loading ...
loading ...
އެޓޯލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުޅުދުއްފުށިގައި ފަށަނީ

އެޓޯލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުޅުދުއްފުށިގައި ފަށަނީ

0 comment

މި މަހު 21ން 24އަށް ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ 9 ވަނަ އެޓޯލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި 14 ޓީމަކުން ޝައުޤުވެރިކަން ފާޅުކޮށްފިއެވެ. 

އެތްލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މުންތަޤިމް ވިދާޅުވިގޮތުގައި ރާއްޖޭގެ ސްކޫލް މަދަރުސާ ކޮލެޖް ތަކާއި އެސޯސިއޭޝަންގެ މެމްބަރ ކްލަބްތަކަށް ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިއަހަރުގެ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.  ބައިވެރި ވުމުގެ މުއްދަު ހަމަވި އިރު 14 ޓީމަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ވެސްމުންތަޤިމް ވިދާޅުވިއެވެ. އަދި ޓީމްތައް ޔަޤީންވާނީ ޓީމްލިސްޓް ހުށަހެޅުމުގެ މުއްދަތު ހަމަވުމުންކަމަށާއި، ޓީމްލިސްޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލާއި، ޖަލާލުއްދީން ސްކޫލާއި، ގއ.ދާންދޫ ސްކޫލާއި، ތިނަދޫ ޒުވާނުންގެ ކްލަބާއި، ފުވައްމުލަކުގައި ހުންނަ އެއަތޮޅު ތަޢުލީމީ މަރުކަޒާއި، މަދަރުސަތުލް ޝެއިޚް މުޙައްމަދު ޖަމާލުއްދީނާއި، ހާފިޒް އަޙްމަދު ސްކޫލާއި، ހދ.ނޮޅިވަރަމް ސްކޫލާއި، ވައިކަރަދޫގައި ހުންނަ ހދ.އަތޮޅު މަދަރުސާއާއި، މާލޭ ކޭވައި ސްޕޯޓްސް އެކަޑަމީއާއި، އެމްއެސް ހެލްޕިންގ ހޭންޑް ސްޕޯޓްސް އެކަޑަމީއާއި، ތާޖުއްދީން ސްކޫލް އަދި ކްލަން އީގަލްސްއެވެ.

އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް ކުރިޔަށް ދާނީ އަންހެން ފިރިހެން ވަކިން 3 ޢުމުރުފުރާއަކަށެވެ. މުބާރާތުގައި 13އަހަރުންދަށް، 16އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ޢުމުރުފުރާގައި ޖުމްލަ 66 އިވެންޓް ކުރިޔަށް ދާނެއެވެ.

އަންހެން ފިރިހެން ވަކިން ވަނަ ހޮވާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 7000 ރުފިޔާ، ދެވަނަ ޓީމަށް 5000 ރުފިޔާ އަދި ތިންވަނަ ޓީމަށް 3000ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހަޅާފައެވެ.

2015ވަނަ އަހަރު ގދ. ނަދޫގައި ބޭއްވުނު 8 ވަނަ މަކީޓާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގެ ފިރހެން ޗެމްޕިއަން ޓީމަކީ ޏ. ތޮޅު ތަޢުލީމީ މަރުކަޒެވެ. އަންހެން ޗެމްޕިއަން ޓީމަކީ ގދ. ތޮޅު ތަޢުލީމީ މަރުކަޒެވެ. ފިރހެން ބެސްޓް އެތުލީޓަކީ ތިނަދޫ ޒުވާނުންގެ ކްލަބްގެ ޙުސައިން ރިޒާއެވެ. އަދި އަންހެން ބެސްޓް އެތުލީޓަކީ އިސްކަންދަރު ސްކޫލްގެ އާއިޝަތު ޒާރާ ޢާތިފް އެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު