loading ...
loading ...
72 މިލިޔަން ރުފިޔާގެ ޑްރަގު ހޯދައި 11 ދިވެހިން ހައްޔަރުކޮށްފި

72 މިލިޔަން ރުފިޔާގެ ޑްރަގު ހޯދައި 11 ދިވެހިން ހައްޔަރުކޮށްފި

0 comment

ހަތްދިހަ ދެމިލިޔަން ރުފިޔާގެ މަސްތުވާ ތަކެތި ހޯދައި 11 ދިވެހިން ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިތުރުން މެރިން ޕޮލިސް ގުޅިގެން ހިންގި މި ބޮޑު އޮޕަރޭޝަނެއްގައި 61.06 ކިލޯގެ ޑްރަގު ހޯދާފައިވަނީ މަސްދޯންޏަކުންނެވެ. އަދި މި އޮޕަރޭޝަން ގައި11 ދިވެހިންވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މި އޮޕަރޭޝަން ކާމިޔާބު ވެފައި ވަނީ ނުވަ ދުވަހު ފުލުހުން ކުރެއްވި ނުހަނު ބުރަ މަސައްކަތުން ކަމުގަ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ނުވަ ދުވަހު ފުލުހުންކުރެއްވި ބުރަ މަސައްކަތުން 61.06 ކިލޯ ގުރާމްގެ މަސްތުވާ ތަކެތި މަސްދޯންޏަކުން އަތުލައިގެންފައިވާކަމުގަ އެވެ. މި ތަކެތީގެ އަގަށް 72 މިލިޔަން ދިވެހިރުފިޔާ އަރާނެކަމަށް ވެސް ޝީޕީ ވިދާޅުވި އެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި11 ދިވެހިން ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި 11 ދިވެހިންގެ ތެރޭގައި ހިމެެނެނީ މަސް ދޯނިން ހައްޔަރު ކުރި 7 ދިވެހިންނާއި މާލެ އާއި ހުޅުމާލެއިން ހައްޔަރުކުރި 4 ދިވެހިންނެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު