-
-
އިޝާން ލަވަކިޔުމުގެ ދާއިރާއާ ދުރުވެއްޖެ

އިޝާން ލަވަކިޔުމުގެ ދާއިރާއާ ދުރުވެއްޖެ

މޯލްޑިވިއަން އައިޑަލްއިން ވިދާލި ތަރިއެއް ކަމަށްވާ މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލައިފިއެވެ.

ADS BY FENVARU

ފޭސްބުކް މެދުވެރިކޮށް އިޝާން މިވަނީ ލަވަކިޔުން ހުއްޓާލިކަމަށް  އިއުލާންކޮށްފައެވެ. އީޝާން ބުނީ އޭނައަށް ދީނުގެ ހިދާޔަތް ލިބި، ދީނުގައި ލަވަކިޔުމާއި މިއުޒިކާ މެދު އޮންނަގޮތް ސާފްވުމުން އެދާއިރާއާ ދުރަށް ދިޔައީ ކަމަށެވެ. އިޝާންގެ ލަވައެއް އަޑުނީވޭތާ މިހާރު އަހަރެއްވެދާނެއެވެ.

އިޝާންއަކީ ރިސޯޓްތަކުގައިވެސް މިއުޒިކް ޝޯތައް ދީ އުޅުނު މީހެކެވެ.

"ފައިސާ އެކަންޏެއް ނޫން ދޯ މުހިންމީ." އިޝާން ބުންޏެވެ.

މިދާރާއާ ދުރުވެގެން އިޝާން މިހާރުކުރަމުންދަނީ ކުދިކުދި މަސައްކަތެވެ. އެމަސައްކަތުން ދިރިއުޅުމުގައި ފުދިގެން އުޅޭކަން އިޝާންވަނީ ހާމަކޮށްފައެވެ.

އިޝާން ވަނީ މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ހާސިލްކޮށްފައެވެ. އިޝާންގެ އިތުރުން އަލީ ރަމީޒަ، އިބްރާހިމް ރަމީޒް  އަދި މުމްތާޒް މޫސާ ވަނީ ލަވަކިޔުމުގެ ދާއިރާއާ ދުރަށް ގޮސްފައެވެ.