loading ...
loading ...
ކޮވިޑް 19: އަށް މީހަކު ވަނީ ބަލިން ރަނގަޅުވެފައި

ކޮވިޑް 19: އަށް މީހަކު ވަނީ ބަލިން ރަނގަޅުވެފައި

0 comment

ރާއްޖޭގައި ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން އަށް މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގައެވެ.

ރައީސް ވިދާޅުވީ މި ބަލިން އަށް މީހަކު ރަނގަޅުވެފައި ވިޔަސް ބާކީ ތިބި ފަސް މީހުންނަށް އަދިވެސް ފަރުވާދެމުން އަންނަ ކަމަށެވެ. މި ފަސްމީހުންގެ ހާލުވެސް ރަނގަޅުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަސް މީހުން ރަނގަޅުވެފައި ވިޔަސް މިއީ މި ބަލި ނުފެތުރޭނެ ކަމަށް ނިންމަންވީ ވަގުތެއް ނޫން ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބަލި މި އަންނަނީ ހަލުވިކަމާއެކު ފެތުރެމުން ކަމަށެވެ. އެހެންކަމުން ރާއްޖެއަށް މި ބަލި ނާންނާނެ ކަމަށް ދެންނެވޭކަށް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ތިންލައްކަ އަށް އަރާފައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު