loading ...
loading ...
މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

0 comment

އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓުގެ މުވައްޒަފަކު އެ ރިސޯޓުގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެފައިވާ މައްސަލައެއްގައި އެ ރިސޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި އެ ރިސޯޓުގައި ހުއްޓައި ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެދަށަށްގެންދެވިފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގަ އެވެ.

ފުލުހުން ވިދާލުވީ އެމީހާ ހަމަނުޖެހުން ހިންގާފައިވަނީ ރިސޯޓުން މުވައްޒަފުން ފޭބުން މަނާކޮށްފައިވަނިކޮށް، ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާކަމަށް ބުނެ ރިސޯޓުން ފައިބަން ބޭނުންވާކަމަށް ރިސޯޓުގެ މެނޭޖްމެންޓުގައި އެދުމުން، އެޗްޕީއޭގެ އެންގުމާއި ޚިލާފަށް ރިސޯޓުން ނުދެވޭނެކަމަށް މުވައްޒަފަށް އަންގައި، އެޗްޕީއޭއާ ގުޅިގެން އެކަން ކުރިއަށް ގެންދަން، ރިސޯޓުގެ މެނޭޖްމެންޓުން މަސައްކަތް ކުރަމުންދަނިކޮށް އެކަމާ ހިތްހަމަނުޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމުގަ އެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް 24 މާރިޗު 2020 ވަނަ ދުވަހު މާފުށީ މެޖިސްޓްރޭޓް ކޯޓުގައި ދެންނެވުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތު ފެއްވާފަ އެވެ. މި މުއްދަތު ދެއްވާފައިވަނީ ޝަރީއަތް ކުރުމާއިބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 5ވަނަ މާއްދާގެ (ށ) ގެ ދަށުން އޭނާގެ ޣައިރު ޙާޟިރުގަ އެވެ. މިމައްސަލަ ފުލުހުން ގެންދަވަނީ އިތުރައް ތަޙްޤީޤް ކުރައްވަމުން ނެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު