-
-
ޕޯޗްގީޒް  ޕްރީމޭރާ ލީގް އަންނަ މަހު ފަށަން ނިންމައިފި

ޕޯޗްގީޒް ޕްރީމޭރާ ލީގް އަންނަ މަހު ފަށަން ނިންމައިފި

ޕޯޗްގީޒް ޕްރީމޭރާ ލީގް އަންނަމަހު 4ވަނަ ދުވަހު ފަށަން ނިންމާފައިވާކަން ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

ADS BY FENVARU

ކޮވިޑްއާއި ގުޅިގެން ފުޓްބޯޅަ ސީޒަން ވަނީ މާރޗްމަހު 12 ވަނަ ދުވަހު ހުއްޓާފައެވެ. އަދި މިމަހު ފަހުކޮޅު ފުޓްބޯޅަ ސީޒަން ފެށުމުގެ ހުއްދަދޭނެކަމަށް ޕޯޗަގްލްގެ ބޮޑުވަޒީރު އެންޓޯނިއޯ ކޮސްޓާ ވަނީ ވިދާޅުވެފައެވެ.

ފުޓްބޯޅަ ސީޒަން އަލުންފެށުމަށް ހުއްދަދިން ގައުމުތަކުގެތެރޭގައި ޖަރުމަން، ސްޕެއިން އަދި އިންގްލެންޑް ހިމެނެއެވެ. އަންނަ ހޮނިހިރުދުވަހު ޖަރުމަން ލީގު ފަށާއިރު އަންނަ މަހު 12 ވަނަ ދުވަހު ސްޕެނިޝް ލީގް ފަށާނެއެވެ. ހަމައެގޮތަށް އަންނަ މަހު ކުރީކޮޅު އިގިރޭސި ލީގް ފަށަންވަނީ ހުއްދަދީފައެވެ.

އެހެންނަމަވެސް ސަރުކާރުގެ އެންގުމާއެކު ނެދާލޭންޑްސް އާއި ފްރާންސް ލީގް ވަނީ ކެންސަލްކޮށްފައެވެ. ފްރެންޗް ލީގު ނިންމާލީ އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް ތަށި ދީފަ އެވެ. އެކަމަކު ނެދަލެންޑްސް ލީގުން މި ފަހަރު ޗެމްޕިއަނެއް ކަނޑަނާޅަ އެވެ.

ޕޯޗުގަލްގެ ފެޑެރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ލީގުގެ މެޗުތައް ފެށުމަށް ހުރިހާ ތައްޔާރީއެއް ނިމިފައިވާކަމަށެވެ. ޓީމުތަކަށް ކަންތައްތައް ކުރިއަށްގެންދަންވީ ގޮތުގެ މައުލޫމާތު ވަރަށް އަވަހަށް ފޯރުކޮށްދޭނެ ކަމަށެވެ.

"ހުރިހާ ކުޅުންތެރިން ޓެސްޓްކުރަން ޖެހޭނެ. މެޗުތައް ކުރިއަށްގެންދަން ތަފާތު މަޝްވަރާތަކެއް ދަނީ ކުރެވެމުން. ވީހާވެސް މަދު ދަނޑުތަކެއްގައި މެޗުތައް ކުޅުމަކީ އެންމެ ބޮޑަށް ގެންގުޅޭ ވިސްނުން،" ފެޑެރޭޝަނުގެ ބަޔާނުގައިވެ އެވެ.

ބެންފީކާ ކޮވިޑްއަށް ފައްސިވުމުން މާރޗް 24 ވަނަދުވަހު ލީގުމެދު ކަނޑާލީއެވެ. އޭގެ ފަހުން ލީގުގެ އިތުރު 7ކުޅުންތެރިން މިވަނީ ކޮވިޑް ޖެހިފައެވެ.