-
-
ރޯދަ ބަދިބެ: ރެއިންބޯ ޗިކަން-ވަރަށް މީރުވާނެ

ރޯދަ ބަދިބެ: ރެއިންބޯ ޗިކަން-ވަރަށް މީރުވާނެ

އައްސަލާމް އަލައިކުމް- ފެންވަރު ބަދިގޭގެ އަހުލުވެރިންނަށް މަރުޙަބާ- އަޅުގަނޑު ތިޔަބޭފުޅުންނަށް މިއަދު މި ގެނެސްދެނީ ވަރަށް އަތަށް ފަސޭހަ އަދި އެހައިމެ ޖީބަށް ލުއި ވަރަށް ތަފާތު، އާދެ! ވަރަށް މީރުވާނެ ފަރިއްކޮޅެއް ތައްޔާރު ކޮށްލާނެ ގޮތުގެ ތަފްޞީލް އެވެ.

ADS BY FENVARU

"ރެިންބޯ ޗިކަން" އާދެ! ރެއިންބޯ ޗިކަން އަކީ ތިޔަބޭފުޅުންނަށް ވަރަށް މީރުވާނެ ފަރިއްކޮޅަކަށް ވާނެކަން އަޅުގަނޑު އުއްމީދު ކުރަ މެވެ. ތިޔަބޭފުޅުން އާއްމުކޮށް ބޭނުންކުރައްވާ ފަރިއްކޮޅު ތަކާއި މި ފަރިއްކޮޅު ހާސްބައި ތަފާތު ވާނެ އެވެ. ނަމަވެސް އަޖުމަ ބައްލަވައި ލެއްވުން ކީއްތޯ އެވެ.

ރެއިންބޯ ޗިކަން ތައްޔާރުކުރެއްވުމަށް ބޭނުންވާނެ ތަކެތި

½ ކިލޯ ބޯންލެސް ޗިކަން
1 ސައިސަމުސާ އަސޭމިރުސް
1 މޭޒުމަތީ ސަމުސާ މުގުރި މިރުސް
1 ބިސް
4 ސައިސަމުސާ ގޮދަން ފުށް
2 ފިޔާ ކޮށާފައި
4 ކެޕްސިކަމް (ފެހި) (ކަރުނަގާ ކޮށާފަ)
4 ކެޕްސިކަމް (ރަތް) (ކަރުނަގާ ކޮށާފަ)
4 ލޮނުމެދު
½ ޖޯޑު ލީކްސް (ކޮށާފަ)
2 ހިކި މިރުސް (ކޮށާފަ)
4 ޓޮމާޓޯ (އޮށްނަގާފަ)

ލޮނު

ތެލުލަން ތެޔޮ

ރެއިންބޯ ޗިކަން ތައްޔާރު ކުރައްވާނެ ގޮތް

ކަށިނެތް ކުކުޅުމަސްކޮޅު ކޮށާލުމަށްފަހު ކުކުޅުމަސްކޮޅުގެ ބޭރުގައި ލޮނު، އަސޭމިރުސް، މުގުރި މިރުސް އަދި ބިސް އެއްކޮށްލުމަށްފަހު ހާކާލާށެވެ. ދެން ގޮދަން ފުށްކޮޅުގެ ތެރެއަށް ކުޑަ ފެންފޮދެއް އަޅައި ގިރައިލުމަށްފަހު ކުކުޅުމަސްކޮޅުގެ ބޭރުގައި ރަގަޅަށް ހާކާލާފައި ތައްޓެއްގައި ބަހައްޓަވާށެވެ. އެއަށް ފަހު ތަވާއަށް ތެޔޮ އަޅައި ކުކުޅު ތެލުލާށެވެ. ދެން އެހެން ތަވާއެއްގައި ފިޔާ، ކެޕްސިކަމް، ލޮނުމެދު، ލީކްސް، ހިކި މިރުސް ކޮޅު މީރުކޮށްލާށެވެ. އޭގެ ފަހުގައި ޓޮމާޓޯ ބްލެންޑަރަށް އަޅައި ރަގަޅަށް ގިރާލުމަށްފަހު މީރުކުރި ފިޔާ އާއި އެއްކޮށްލާށެވެ. ދެން ތެލުލާފައިހުރި ކުކުޅު ސޯސްގަނޑާއި ރަގަޅަށް މިސްކްކުރުމަށްފަހު މީރުތޯ ރަހަބައްލަވާ ލައްވާށެވެ.