-
-
ތިނަދޫއަށް ފެން ޕަމްޕުގެ ދަތިކަން އިންތިހާ އަށް ބޮޑުވެއްޖެ

ތިނަދޫއަށް ފެން ޕަމްޕުގެ ދަތިކަން އިންތިހާ އަށް ބޮޑުވެއްޖެ

މުސްކުޅިންވެސް ބުނާތީ އަހަމެވެ. 1966 ގައި ތިނަދޫ އަށް މީހުން އާބާދު ވީއްސުރެ ހަވަރު ތިނަދޫ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ފަޅުގެ ދަތި ކަމާއި ވާރޭ ވެހި ފެން ބޮޑުވާ މައްސަލައެވެ.

ADS BY FENVARU

1962 ގައި ކުރީގެ ރައީސް ނާސިރު ހަވަރު ތިނަދޫ ގައި އޭރު އޮތް 2000 މީހުންގެ އާބާދީ ރަޙުމް ކުޑަ ގޮތަކަށް މާ ވިއްސާރަ, ގަދަ ތޫފާނީ ވަގުތު ގައި ރަށުން ބޭލިތާ 58 އަހަރު ވީ އެވެ. އަދިވެސް ތިނަދޫގައި ހިގާ ފެންބޮޑުވުން ތަކަށް ހައްލެއް ނެތެވެ.

ކޮންމެ ވާރޭ ކޮޅިގަނޑަކާއެކެ ރައްޔިތުން ތެޅި ފޮޅެން ޖެހެނީ ގޯތި ގެދޮރާއި މުދާ ސަލާމަތް ވޭތޯއެވެ. ވާރޭ ވެހި ފެންބޮޑުވާ ކޮންމެ ފަހަރަކު " އެތައް ތަނަކުން" ބޮޑެތި ގެއްލުން ވެއެވެ.
ތިނަދޫ ގައި ފެން ބޮޑު ނުވާ ޒަމާނެއް ނާދެއެވެ. މި ވާހަކަ ނުދައްކާ ދުވަހެއް , މި ޝަކުވާ ނުކުރާ ދައުރެއް , ފެންބޮޑު ވުމުގެ މައްސަލަ ހައްލުކުރަން އާދޭސް ނުކުރާ ވަރިޔެއް ، އަދި ކިއެއްތަ ، މި ހާލަތާ ވިންދު ނުދަންނަ މެންބަރަކު ވެސް ނެތެވެ.

ކަތީބު ބޭފުޅުން ފެށިގެން މިހާރުގެ ކައުންސިލަރުން ވެސް ވޯޓު ލުމުގެ ވަގުތު ގައި ޙައްލަކީ ތިމާމެން ކަމަށް ނުގޮވާ ދައުރެއް ނުދެއެވެ. ނަމަވެސް ކަން އޮތީ ހަމަ އެ ޙާލަތުގައެވެ. އާދަ ކާދައިގެ މަ ދިން "އެދުން ވެރިން" ސަރުކާރަށް ސަނާ ގޮވަނީ އެވެ. ކަމެއް ނުވާކަން ސާފު ކޮށް އެނގި ސާބިތު ވާ އިރުވެސް ހެޔޮފުޅު ކަމުގެ ތާޖު މެމްބަރުން ގެ ބޮލަށް އަރުވަނީއެވެ.

ފެންނަނީ އެއް ސަގާފަތެކެވެ. އިވެނީ އެއް ފަރިއްސެކެވެ. ޖަހަނީ އެއް ބެރެކެވެ. ހާލަތަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ހެދި މަގު ތަކުގެ ކާނަކުން ފެނެއް ނުދެއެދެއެވެ. ބާކީހުރި މަގުތަކާއި ގޯތިގެދޮރުން ފެނެއް ނުހިދެއެވެ.

"ތިނަދޫ ފަޔަރު ސްޓޭޝަން ގައި ރަށުގެ 2 ދާއިރާ އަށް ބޭނުން ކޮއްލަން އަދިވެސް އޮތީ އެންމެ 2 ޕަމްޕް" އެވެ.

ރޭގަވެސް ގޭގޭގައި ފެންބޮޑުވެ ނިދާ ކޮޓަރިތަކުގެ ތެރެޔަށް ފެންވަދެ ކުދިންނާއި ބޮދެތި މީހުން ނުނިދިގެން ޕޮލިހަށް ގުޅުމުން ބުނީ އެމްއެންޑީއެފް އަށް ގުޅާލާށެވެ. އެމްއެންޑީއެފްއަށް ގުޅިމަ ބުނަނީ "ތިމަންނަ މެންގެ އަތުގައި އޮތީ އެންމެ 2 ޕަމްޕޭ، ހުއްޓާނުލާ މިދަނީ ފެންކަހަމުންނޭ. ކިހިނެއްހޭ ހުރިހާ ގެޔަކު ފެންކަހައިދޭނީ" މީ ރައްޔިތުންގެ ހިތްތައް ރޮއްވާލި ޖަވާބެކެވެ. އެގޭގޭގައި ދިރިއުޅޭ ކުޑަކުދިންވެސް ރޭގައި ތިބީ ނުނިދާ ހޭލާއެވެ. ގޭގެ ކުދިބޮޑު އެންމެން ބާލިދީއާ ތެލި ތަށި ބޭނުންކޮށްގެން ފެންކަހަން ތިއްބާ ފަތިސް ނަމާދަށް ބަންގި ގޮވީއެވެ.

އެވަރުންވެސް އަދި ވީކީ ނޫނެވެ. ވާރާ ހުއްޓާނުލާ ވެހެމުން ދިޔައީއެވެ. ދެން ފެނިގެން ދިޔައީ ބޮޑެތި ގަސްތަކާއި ކެޔޮ ގަސްތައް ކެޔޮގަނޑާއެކީ ވެއްޓޭތަނެވެ. ފިރިހެނ ވެރިން ދުއްވައިގަތީ ކެޔޮގަނޑު ސަލާމަތްކުރެވޭތޯ ގަސް ނަގާށެވެ. އަންހެނުން ތިބީ ފެންކަހާށެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ތިނަދޫން ދޫކުރި ފްލެޓްތަކުގެ ހާލަކީވެސް މިއެވެ. ފާރުތަކުން ފެންލީކުވެ މުޅި ކޮޓަރިތެރެ އޮތީ ފެންބޮޑުވެފައެވެ. މީހުން ނުނިދާ ހޭލާތިބެ ފެންކަހާ މޮޕް ޖަހަމުން ދިޔައެވެ. ކޮޓަރިތަކުގެ ފާޚާނާ ހޮޅިތައް ބަންދުވެގެން ފާޚާނަތަށިތަކުން ފެންނުދެއެވެ.މިއީ ރޭ ތިނަދޫގެ ރައްޔިތުން އުޅެނެ ޖެހުނު ދަތިހާލެވެ.

 

Posted by Ibrahim Mohamed on Friday, May 15, 2020

 

ސަރުކާރުން މިކަމަށް ހައްލެއް ހޯދައިދޭތޯ ރައްޔިތުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.