loading ...
loading ...
ޕާކިސްތާނުގައި ތިބި މެޑިސިން ކިޔަވާ ދަރިވަރުން ރާއްޖެ ގެންނަނީ

ޕާކިސްތާނުގައި ތިބި މެޑިސިން ކިޔަވާ ދަރިވަރުން ރާއްޖެ ގެންނަނީ

0 comment

ފޮރިން މިނިސްޓްރީ އިން ބުނެފައިވާގޮތުން ޕާކިސްތާނުގައި މެޑިސިން ކިޔަވަމުންދާ ހަ ދަރިވަރަަކު ރާއްޖެ އައުމަށް ރޭ ފުރާފައިވާ ކަމަށާއި މިރެޔަށް ރާއްޖެ އާދެވޭނެކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވާ ކޮރޯނާގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދިވެހި ސިއްހީ ޕްރޮފެޝަނަލުން ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިކުރުމަށް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ.

ސަރުކާރުން މީގެ ކުރިން ވަނީ ނޭޕާލުގައި ތިބި މެޑިސިން ކިޔަވާ ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ކޮށްފަ އެވެ. އެގޮތުން އެގައުމުގައި ތިބި 51 ޑޮކްޓަރުންގެ ތެރެއިން 33 ޑޮކްޓަރަކު ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނެސްފައިވާއިރު އަމިއްލަ ހަރަދުގައި 10 ޑޮކްޓަރަކު ވަނީ ރާއްޖެ އައިސްފަ އެވެ

ރާއްޖެ އައުމަށް ރެޖިސްޓްރީވެފައިވާ އިތުރު 17 ދަރިވަރަކު ނޭޕާލުގައި ތާށިވެފައިވާއިރު އެ ކުދިންގެ ސަމާލަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކަށް އެ ބަލި ޖެހުނު އިރު ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު