loading ...
loading ...
ކޮވިޑްއަށް ޝައްކުވެ މަނަފަރު ރިސޯޓް މޮނީޓަރިންއަށް

ކޮވިޑްއަށް ޝައްކުވެ މަނަފަރު ރިސޯޓް މޮނީޓަރިންއަށް

0 comment

ރާއްޖޭގެ އުތުރުގައި ހިންގާ ލަގްޒަރީ ރިސޯޓު ޖޭއޭ މަނަފަރު ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން،މޮނިޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައި ވަނީ އެ ރިސޯޓުގައި ހުރި ދިވެއްސެއްގެ ގައިން ކަމަށެވެ.

އަދި މިހާރު އޭނާގެ ސާމްޕަލް ނަގާ ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްތަކަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާވާނެއެވެ.

މިހާރު މަނަފަރު ރިސޯޓާއެކު މޮނިޓަރިންގެ ހާލަތުގައި އޮތީ ރީތި ބީޗު ރިސޯޓެވެ. އެ ރިސޯޓުން ދިވެއްސަކާއި ބިދޭސީއެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު