-
-
ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމަށް ސޮނާކްޝީގެ ކުރެހުންތައް ވިއްކާލަނީ

ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމަށް ސޮނާކްޝީގެ ކުރެހުންތައް ވިއްކާލަނީ

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ، އޭނަގެ ކުރެހުންތައް ބިޑަށް ހުށަހަޅައިފިއެވެ.

ADS BY FENVARU

ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލި ބަނޑަށް ޖެހިފައިތިބި މީހުންނަށް އެހީތެރިވެދިނުމުގެ ގޮތުން ސޮނާކްޝީގެ ކުރެހުންތައް ވިކާލަން ނިންމީއެވެ.

ސޮނާކްޝީގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ކުރެހުންތައް ވަނީ ހިއްސާކޮށްފައެވެ. މީހަކަށް އެހީއެއް ނުވާނަމަ ތިމާގެ މޮޅުކަމުގެ ބޭނުމެއް ނެތް ކަމަށާއި ކުރެހުމަކީ އޭނާ ވަރަށް ގަޔާވާކަމެއް ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ހިތަށް ހަމަޖެހުން ލިބޭ ކަމަށް ބުނެފައިވެއެވެ.

 

މިކުރެހުންތައް ވިއްކައިގެން ލިބޭ ލާރިން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިމުނަށް ނިންމާފައިވާކަން ސޮނާކްޝީ ވަނީ ބުނެފައެވެ. ބިޑުކުރުން ބަންދުވުމާއެކު އެންމެ މަތިން ބިޑު ކުރާ ތިން މީހުންނަށް ބިޑު މަތި ކުރުމަށް އެއް ފުރުސަތުދޭނެ ކަމަށާއި އޭގެ ފަހުން ބިޑު ކުރުން ފައިނަލައިޒްކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. ބިޑު ކުރުމުގެ އުސޫލު އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ވަނީ ހިއްސާކޮށްފައެވެ.

ބޮލީވުޑްގެ ގިނަ ތަރިން އަންނަނީ ސޮނާކްޝީއަށް ތައުރީފްކުރަމުންނެވެ.