-
-
ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް 60 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް 60 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ: މެޓް

ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގާ މޫސުމް ގޯސްވާނެކަމަށް ލަފާކުރައްވައި މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑުބަޔަކަށް ޔެލޯ އެލާޓް ނެރުއްވައިފި އެވެ. މޫސުމާބެހޭ ޤަޢުމީ އިދާރާއިން ޔެލޯ އެލާޓް ނެރުއްވާފައިވަނީ ޅ.އަތޮޅުން ފެށިގެން އައްޑޫސިޓީއަށެވެ.

ADS BY FENVARU

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި މިއަދު ހަވީރު 17:00 އިން  ފެށިގެން މިރޭ 22:00 އަށް ޅ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ވަނީ ލަފާކުރައްވާފަ އެވެ. އަދި އާއްމު ވައި ގަޑިއަކު 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.

ރާއްޖޭގެ ކަނޑުތައް ގަދަ ވެފައި ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި،

ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ދަންނަވާފަ އެވެ.