-
-
ހާލުގައި ޖެހިފައިވާ މީހުންނަށް ރޯދަމަހު އެހީވާން ދެޖަމިއްޔާއަކުން ނިންމައިފި

ހާލުގައި ޖެހިފައިވާ މީހުންނަށް ރޯދަމަހު އެހީވާން ދެޖަމިއްޔާއަކުން ނިންމައިފި

ކޮވިޑް-19 ގެ ސަބަބުން ހާލުގައި ޖެހިގެން ދިވެހި ސަރުކާރުން ބަލަހައްޓަމުން އަންނަ ދިވެހިންނާއި ބިދޭސީންނަށް ކުރިއަށް އޮތް ރޯދަމަހުގައި ކާބޯތަކެތި ފޯރުކޮށްދޭން ދެ ޖަމްއިއްޔާއާކަމުގައިވާ މޯލްޑިވްސް އެސޯސީއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕްރޭޓާސް(މަޓާޓޯ) އާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން ނިންމައިފި އެވެ.

ADS BY FENVARU

ދެޖަމިއްޔާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާގޮތުގައި، އެ ދެ ޖަމާއަތް އެކަން ކުރާނީ ކޮކާކޯލާއާ ގުޅިގެންނެވެ.

ބަޔާނުގައި ބުނެފައިވާގޮތުގައި ކޮކާ ކޯލާ އާއި ގުޅިގެން ކުރިއަށް އޮތް 30 ދުވަހަށް 500 މީހުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށް އެ ދެ ޖަމިއްޔާ އިން ނިންމާފައިިވާ ކަމަށް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ރަމަޟާން މަހާ ކުރިމަތިލާއިރު އެތައް ބަޔަކު ހިޔާވެހިކަމެއް ނެތި ކައިބޮއެ އުޅޭނެ ގޮތެއް ނެތިފައި އެބަތިބި ކަމަށާއި ދިވެހި މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުމާ ނުލައި އޭގެ ތެރެއިން ގިނަ ބަޔަކަށް ރަނގަޅު ކާނާ ނުލިބި، ބަލިވެ އަދި އުނދަގޫ ހިސާބަކަށް ކަންކަން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބަޔާނުގައިވެއެވެ.

މި މަސައްކަތަށް ކޮކާކޯލާގެ އިތުުރުން ސަލްސާ ކޭޓަރިންގެ އެހީތެރިކަމާއެކު މާލޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް ބަދިގެއެއް ލިބިފައިވާ ކަމަށާއި އަދި ހުޅުމާލޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް ބަދިގެއެއް ހިޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ތައްޔާރުކުރާ ކާބޯތަކެތި ވަގުތީ ހިޔާތަކުގައި އުޅޭ މީހުންނަށް ބެހުމަށް ހަމަޖެހިފައިވަނީ ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުމާއެކުގައި ކަމަށާއި އަދި އެކަމުގައި ބައިވެރިވެ އެއްބާރުލުން ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ބުނެފައިވެއެވެ.

އެގޮތުން ތައްޔާރުކުރާ ކާބޯތަކެތި ވަގުތީ ހިޔާތަކުގައި އުޅޭ މީހުންނަށް ބެހުމަށް ހަމަޖެހިފައިވަނީ ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުމާއެކުގައި ކަމަށާއި އަދި އެކަމުގައި ބައިވެރިވެ އެއްބާރުލުން ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ބުނެފައިވެއެވެ.

މާލޭގައި މަގުމަތިވެފައިވާ 80އަށް ވުރެ ގިނަ ފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ޖެންޑާ މިނިސްޓްރީއާއި ޙަވާލުކުރުމާ ގުޅިގެން މި މަހުގެ 15ވަނަ ދުވަހުން ފެށިގެން އެ ފަރާތްތަކަށް ދަނީ ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން މާލެ ފުރަބަންދުކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް ރިޕޯޓުކުރެވިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ދަނީ ފޯރުކޮށްދެމުންނެވެ.

އަދި މާލެ ސިޓީ ކައުންސިލްއަށް ހުށަހެޅިފައިވާ މި ފަދަ 400އަށް ވުރެ ގިނަ ފަރާތްތަކަށް ބަޔާންކުރެވުނު އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ޓަކައި އެ ކައުންސިލްއާއެކު ޖެންޑާ މިނިސްޓްރީން މިހާރު ދަނީ ވިލަރެސްކުރަމުންނެވެ.

މި ފަދަ އެހީތެރިކަމެއް ބޭނުންވާ އިތުރު ފަރާތެއްގެ މަޢުލޫމާތު ލިބިލައްވައިފައިވާ ނަމަ ލަސްނުކުރައްވައި ޖެންޑާ މިނިސްޓްރީގެ 3328393އާ ޙިއްޞާކުރެއްވުމަށް ދަންނަވަމެވެ.