއެވެ.

މޮންގޯލުންނެކޭ އެއްފަދައިން މަންޗޫސް ބާގައިގެ މީހުންނަކީވެސް ހަމަ އެފަދަ އިންސާނިއްޔަތާ ޚިލާފް ނާތަހުޒީބު އެތަކެއް ޖަރީމާތަކެއް ހިންގާފައިވާ ބައެކެވެ.

މިގޮތުން ބަދިއުއްޒަމާން އޭނާގެ ދިރާސާތަކުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި މޮންގޯލުންނާއި މަންޗޫސުންނަކީވެސް ފަހުޒަމާނުގައި ފައުޅުވާނެ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ކާބަފައިންނެވެ. މި ވާހަކަ ބަޔާންކޮށްދެއްވަމުން ބަދިއުއްޒަމާން އޭނާގެ ލިޔުއްވުމެއްގައި ވިދާޅުވެފައިވެއެވެ:

"ދުނިޔޭގެ މަޝްހޫރު ބިނާއެއްކަމުގައިވާ އެތައްދުވަހެއްގެ ރާސްތާގެ ދިގު ސީނުކަރައިގައިވާ ބޮޑުފާރަކީ ޤުރުއާނުގައި ބަޔާންވެގެންވާ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ނުވަތަ މޮންގޯލުންނާއި މަންޗޫރިއަން ޤަބީލާގެ މީހުންގެ އަނިޔާވެރިކަމުން ސީނުކަރައާއި އުތުރުކަރައިގެ މީހުން ސަލާމަތްކުރުމަށް ބިނާކުރެވުނު ފާރެކެވެ.

މި ދެންނެވި ޤަބީލާތަކުގެ މީހުންނަކީ ދުނިޔޭގެ އިންސާނީ ނަޞްލު އެތައްފަހަރެއްގެ މަތިން ނާންމާންކަމާ ބިރުވެރިކަމުގެ ތެރެއަށް ވައްޓާލާ އިންސާނިއްޔަތާދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައިވާ ބައެކެވެ. އެގޮތުން ހިމާލިޔާގެ ފަރުބަދަތަކުގެ މަތިން ބިމަށްފައިބާ ދުނިޔޭގެ އިރުން ހުޅަގަށް އެތަކެއް ފަސާދަތަކެއް އެބައިމީހުން ހިންގާފައިވެއެވެ.

ފަހުޒަމާނުގެ އަލާމާތެއްކަމުގައި ދުނިޔެއަށް އަންނާނެ ފިތުނައިގެ ވެރި ދައްޖާލު ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފައުޅުވުމަށް މަގު ފަހި ކުރާނެއެވެ.

މި ދުނިޔޭގެ ނިމުން އަނާނެގޮތާއި ގުޅޭގޮތުން ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ބަޔާންކުރައްވާފައިވާ ހަދީސްފުޅުތަކުން ދޭހަވާ ގޮތުގައި ޤިޔާމަތް ދުވަސް ކައިރިވުމުން ދުނިޔޭގައި ކާފިރުކަމާ ނޭއްގާނީ ކަމާ ހަމަނުޖެހުން އުފައްދާ އިސްލާމީ ރިވެތި އަޚްލާގުން އިންސާނުން އެއްކިބާކޮށް ފިތުނަ ފަސާދަ އުފެއްދުމަށް ދައްޖާލު ފާޅުވާނެއެވެ.

ނުނިމޭ

ނޯޓް: މި ލިއުން ވިދާޅުވުމަށްފަހު ކަމުދާނަމަ އިތުރު ފަރާތަކަށް ކިޔާލުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުން ޝެއަރ ކޮށްލަ ދެއްވާ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

1 ޚިޔާލު

  1. ފިރާ

    ވަރަށް ކަމުދޭ….. 3 ވަނަބައި ކޮން ދުވަހަކުންތޯ…..