-
-
ފަގީރުންނަށް ކާއެއްޗެހި ބަހަން ސަލްމާން ޚާން ނުކުމެއްޖެ

ފަގީރުންނަށް ކާއެއްޗެހި ބަހަން ސަލްމާން ޚާން ނުކުމެއްޖެ

ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން،  ފަގީރުންނަށް ކާއެއްޗެހި ބަހަން ނުކުމެއްޖެއެވެ.

ADS BY FENVARU

ކާނެ އެއްޗެއް ނުލިބި ބަޑުހައި ހޫނުކަމުގައި ތިބޭ މީހުންނަށް ކާއެއްޗެހި ފޯރުކޮށްދޭނެ ޓްރަކްއެއް ސަލްމާން ވަނީ ތައްޔާރުކޮށްދީފައެވެ.

ކޮވިޑް އާ ގުޅިގެން މުޅި އިންޑިޔާ ލޮކްޑައުންގެ ހާލަތުގައި އޮތްއިރު ސަލްމާން ޚާން ދިޔައީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ 25،000 ވުރެ ގިނަ މީހުންނަށް ފައިސާގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީވަމުންނެވެ.

މިހާރު ސަލްމާންޚާންވަނީ "ބީއިންގް ހާންގްރީ" ޖަހާފައިވާ ޓްރަކްއެއްގައި ފަގީރުންނަށް ކާއެއްޗެހި ފޯރުކޮށްދޭނެ ނިޒާމެއް ހަމަޖައްސާފައެވެ. ސަލްމާންގެ މިމަސައްކަތަށް ވަރަށް ގިނަ މީހުންދަނީ ޝުކުރު އަދާކޮށް ހިތްވަރުދެމުންނެވެ. އެކިއެކި އަވަށުތަކުގައި ތިބޭ ފަގީރުންނަށްވެސް ކާއެއްޗެހި ވަނީ ފޯރުކޮށްދެވިފައެވެ. މިހަރަކާތުގައި ބޮލީވުޑްގެ ބައެއް ތަރިން ވަނީ ސަލްމާންޚާންއާ ބައިވެރިވެފައެވެ.

 

އިންޑިޔާގެ ޕޮލިޓިކަލް ޕާޓީ ޝިވްސެނާގެ ލީޑަރ ރާހުލް ކަނަލް ވަނީ ސަލްމާނުގެ ޓްރަކްގެ ވީޑިޔޯއަކާއެކު ޝުކުރުގެ ޓްވީޓެއް ކޮށްފައެވެ.

އިންޑިޔާގެ ނޫހެއްކަމަށްވާ ހިންދުސްތާން ޓައިމްއާ ހަވާލާދީ ސަލްމާންޚާން ވަނީ މިކަމުގައި އެހީތެރިވެދިން ބަތަލާ ޖެކުއަލިން އަދި އެހެން ބައިވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

(ހިންދުސްތާން ޓައިމް. ކޮމް)