loading ...
loading ...
ޝީޝާ ބޮއެގެންނާއި ކާބޯތަކެތީގެ ހިދުމަތްދިން ކެފޭތަކެއް ޖޫރިމަނާކޮށްފި

ޝީޝާ ބޮއެގެންނާއި ކާބޯތަކެތީގެ ހިދުމަތްދިން ކެފޭތަކެއް ޖޫރިމަނާކޮށްފި

0 comment

ކޯވީޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާލޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ހޮޓާ، ރެސްޓޯރަންޓް އަދި ކެފޭ ފަދަ ތަންތަން ސަރުކާރުން ބަންދުކުރަން އަންގާފައި ވަނިކޮށް ޝީޝާގެ ހިދުމަތް ދީގެންނާއި ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ސަބަބުން މާލޭގެ ކެފޭތަކެއް ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ސަބަބުން 2020 މާރިޗު މަހުގެ 22 ވަނަ ދުވަހު މާލެއިން ކެފޭ، 24 ވަނަ ދުވަހު ދެ ކެފޭ އަދި 20 ވަނަ ދުވަހު ޝީޝާ ބޮއެގެން ކެފޭއެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިއިން ކޮންމެ ތަނެއް ޖޫރިމަނާ ކުރެވުނީ 5000 ރުފިޔާއިން ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، 12:00 އިން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުގެ ހުރިހާ ރެސްޓޯރަންޓްތަކެއް ބަންދުކުރީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

ރެސްޓޯރަން، ކެފޭ ފަދަ ތަންތަން ބަންދުކޮށޤފައި ވީ ނަމަވެސް ޓޭކްއަވޭގެ ގޮތުގައި ޑެލިވަރީގެ ހިދުމަތް ދިނުން މަނައެއްނޫނެވެ.

 

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު