-
-
ޖަރުމަން ލީގުގައި ފަސްކުޅުންތެރިން ބަދަލުކުރާ ޤަވާޢިދަށް ޢަމަލުކުރަނީ

ޖަރުމަން ލީގުގައި ފަސްކުޅުންތެރިން ބަދަލުކުރާ ޤަވާޢިދަށް ޢަމަލުކުރަނީ

ފުޓްބޯޅަ ކުޅޭއިރު މެޗްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރުމަށް ޖަރުމަން ލީގުން ނިންމައިފިއެވެ.

ADS BY FENVARU

ބައެއް ފުޓްބޯޅަ ކުޅުންތެރިން ކޮވިޑްގެ ޝިކާރައަކަށް ވެފައިވާ އިރު ފުޓްބޯޅަ ލީގް މެދުކަޑާފައި އޮންނަތާ ދެމަސްވީއެވެ. މިގޮތަށް ގިނަދުވަހު ނުކުޅެ ތިބެންޖެހުމުގެ ސަބަބުން ކުޅުންތެރިންނަށް ލިބޭ ވަރުބަލިކަމާއި އަނިޔާތައް މަދުކުރުމުގެ ގޮތުން ޖަރުމަނުން ނިންމީ މެޗެއްއެގެ ތެރެއިން ފަސްކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރުމަށެވެ.

މީގެ ކުރިންވެސް މިގަވައިދު ވަނީ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ފާސްކޮށްފައެވެ. މި ކަމުގައި އެންމެ ފަހު ގޮތްތަކެއް ނިންމާނީ ލީގުތަކުގެ ބޯޑުންނެވެ. އެކަމަކު މިގަވައިދަށް  އަމަލުކުރެވޭނީ މިސީޒަންގައި އެކަންޏެވެ.

މި ގަވާއިދުގެ ދަށުން މެޗު ކުޅެމުންދާ ވަގުތުގައި ތިން ބަދަލުކުރެވޭއިރު، ހާފް ޓައިމްގައި ދެ ބަދަލު ކުރެވޭނެ އެވެ. އަދި އިތުރު ވަގުތަށް ގޮސްފިނަމަ ބޭނުންނުކޮށް ހުރި ބަދަލުތައް ބޭނުން ކުރެވޭނެ އެވެ.

މާދަމާ ޖަރުމަންލީގް ފެށިކަމުގައިވިޔަސް މިމެޗްތަކަށް ސަޕޯޓަރުން ނުވައްދާނެއެވެ. މިލީގުގެ ކުޅުން އެއްކޮށް ނިންމާލަން ހަމަޖައްސާފައިވަނީ ޖޫން 28 ގައެވެ.