-
-
ކޮވިޑް-19:  ޕޮޒިޓިވް މީހުންގެ އަދަދު ހަތަރު މިލިއަނަށް ވުރެ މައްޗަށް އަރައިފި

ކޮވިޑް-19: ޕޮޒިޓިވް މީހުންގެ އަދަދު ހަތަރު މިލިއަނަށް ވުރެ މައްޗަށް އަރައިފި

ކޮވިޑް-19 ވައިރަސް ޖެހުނު މީހުންގެ ޢަދަދު ހަތަރު މިލިއަނަށްވުރެ މައްޗަށް އަރަފި އެވެ.

ADS BY FENVARU

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން, ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ޖުމުލަ ޢަދަދު މި ވަނީ 4،801.875 އަރާފަ އެވެ. ހަތަރު މިލިއަށް މީހުންނަށް މިބަލި ޖެހިފައިވާއިރު 316،671 މީހަކު ވަނީ މިބަލީގައި ދުނިޔެ ދޫކޮށްފަ އެވެ.

ދުނިޔޭގެ އެކިޤައުމުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ މިންވަރަށް ބަލާއިރު، އެންމެ ގިނަ ޢަދަދަަކަށް މި ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ އެމެރިކާގައެވެ. އަދި މިހާތަނަށް މިބަލީގައި އެންމެ ގިނަމީހުން މަރުވެފައި ވަނީވެސް އެމެރިކާއިންނެވެ.

އެމެރިކާއިން މިހާތަނަށް 1،486،757 މީހުން ކޮރޯނާ ވައިރަސްއަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެމެރިކާއިން މިބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ފަރުވާދެމުން ދަނިކޮށް ޙާލުދެރަވެގެން 98،562 ވަނީ މަރުވެފަ އެވެ. އަދި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 265،272  މީހުން ވަނީ ފަރުވާދީގެން ރަނގަޅުވެފަ އެވެ. މިއީ، ވައިރަސް ޖެހުނު މީހުންގެ ޖުމުލު ނިޞްބަތާއި އަޅާ ބަލާއިރު ވަރަށް ދަށް އަަދަދެއްކަމށް ރިޕޯޓްތައް ބުނެ އެވެ.

ދުނިޔޭގެ 215 ޤައުމަކުން/ޓެރިޓަރީސްއަކުން ވައިރަސް ފެނިފައިވާއިރު، އެމެރިކާ ފިޔަވައި ދެން އެންމެ ގިނަ ޢަދަދެއްގެ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ ޔޫރަޕުގެ ޤައުމުތަކުންނެވެ.

އެގޮތުން ސްޕެއިނާއި، އިޓަލީވިލާތާއި، ފަރަންސޭސިވިލާތުގެ އިތުރުން، އިނގިރޭސި ވިލާތުން ގިނަ ޢަދަދެއްގެ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާކަން ފާހަގަ ކުރެވެ އެވެ.

ޔޫރަޕް ޤައުމުތަކަށް ބަލާއިރު އެމެރިކާ ފިޔަވައި އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އިނގިރޭސި ވިލާތުންނެވެ. އިނގިރޭސި ވިލާތުން މިބައްޔަށް 244،955 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 34716 އަށް އަރާފައެވެ. ނަމަވެސް އިނގިރޭސި ވިލާތުން ޕޮޒިޓިވް ވި 244،955 މީހުންގެ ތެރެއިން 1058 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ކޮރޯނާވައިރަސް އަށް އިޓަލީވިލާތުން 225،435 މީހަކު ޕޮޒިޓިވް ވެފައިވާއިރު 31،908 މީހަކުވަނީ މިބަލީގައި މަރުވެފަ އެވެ. އަދި މި ބަލިޖެހުނު މީހުންގެ ތެރެއިން އިޓަލީވިލާތުން ރަނގަޅުވެފައިވަނީ 125،176 މީހެކެވެ.

ފަރަންސޭސިވިލާތުން 179،693 މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިްވ ވެފައިވާ އިރު ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 28،111 އަށް އަރާފަ އެވެ. ނަމަވެސް 61،327 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ސްޕެއިން އިން މިބަލި ޖެހިފައިވާ ނިސްބަތަށް ބަލައިލާއިރު އެޤައުމުން 230،698 މީހަކު ވަނީ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފަ އެވެ. ނަމަވެސް މިބަލީގައި ސްޕެއިން އިން ވަނީ 27.563 މީހަކު މަރުވެފަ އެވެ. އަދި 146،446 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މީގެ އިތުރުންވެސް ދުނިޔޭގެ އެތަށް ޤައުމެއްގައި މިބަލި އަންނަނީ ހަލުވި ކަމާއިއެކު ފެތުރެމުންނެވެ.

ދުނިޔޭގައި އެކި ޤައުމުތަކުގައި ފެތުރެމުންދިޔަ ކޮރޯނާ ވައިރަސް އަށް ދިވެހިރާއްޖެއިންވެސް ވަނީ 1094 މީހަކު ޕޮޒިޓިވްވެފައެވެ. އަދި މިބަލީގައި 04 މީހަކު ނިޔާވެފައިވާއިރު 59 މީހަކުވަނީ ބަލިން ރަނގަޅިވެފައެވެ.

ޞިއްހީ މަޢުލޫމާތުދޭ ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތައް އަބަދުމެ އަޑުއަހަމުން ދިއުމަކީ ކޮރޯނާ ވައިރަސްއިން ރައްކައުތެރިވުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ.

ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި ހޭންޑް ސެނިޓައިޒަރ ބޭނުންކުރުމަކީވެސް ކޮރޯނާ ވައިރަސްއިން ރައްކައުތެރިވުމަށް ބަންދު ކުރެވޭ ދޮރެކެވެ.

ބަލިން ރައްކައުތެރިވުމަށްޓަކައި ހުންއައުން އަދި ކެއްސާ ކިނބިހިއެޅުންފަދަ ކަމެއް ހުރިނަމަ ގޭގައި މަޑުކުރުމާއި މާސްކްއެޅުމަކީވެސް މުހިންމު ކަމެކެވެ.

ކެއްސާ ކިނބިހި އަޅާއިރު އުޅަނބޮށިން ނުވަތަ ޓިޝޫއަކުން ނަމަވެސް އަނގަޔާއި ނޭފަތް ނިވާކުރުމާއި އަދި ބޭނުންކޮށްފައިވާ ޓީޝޫ ވަގުތުން ޑަސްބިންއަށްލުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮންމެހެން ހޮސްޕިޓަލަށް ޒިޔާރަތްކުރަންޖެހޭ ޙާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތްނުކުރުން ނުވަތަ ޒިޔާރަތްކުރާ މިންވަރު މަދުކުރުމަކީވެސް މިފަދަ ނާޒުކު ދަނޑިވަޅެއްގައި ވަރަށް މުހިންމު ކަމެކެވެ. އަދި ރޯގާޖެހި ކެއްސާ ހުންއައުންފަދަ ކަމެއް ހުރިނަމަ ހޮސްޕިޓަލުގައި ތިބޭ އެހެން ބަލިމީހުންނަށް ޒިޔާރަތް ކުރުމަކީ ރަނގަޅުކަމެއްނޫންކަމަށް ޞީއްހީ ތަޖުރިބާކާރުން ލަފާދެއްވައެވެ.