loading ...
loading ...
ކޮވިޑް-19: އިތުރު އެއްހަފްތާއަށް ސަރުކާރު ބަންދުކުރުމަށް ނިންމައިފި

ކޮވިޑް-19: އިތުރު އެއްހަފްތާއަށް ސަރުކާރު ބަންދުކުރުމަށް ނިންމައިފި

0 comment

އިތުރު އެއް ހަފްތާއަށް ސަރުކާރުގެ އޮފީސްތަކާއި، ސްކޫލުތައް ބަންދުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ މިގޮތަށް ނިންމެވިކަން އިއުލާން ކުރެއްވީ ދަރުބާރުގޭގައި މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވާއިރު، ސިއްހީ އިދާރާތަކުން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިދުވަސްކޮޅު ގޭގައި މަޑުކޮށްގެން ތިއްބެވުމަށޤ އިލްތިމާސް ކުރައްވާފައެވެ. މި ދަނޑިވަޅުގައި ސިއްހީ ތަޖުރިބާކާރުން ދެއްވާ ލަފަޔާ އެއްގޮތަށް އަމަލު ކުރެއްވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތައް ބަންދުކޮށްފައި ވީނަމަވެސް އެޑިޔުކޭޝަނުން ވަނީ ދަރިވަރުންނަށް ފިލާވަޅުތައް ނުގެއްލޭގޮތަށް ކިޔަވައިދިނުމުގެ އިންތިޒާމްތައް ހަމަޖައްސަވާފައެވެ.

 

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު