loading ...
loading ...
ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ވަރަށް އަގުހުރި ފިލާވަޅުތަކެއް - ހޯމް މިނިސްޓަރ

ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ވަރަށް އަގުހުރި ފިލާވަޅުތަކެއް - ހޯމް މިނިސްޓަރ

0 comment

އަޅުގަނޑުމެން ދިވެހިންނަކީ ކިތަންމެ ބައި މަދު ބައެއްކަމުގައި ވިޔަސް، އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމުގެ މިނިވަންކަމާއި، އަމިއްލަވެރިކަމާއި، މި ރާއްޖޭގައި ޤަރާރުވެފައި އޮތް ހަމަޖެހުމާއި، ސުލްހަ މަސަލަސްކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އަދި ޒަމާނުއްސުރެ ދިވެހިން ތަބާވެގެން މިތިބަ އިސްލާމް ދީނުގެ މަތިވެރި ރިސާލަތުގެ މުހިންމުކަމަކީ ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ދަސްކޮށްދޭ އެންމެ އަގު ހުރި ފިލާވަޅު ކަމުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ދެއްވި ޚިތާބުގައެވެ.

މިނިސްޓަރ ވިދާޅުވީ ޝަހީދުންގެ ދުވަހަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަމާއި، އަމަންކަމާއި، ރައްޔިތުންގެ މަސްލަހަތު ހަމައެކަނި ވެރިކަން ކުރާ ފަރާތުން ކުރާ މަސައްކަތަކުން ނުހިފެެއްޓޭނެކަން ހަނދާންކޮށްދޭ ދުވަހެއް ކަމަށާއި، އެކަންކަމަކީ މިއަދުގެ ޖީލުން ފިލާވަޅު ލިބިގަނެ، އެއަށް ބިނާކޮށް އަމަލުތައް ބައްޓަން ކުރަން ޖެހޭ ކަންތައްތަކެއް ކަމަށެވެ. އަދި ދިވެހިން ވާންވީ ޝަހީދު އަލި ރަސްގެފާނު ފަދައިން ދިވެހިންގެ ސަލާމަތަށްޓަކާއި އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރާނެ ބަޔަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ގެ ސަބަބުން، ދިވެހިންގެ އާންމު ސިއްހަތަށް ބޮޑު ނުރައްކަލަކަށް ވެފައިވީ ހިނދު މި ދެންނެވި ޤައުމީ ޖިހާދުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ ޚިދުމަތްތެރިންނާއި، ސަލާމަތީ ޚިދުމަތްތަކާއި، ދަރުމަވެރިންނާއި، އެހެންވެސް ފަރާތްތަކުން ވަމުން އަންނަ ޤުރުބާނީ ފާހަގަކުރައްވައި، އެ ފަރާތްތަކަށް ޝުކުރާއި ތަޢުރީފް ހައްގުކަމުގައި މިނިސްޓަރ ގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.

ދިވެހިން ވާންވީ ޝަހީދު އަލި ރަސްގެފާނު ފަދައިން ދިވެހިންގެ ސަލާމަތަށްޓަކާއި އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރާނެ ބަޔަކަށް ކަމަށާއި، މި ދަނޑިވަޅުގައި އާއްމުންގެ ރައްކަލަކަށް އަޅާ ފިޔަވަޅުތަކަށް ބޯ ލެނބުމުގައި ފަރުދީ ޒިންމާ އަދާކުރަން، ސަރުކާރާއި ގުޅިގެން، ސަރުކާރާއި އެއްކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ވެސް ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު